ސައިކަލެއް ވަގަށްނެގި މައްސަލައެއްގައި މީހަކު ހޯދަންފަށައިފި

Loading

Facebook
Twitter
WhatsApp

 

ސައިކަލެއް ވަގަށް ނެގި މައްސަލައެއްގެ ތުހުމަތުގައި މީހަކު ހޯދުމަށް ފުލުހުން އެމީހާގެ ފޮޓޯއާއި ވަނަވަރު އާންމުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ކ. މާލެ ހ. ސަމަރގްރީންގެ، އިބްރާހިމް ޒަކަރިއްޔާ 30،  ކަމަށް ފުލުހުން ބުނެއެވެ.

އޭނާއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ 9631696 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

ސައިކަލްތައް ވަގަށްނެގުމުގެ މައްސަލައަކީ މިހާރު މުޖުތަމައުގައި ވަރަށްބޮޑަށް ދިމާވެފައިވާ މައްސަލައެވެ. އަދި މިފަދަ މައްސަލަތަކުގައި ވަގަށްނަގާ ސައިކަލްތައް ހޯދުމުގައި ފުލުހުން އެކަށީގެންވާވަރަށް މަސައްކަތް ނުކުރާކަމަށް ބުނެ އާންމުންގެ ނުރުހުން ފުލުހުންނަށް އަމާޒުވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް