ހުއްދަނެތި މަގުމަތީ އުޅޭ ބިދޭސީންނާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށައިފި

79

 

ވާރކް ވިސާ ނެތް ފަރާތްތަކާއި ކާފިއު ވަގުތު ހުއްދައާއި ނުލައި މަގުމަތީގައި އުޅޭ ބިދޭސީންނާއި މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް މޯލްޑިވްސް އިމިގްރޭޝަނުން ފަށައިފި އެވެ.

އިމިގްރޭޝަނުން ބުނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ހަރުކަށިފިޔަޅުގެ ތެރެއިން ކާފިއު ވަގުތުގައި ގަވާއިދާ ހިލާފަށް މަގުމަތީގައި އުޅޭ ފަރާތްތަކާއި ވޯކް ވިސާ ނެތްފަރާތްތައް ހިފަހައްޓުމަށްފަހު ގެންދަނީ ހުޅުމާލެ ފޭސް ދޭއްގައި ގާއިމްކޮށްފައިވާ ޑިޓެންޝަން ސެންޓަރަށެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އެމްޕީއެލްގެ ބައިވެރިވުމާއެކު ހިންގާ މިޕްރޮގްރާމަކީ އިކޮނޮމިކް މިނިސްޓްރީއާއި ގުޅިގެން ކުރިޔަށްދާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ.

އަދި ވާރކް ވިސާ ނެތް ފަރާތްތަކާއި ކާފިއު ވަގުތު ހުއްދައާއި ނުލައި މަގުމަތީގައި އުޅޭ ބިދޭސީން ޑިޓެންޝަނަށް ގެންދިޔުމަށްފަހު އެފަރާތްތައް ޑީޕޯޓުކޮށްލުމުގެ މަސައްކަތް  ވެސް ކުރިޔަށް ދާނެކަމަށް އިމިގްރޭޝަނުން ބުނެއެވެ.

1 ހިޔާލު

  1. ނޫނޭ އަދި އަވަހެއްނު. މަގުމަތީ ޑޮލަރު ވިއްކަން ބައިތިއްބާ. ތިޔަ އެންމެން ޑީޕޯޓްކޮށްފަ ފޮނުވާލަބަލަ. އެމީހުންގެ އެމްބަސީއެބަހުއްޓެއްނު

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ