ހުވާނުކޮށް ތިބި ފުލުހުން ހުވާކޮށްފި

Loading

Facebook
Twitter
WhatsApp

ފުލުހުންގެ ހިދުމަތާ ގުޅިފައިވާ ފުލުހުންގެ ތެރެއިން ހުވައި ނުކޮށް ތިބި ފުލުހުން ހުވާކޮށްފި އެވެ.

ފުލުހުން ބުނީ އިއްޔެ އައްޑޫ ހައިސްކޫލުގައި ބޭއްވި ހުވާކުރުމުގެ ރަސްމިއްޔާތުގައި ފުލުހުންނާއި

، ސްޕެޝަލް ކޮންސްޓެބްލަރީ ފުލުހުން، ފުލުހުންގެ ހުވާކޮށްފައިވެއެވެ.

ފުލުހުންނަށް ހުވައި ލައިދެއްވީ އައްޑޫ ސިޓީ ޖުޑިޝަރީ ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ހާޝިމް އެވެ.

މިރަސްމިއްޔާތުގައި ހުވައި ކޮށްފައިވަނީ އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް، ސްޕެޝަލް ކޮންސްޓަބްލަރީ ކޮންސްޓަބަލް 20 ފިރިހެން ފުލުހުންނާއި ފަސް އަންހެން ފުލުހުންނެވެ.

މާލޭގައި މަސައްކަތްކުރާ 15 ފިރިހެން ފުލުހުންނާއި ފަސް އަންހެން ފުލުހަކު ވެސް އޮންލައިން ކޮށް މިރަސްމިއްޔާތުގައި ބައިވެރިވެ ހުވާކޮށްފައިވެ އެވެ.

ހުވާ ކުރުމުގެ ރަސްމިއްޔާތަށް ފަހު ކޮންމެ ފުލުހަކު ވެސް ވަނީ ހުވައިގެ އިގުރާރުގައި ސޮއިކޮށްފަ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް