ރަހީނުކޮށްގެން އަނިޔާކުރި މީހާގެ ބޮލުގެ އޮޕަރޭޝަނެއް ކޮށްފި

Loading

Facebook
Twitter
WhatsApp

ހދ. ކުޅުދުއްފުށީ ރަހީނުކޮށްގެން އަނިޔާކުރި މީހާ އިތުރު ފަރުވާއަށް މާލެ ގެނެސް ބޮލުގެ ބޮޑު އޮޕަރޭޝަނެއް ކޮށްފި އެވެ.

އެ ޒުވާނާގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް އޭނާގެ ސިކުނޑި ލޭ އެޅިފައިވުމުގެ ސަބަބުން އިތުރު ފަރުވާއަށް އޭނާ މާލެ ގެނައީ އިއްޔެގައެވެ. މާލެގެނެސް ފުރަތަމަ އެމީހާ ގެންދިޔައީ އައިޖީއެމްއެޗަށެވެ. ނަމަވެސް އިމަޖަންސީގައި އޮޕަރޭޝަން ކުރަން އޭނާ ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ.

އޭނާއަށް އޭޑީކޭއިން ފަރުވާދެމުން އަންނައިރު ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ވާހަކަ ދެއްކި މީހަކު ބުނީ އަދި އިތުރު އޮޕަރޭޝަނެއްވެސް ކުރަ ކުރަންޖެހޭކަމަށެވެ.

ފުލުހުން ބުނީ ހޮނިހިރު ދުވަހުގެ ރޭ މޫނު ނިވާ ކޮށްގެން ތިބި ބަޔަކު 29 އަހަރުގެ އެ ޒުވާނާ ރަހީނުކޮށް ކާރަކަށް އަރުވައިގެން ގެންދިޔަކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވާކަމަށެވެ. އަދި މި ޒުވާނާ ރަހީނުކޮށްގެން ގެންދިޔުމަށްފަހު އަނިޔާކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ކުޅުދުއްފުއްޓައް ސިހުންގެނުވި މިހާދިސާ އާ ގުޅިގެން އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ އަނިޔާ ލިބުނު މީހާއަކީ “ ވަގެއް“ ކަމަށް ތުހުތު ކުރެވޭ މީހެއްކަމަށެވެ.

“ އޭނާއަކީ ވަރަށްގިނައިން ވައްކަންކުރާ މީހެއްކަމަށް ވަނީ، އޭނައަށް ލިބުނު އަނިޔާއަކީ އޭގެ ބަދަލުހިފުމޭވެސް ރަށުތެރޭގައި ކިޔާ، އެކަމަކު ވައްކަންކުރިއަސް އެފަދަ އަނިޔާ ދިނުަމަށް މިރަށު މީހުންނެއް ނޭދެން“ އެމީހާ ބުންޏެވެ.

އެރަށުން ވާހަކަ ދެއްކި މީހާ ކިޔައިދިންގޮތުން މޫނުނިވާކޮށްގެން ތިބި މީހުން އެމީހާ ރަހީނުކޮށްގެން ގެންދިޔައީ އެރަށުގެ އެއަރޕޯޓާއި ދިމާލުން ފުއްޓަރު ފަރާތަށެވެ. އެތަނުގައި ދަގަނޑު ބުރިފަދައެއްޗެހިން އަނިޔާކުރުމަށްފަހު މީހުން ފިލީއެވެ.

އެމީހާ ސަލާމަތްވީ ޒަހަމްވެފައިހުރި ހާލު މީހުންދިރިއުޅޭ ހިސާބަށްގޮސް އެހީއަށް އެދި ގެއެއްގައި ދޮރުގައި ޓަކިޖެހުމުން އެގޭމީހުން އޭނައަށް އެހީވުމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް