އަތޮޅުތަކުގެ މީރާ ސެންޓަރުތަކުން ނަގުދު ފައިސާ ބަލައިގަތުން ހުއްޓާލައިފި

Loading

Facebook
Twitter
WhatsApp

 

 

އަތޮޅުތަކުގައި ހުރި މީރާގެ ކަލެކްޝަން ސެންޓަރުތަކުން މިއަދުން ފެށިގެން ވަގުތީގޮތުން ނަގުދު ފައިސާ ބަލައިގަތުން މެދުކަނޑާލައިފިއެވެ.

މީރާއިން ބުނީ ނަގުދުފައިސާ ބަލައިގަތުން މެދުކަނޑާލީ މިއަދުން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހާއި ހަމައަށްކަމަށެވެ.

ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުތަކާ ގުޅިގެން މީރާއިން ހިދުމަތް ދެމުންގެންދާ ގޮތްތައްކަށް އަންނަނީ ބަދަލުގެންނަމުންނެވެ.

އެގޮތުން މިއަދުން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހާއި ހަމައަށް މީރާގެ އަތޮޅުތަކުގެ އޮފީސްތަކުން ނަގުދު ފައިސާއާއި ޗެކު ބަލައިގަތުން ވަގުތީގޮތުން ހުއްޓާލާފައިވާކަމަށް އެ އިދާރާއިން ބުނެއެވެ.

އެ އިދާރާއިން ބުނީ މި މުއްދަތުގައި ފައިސާ ބަލައިގަތުމަށް ހަމަޖެއްސާފައިވާނީ ޑެބިޓް އަދި ކްރެޑިޓް ކާޑު މެދުވެރިކޮށް ކަމަށެވެ.

އަތޮޅުތެރޭގައި ހުރި މީރާގެ ކަލެކްޝަން ސެންޓަރުން ހިދުމަތްދޭގޮތަށް ބަދަލުގެނެސްފައިވާއިރު މީރާއިން ވަނީ މާލޭގައި ހިދުމަތްދޭ ގޮތްތަކަށް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން އަންނަ މަހުގެ އަށް ވަނަ ދުވަހާއި ހަމައަށް މީރާގެ އޮފީސް ވަނީ ބަންދުކޮށްފައެވެ. އަދި އެ އޮތޯރިޓީއަށް ދައްކަންޖެހޭ ޓެކުހާއި ފީތައް އޮންލައިން ކަނެކްޓް އަދި ވާރުޕޭ މެދުވެރިކޮށް ދެއްކުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

އަދި މީގެ އިތުރުން މީރާއިން ފޯރުކޮށްދޭ އެހެނިހެން ހިދުމަތްތައް ވެސް އޮންލައިންކޮށް ލިބޭނެ އިންތިޒާމް އެ އޮތޯރިޓީން ވަނީ ހަމަޖައްސާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް