ބޫޓެއް ވަގަށް ނެގިކަމަށް ތުހުމަތުކުރވޭ މީހަކު ހޯދުމަށް އޭނަގެ ވީޑިއޯއާންމުކޮށްފި

Loading

Facebook
Twitter
WhatsApp

 

ގެއަކުން ބޫޓެއް ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ މީހަކު ހޯދުމަށް ފުލުހުން ވީޑިއޯއެއް އާންމުކޮށްފި އެވެ.

ފުލުހުން އާންމުކުރި ވީޑިއޯއިން ފެންނަނީ ގަދަ ކުލައެއްގެ ގަމީހަކާއި މަޑު ނޫކައިގެ ޖިންސެއް ލައިގެން ހުރި ޒުވާނަކު ފޮށީގަނޑެއް ހިފައިގެން މަގުމަތިން ދަނިކޮށެވެ. އޭނާގެ އަތުގައި ކަރުދާސް ފޮށިގަނޑެއް އޮތެވެ.

ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހަކީ  އޭޕްރީލް 18 ވަނަ ދުވަހު 5:48 އެހައިކަންހާއިރު މާފަންނު، ގެއަކުން ޓްރެއިނިންގ ބޫޓެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ހޯދަމުންދާ މީހެއްކަމަށެވެ. .

އެ މީހާ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެ މައުލޫމާތެއް 9631696 ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 484805 ކަމަށް ފުލުހުން ބުނެއެވެ.

Loading

One Response

  1. ހާދަ ބޮދު ހިތްވަރަކާއި އެކު ބުރަ މަސައްކަތް ތިކުރެއްވެނީ. އަދީބު ޕެންޓް ހައުސްގައި، ރިހާކުރު ފުޅި ވަގަށް ނެގިމީހާ ޖަލުގައި. އޯގާވެރި ސަރުކާރު. ޝުކުރިއްޔާ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް