އިންޑިއާއިން އިއްޔެ އެކަނިވެސް 1،50،000 މީހުންނަށް ބަލިޖެހި 3،028 މީހުން މަރުވި

Loading

Facebook
Twitter
WhatsApp

އިންޑިއާއިން އިއްޔެ (އާދީއްތަ ދުވަހު) އެކަނިވެސް، 1،50،527 މީހުންނަށް ކޮރޯނާ ވައިރަސް ޖެހި، އެ ބަލީގައި 3،028 މީހުން މަރުވެފައިވާކަމަށް އެ ގައުމުގެ ސިއްހީ އިދާރާތަކުން ބުނެފިއެވެ.

ހޮނިހިރު ދުވަހު އިންޑިއާއިން އެއްލައްކަ 90 ހާހަށްވުރެ ގިނަ މީހުންނަށް ބަލި ޖެހި، 3،814 މީހުން ބަލީގައި މަރުވެފައިވެއެވެ.

މޭ މަހުގެ 8 ވަނަ ދުވަހު އިންޑިއާއިން 3،90،000 އަށްވުރެ ގިނަ މީހުންނަށް ކޮރޯނާ ވައިރަސް ޖެހިފައިވެއެވެ. ކޮރޯނާ ވައިރަސް ޖެހިގެން އިންޑިއާއިން އެންމެ ގިނަ ބަޔަކު މަރުވެފައި ވަނީ މޭމަހުގެ 23 ވަނަ ދުވަހުގައެވެ. އެ ދުވަހު 4،191 މީހުން މަރުވެފައިވެއެވެ.

އިންޑިއާއިން ކޮރޯނާ ވައިރަސް ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު މޭމަހުގެ ތެރޭގައި ވަރަށް ބޮޑަށް މައްޗަށް ދިއުމަށް ފަހު މިހާރު ވަނީ މަޑުމަޑުން އެ އަދަދު ތިރިވާން ފަށާފައެވެ. އެގޮތަށް މެދުވެރިވާން ފެށީ، ބަލި ބޮޑަށް ފެތުރެމުންދާ ސަރަހައްދުތައް ފުރަބަންދުކޮށް، ވަރަށް ހަރުކަށި ފިޔަވަޅުތައް އެޅުމާ ގުޅިގެންނެވެ.

އިންޑިއާގެ ސިއްހީ ދާއިރާއިން ކޮންމެ ދުވަހަކު ނެރޭ ހިސާބުތަކުގައި ބައެއް ސްޓޭޓުތަކާއި ސަރަހައްދުތަކުގެ ހިސާބު ހިމަނާފައި ނުވުމުން، ދުވާލެއްގެ މައްޗަށް ބަލި ޖެހޭ މީހުންނާއި މަރުވާމީހުންގެ ހަގީގީ އަދަދު އުޅޭނީ ސަރުކާރުން ނެރޭ އަދަދުތަކަށްވުރެ މަތީގައިކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

އިންޑިއާއިން ކޮރޯނާ ވައިރަސް ޖެހޭ މީހުންނަށާއި މަރުވާ މީހުންނަށް ދޭންޖެހޭ ފަރުވާއާއި ޚިދުމަތް އެކަށީގެންވާ ވަރާ ގާތަށްވެސް ނުދެވޭތީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރަށް އެތައް މިލިއަން ބަޔަކު ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް