ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

 

މެދު ރާއްޖެތެރޭގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ 16 އަހަރުގެ އަންހެންކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއް ހޮނިހިރު ދުވަހު އެ އިދާރާއަށް ހުށަހަޅައަޅައިފައިވާކަމަށެވެ. ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުގައި ރޭ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.
މިމައްސަލާގައި ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ބުނެއެވެ.

އެނގިފައިވާ ގޮތުގައި ޖިންސީ އަނިޔާ ލިބުނު ކުއްޖާ އިއްޔެ ވަނީ އެ އަތޮޅު އަތޮޅު ހޮސްޕިޓަލަށް ގެންގޮސް އެ ކުއްޖާގެ މެޑިކަލް އެސެސްމަންޓެއް ހަދާފަ އެވެ.

މި މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓްރީން ބުނީ އަނިޔާ ލިބިފައިވާ ކުއްޖާއަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އެކުއްޖާގެ އާއިލާއާއެކު މަސައްކަތްކުރަމުންދާކަމަށެވެ.
މި މައްސަލައާއި ގުޅިގެން ކަމާއި ގުޅުންހުރި ހުރިހާ އިދާރާތަކަކާއެކު މަސައްކަތްކުރަމުންދާކަމަށް ޖެންޑަރ މިނިސްޓްރީން ބުންޏެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް