ރަހީނުކޮށްގެން އަނިޔާކުރި މީހާގެ ހާލު ސިރިއަސް

Loading

Facebook
Twitter
WhatsApp

 

ހދ. ކުޅުދުއްފުށީގަައި ޒުވާނަކު ރަހީނުކޮށް ދިން އަނިޔާގެ ސަބަބުން އޭނާގެ ހާލު ސީރިއަސް ވެއްޖެއެވެ.

ފުލުހުން ބުނީ ރޭ 20:48 ހާއިރު މޫނު ނިވާ ކޮށްގެން ތިބި ބަޔަކު 29 އަހަރުގެ ޒުވާނަކު ރަހީނުކޮށް ކާރަކަށް އަރުވައިގެން ގެންދިޔަކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވާކަމަށެވެ. އަދި މި ޒުވާނާ ރަހީނުކޮށްގެން ގެންދިޔުމަށްފަހު އަނިޔާކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ ވަރަށް ބޮޑަށް ޒަހަމް ވެފައިވާ ޒުވާނަކު ރޭ 9:50 ހާއިރު އެ ހޮސްޕިޓަލަށް ގެންދިޔަކަމަށެވެ.

ހޮސްޕިޓަލުން މައުލޫމާތު ދިންގޮތުނައި އެ ޒުވާނާގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް އޭނާގެ ސިކުނޑި އަށް  ވަނީ ލޭ އެޅިފައެވެ.

އަދި އިތުރު ފަރުވާއަށް އޭނާ މާލެ ގެނައުމުގެ މަސައްކަތް މިހާރުކުރަމުން އަންނަ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް