މަގު ހެދުމަށްޓަކައި އެމްޕީއެލް ސަރަހައްދުގެ މަގު ބަންދުކޮށްފި

މާލޭގެ އުތުރު ފަރާތުން ބޮޑުތަކުރުފާނުމަގު ހެދުމަށްޓަކައި، އެ ސަރަހައްދުގެ ބައެއް މަގުތައް ބަންދުކޮށްފިއެވެ.
ފުލުހުން ބުނީ، ރޭގެ 12:00ން ފެށިގެން އެ ސަރަހައްދުން ބޮޑުތަކުރުފާނުމަގު ބަންދުވާނެ ކަމަށެވެ. އެހެންކަމާއެކު އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ހަމަޖެހިފައިވާތީ، ޓްރެފިކް ނިޝާންތަކާ އެއްގޮތަށް ޢަމަލުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
މިގޮތުން ގެނެވިފައިވާ ބަދަލުތަކުގެ ތެރޭގައި:
- ބޮޑުތަކުރުފާނު މަގަށް ނުކުމެވޭ ގަނދަކޯޅި ހިނގުމުން ފެށިގެން ކަނބާއައިސާރަނިހިނގުން ނިމޭ ހިސާބަށް ބަންދުކުރުން.
- އައްސޭރި ހިނގުން ބަންދުކުރުން.
- ގަނދަކޯޅި ހިނގުމުން ފެށިގެން ބަނދަރުމަތީހިނގުމާ ހަމައަށް ޕާކުކުރުން މަނާކުރުން.
- ގަނދަކޯޅިހިނގުމުން ބޮޑުތަކުރުފާނު މަގަށް ނުކުމެވޭ ހިސާބު އެއްކޮޅަށް ދުއްވާ ގޮތަށް ބަދަލުކުރުން ހިމެނެއެވެ.
ބޮޑުތަކުރުފާނުމަގު މަރާމާތުކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޖުމްހޫރީ މައިދާނުން ފެށިގެން ނޯތު ހާބަރާއި ހަމައަށް، އަދި ދެވަނަ ފިޔަވަހީގެ ދަށުން ހެންވޭރު ޓަރމިނަލުން ފެށިގެން ޖުމްހޫރީ މައިދާނާއި ހަމައަށް މަގު ފުޅާކޮށް، ތަރައްޤީކޮށްފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ތިންވަނަ ފިޔަވަހީގެ މަސައްކަތެވެ. މިގޮތުން، ދަރުމަވަންތަ ހޮސްޕިޓަލް ހިމެނޭ ސަރަހައްދުން ފެށިގެން އެމްޕިއެލް ހިމެނޭ ސަރަހައްދު ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.
![]()




Comments are reviewed before publication. You can write in English or Dhivehi.