އެމްޓީސީގެ އަހަރީ އާންމު ޖަލްސާ ފަސްކޮށްފި

Loading

Facebook
Twitter
WhatsApp

 

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ ޖޫންމަހަށް ފަސްކޮށްފި އެވެ.

އެމްޓީސީސީއިން މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވަން ޖެހޭ އެންމެ ފަހުގެ ތާރީހަކީ މިއަދެވެ.
އެމްޓީސީސީން ނެރުނު އިއުލާނެއްގައި ބުނީ މި ޖަލްސާ ފަސްކުރީ އެކުންފުނީގެ މި އަހަރުގެ ހާއްސަގޮތުން ކުރާ އާމުން ޖަލްސާ މި މަހު 16 ގައި ބާއްވަން ޖެހުމާގުޅިގެން ކަމަށެވެ.

އެކުންފުނިން ބުނީ މި ގޮތަށް ނިންމީ ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ހުއްދަ އާ ވެސް އެކުގައި ކަމަށެވެ.
އެމްޓީސީސީން ބުނީ މިދިޔަ އަހަހަރުގެ އަހަރުގެ އަހަރީ އާންމުޖަލްސާ އަންނަ މަސް ނިމުމުގެ ކުރިން ބާއްވާނެކަމަށެވެ.

އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާދާރުންނަށް ހިއްސާ އަކަށް ތިން ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަން ޑިރެކްޓަރުންގެ ބޯޑުން ވަނީ ފާސްކޮށްފައެވެ. މިދިޔަ އަހަރު އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 224.7 މިލިއަން ރުފިޔާއެވެ. އެމްޓީސީސީން ބުނީ ނިމިދިޔަ އަހަރަކީ އެ ކުންފުންނީގެ 40  އަހަރުގެ ދިގު މުއްދަތުގައި އެންމެ ބޮޑު ފައިދާއެއް ލިބުނު އަހަރުކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް