ހަމައެކަނި ފުރިހަމަ ޤާނޫނެއް އޮތުމަކުން، އަޅުގަނޑުމެން ބޭނުންވާ މަޤްޞަދު ހާސިލެއް ނުކުރެވޭނެ: ނައިބު ރައީސް

ހަމައެކަނި ފުރިހަމަ ޤާނޫނެއް އޮތުމަކުން، އަޅުގަނޑުމެން ބޭނުންވާ މަޤްޞަދު ހާސިލެއް ނުކުރެވޭނެ ކަމަށާއި ޤާނޫނުގައި ބުނާގޮތަށް، ޤާނޫނުން އަންގާގޮތަށް ކަންތައްތައްކޮށް، ޢަމަލުތައް ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ”ފުލުހުންގެ އެންމެ އިސް ވާޖިބަކަށް މިވަނީ، އިސްލާމްދީނަށް ޙުރްމަތްތެރިކޮށްހިތުމަށާއި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތައް ނަގަހައްޓައި، ދިވެހި ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކޮށް، އެންމެމަތީ މަޞްލަޙަތު ރައްކާތެރި ކުރުން.“ ފުލުހުންގެ ޚިދުމަތުގެ ޤާނޫނަށް ޢަމަލުކުރަން ފެއްޓެވުމާއި ގުޅިގެން ފުލުހުން ހުވާކުރުމަށްޓަކައި މިއަދު ހެނދުނު […]

ފާފަތަކާ އުރެދުންތަކުގެ އަސަރުތައް: ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިއްޕަވާ!

ހަމަކަށަވަރުން ފާފަޔާއި އަދި އުރެދުންތައް އެކަންތަކާ ގުޅިގެން އަދި އާޚިރަތުގެ ކުރިން ދުނިޔޭގައި އެކަމުގެ އަސަރުތައް ފެނެއެވެ. އަދި އޭގެ އަސަރުތަކުގެ ތެރެއިން އަހަރުމެންގެ ރަސޫލާ އަގަވާފައިވާ ޙަދީޘުފުޅުގައިވަނީ މިފަދައިންނެވެ. إِنَّ الصُبْحَةَ تَمْنَعُ الرِّزْقَ وَإِنَّ الْعَبْدَ لَيُحْرَمُ الرِّزْقَ بِالذَّنْبِ يُصِيْبُه (فيض القدير: 2/455) މާނައީ: ހަމަކަށަވަރުން ހެނދުނުގެ ވަޤުތުގައި ނިދުމަކީ ރިޒުޤު ބަންދުވާކަމެކެވެ. އަދި ހަމަކަށަވަރުން އަޅާ ކުރާ ފާފައިގެ ސަބަބުން ވެސް އޭނާ ރިޒުގުން މަޙްރޫމްވެއެވެ. އިބްނުލް ޤައްޔިމު رحمه […]

ވޯޓުގެ ޝަރުޢީ ހައިސިއްޔަތު: ވޯޓަކީ ދީނާއި ޤައުމަށްޓަކައި އަދާކުރަންޖެހޭ ވަރަށް ބޮޑު ވަރަށް ބުރަދަން ހުރި އަމާނާތެއް

ރާއްޖޭގައި ބޮޑު އިންތިޚާބެއް ބޯމަތިވެފައިވަނިކޮށް ޕާކިސްތާނުގެ ވަރަށް މަޝްހޫރު ޢިލްމުވެރިއެއް އަދި ސިޔާސީ ޝަޚުޞިއްޔަތެއްކަމުގައިވާ މައުލާނާ ކައުޘަރު ނިޔާޒީ ވޯޓާ ގުޅޭ ގޮތުން ދެއްވާފައިވާ ހުކުރު ޚުޠުބާއެއްގެ ތަރުޖަމާ ރާއްޖޭގެ އެންމެ މަޝްހޫރު އެއްލިއުންތެރިޔާ ޢަބްދުﷲ ފާރޫޤް ޙަސަން ތަރުޖަމާ ކުރައްވައި ފޮތެއްގެ ސިފައިގައި ނެރުއްވައިފިއެވެ. އެ ފޮތުގެ ނަމަކީ ”ވޯޓުގެ ޝަރުޢީ ހައިސިއްތު“ އެވެ. ”ވޯޓުގެ ޝަރުޢީ ހައިސިއްތު“ ކިޔާލުމުން އެނގުނީ އަޅުގަނޑުމެންގެ ޤައުމީ ކަންކަމުގައި މިދޭ ވޯޓަކީވެސް މާތް ﷲގެ ޙަޟުރަތުގައި މަސްއޫލު ވާންޖެހޭނެ […]

އުތުރުގެ ރޭޕްކޭސް: ލަސްކުރުމެއްނެތި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި

    އުތުރު ރަށެއްގެ 14 އަހަރުގެ އަންހެންކުއްޖަކަށް ގްރޫޕަކުން ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައިގައި ތަހުގީގު ކުރުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް ލަސްކުރުމެއްނެތި އަޅަމުން ދާނެ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ މި މަހު ތިންވަނަ ދުވަހު އުތުރުގެ ރަށަކަށް ނިސްބަތްވާ އުމުރުން 14 އަހަރުގެ އަންހެންކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މި މަހު 11 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. “ މި […]

ޔޫ.އެންގެ އިންވެސްޓިގޭޓަރަކަށް މަރުގެ އިންޒާރު ދިންކަމަށް ސައުދީގެ އޮފިޝަލެއްގެ މައްޗަށް ތުހުމަތުކޮށްފި

ޔޫއެންގެ ފަރާތުން ޖަމާލް ޚަޝޯގްޖީގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުންދާ އޮފިޝަލެއް ކަމުގައިވާ އެގްނީސް ގަލަވާރޑްއަށް ސައުދީ ސަރުކާރުގެ ސީނިއަރ އޮފިޝަލަކުމަރުގެ އިންޒާދު ދެއްވިކަމަށް ތުހުމަތުކޮށްފިއެވެ. ޖެނީވާގައި ޔޫ.އެންގެ ފަރާތުން ބޭއްވި ބައްދަލުވުމެއްގައި ސައުދީގެ އޮފިޝަލަކު ދެފަހަރެއްގެ މަތިން މަރުގެ އިންޒާރެއް ކަމުގައި ބެލެވޭ ބަސްތަކެއް އެގްނީސްއަށް އަމާޒުކުރައްވާފައި ވެއެވެ. މިކަމާ ގުޅިގެން އެގްނީސް ”ދަ ގާރޑިއަން“އަށް ދެއްވި އިންޓަރވިއުގައި ވިދާޅުވެފައިވަނީ އޭނާއަށް މި ޚަބަރު ލިބިވަޑައިގަތީ އެ އިންޒާރުދެއްވި ވަގުތު އެތަނުގައި ތިބި މީހުންގެ ފަރާތުންނެވެ. […]

ވެކްސިންގެ ކާމިޔާބީގެ އަސްލަކީ ކެޕިޓަލިޒަމްއާއި ދަހިވެތިކަން: ބޮޑުވަޒީރު ބޮރިސް ޖޯންސަން

ޔޫކޭގައި ވެކްސިން ޖެހުމުގެ އިންތިޒާމުތައް ކާމިޔާބުވީ ކެޕިޓަލިޒަމް އާއި ދަހިވެތިކަމުގެ ސަބަބުން ކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެއެވެ. އަދި ވެކްސިން އަވަސް މުއްދަތެއްގައި ތައްޔާރުކޮށްދިން ކަމަށްޓަކައި އެ ގައުމުގެ ސިއްހީ މާހިރުންނަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ. ބޮރިސް ޖޯންސަން މިހެން ވިދާޅުވެފައި ވަނީ މިދިޔަ އަންގާރަ ދުވަހު ބޭއްވި ޒޫމް މީޓީންއެއްގައި ކަމަށް އެ ގައުމުގެ ނޫސް މަޖައްލާއެއްކަމުގައިވާ ސަން ނިއުސްގައި ހާމަކޮށްފައިވެއެވެ. މި ބައްދަލުވުމަށް ހާޒިރުވެ ތިއްބެވީ ކޮންޒަވެޓިވް ޕާޓީގެ މެންބަރުންނެވެ. ޖޯންސަން […]

​މިއަހަރުގެ މިސްޓަރ މޯލްޑިވްސް އަކަށް ޔާމްބެ!

ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހޮވާ މި އަހަރުގެ މިސްޓަރ މޯލްޑިވްސްގެ މަޤާމު މުޙައްމަދު ޔާމީން (ޔާމްބެ) އަށް ލިބިއްޖެއެވެ. އޮލިމްޕަސް ސިނަމާގައި ރޭ ބޭއްވި 19 ވަނަ ޤައުމީ ބޮޑީބިލްޑިން އެންޑް ފިޒީކްސް ސްޕޯޓްސް ޗެމްޕިއަންޝިޕު ​ޝަރަފުވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. މި އަހަރުގެ މިސްޓަރ މޯލްޑިވްސްގެ މަޤާމު ހޯދި ޔާމްބެ ވަނީ 2017 ވަނަ އަހަރުވެސް މި މަޤާމު ހޯދާފައެވެ. މި އަހަރުގެ މިސްޓަރ މޯލްޑިވްސްއަކަށް ޔާމްބެ ހޮވުނުއިރު، […]

ދިވެހި ރަށްވެހިކަން ދޫކޮށްލުން: ގެއްލޭނީ ހަމައެކަނި ދީނެއްނޫން! މިނިވަންކަންވެސް ގެއްލިގެންދާނެ!

ދިވެހި ރައްޔިތުކަން ދޫކޮށްލަން ބޭނުންވާ މީހުންނަށް ސަރުކާރުން ހަދައި އާއްމު ކުރި ގަވާއިދަކީ ވަރަށް ބޮޑު ކަމެއްގެ ފެށުން ކަމަށް ވަރަށް އިތުބާރު ހުރި މަސްދަރުތަކުން ޚަބަރު ލިބިއްޖެއެވެ. މިކަމަކީ ގިނަ ރައްޔިތުން މާ ބޮޑު ޚަބަރެއް ކަމުގައި ނުދެކުނަސް، ރާއްޖޭގެ ތާރީޚުގައި ވެސް ފާޅު ކަން ބޮޑު ގޮތަކަށް ހެދުނު، ދިވެހި ގައުމިއްޔަތާއި އިސްލާމް ދީނަށް ގޮންޖަހާލެވޭނެ ގަވާއިދެކެވެ. އަދި މިކަމަކީ އެއްވެސް ވަރަކަށް ރައްޔިތުންގެ ފަރާތުން މިފަދަ ގަވާއިދުތައް ހެދުމުގެ އެދުމެއްގެ ޝުޢޫރު ފާޅު […]

އިންޑިއާގައި ބަންގީގެ އަޑު އުނދަގުލަކަށް ވުމުގެ ޝަކުވާ ބޮޑުވަނީ

ފަތިސްނަމާދުގެ ބަންގި ތާޅަފިލިން ގޮވާއިރު މާބޮޑަށް އަޑުގަދަކަމަށް ބުނެ އުއްތަރު ޕްރަދޭޝްގެ ސަރުކާރުގެ ވަޒީރަކު ނުރުހުން ފާޅުކޮށްފިއެވެ. އޭނާ ބުނިގޮތުގައި ފަތިސްނަމާދުގެ ބަންގީގެ އަޑު މަޑުކޮށް، ބޭނުމެއް ނެތް ތާޅަފިލި މިސްކިތުގެ މުންނާރުން ނަގަންޖެހެއެވެ. އާނަންދު ސަރޫޕް ޝުކުލާ އަވަށުގެ މެޖިސްޓްރޭޓަށް ފޮނުވި ޝަކުވާގެ ސިޓީގައި ބަޔާންކޮށްފައި ވަނީ ރެޔާއި ދުވާލު މިސްކިތްތަކުން ބަންގިގޮވާތީ ޔޯގާ ހެދުމަށާއި ހިންދޫންނަށް އަޅުކަން ކުރުމަށާއި އޮފީހުގެ މަސައްކަތްކުރަން ދަތިވާކަމަށެވެ. އާނަންދު ސަރޫޕް ޝުކުލާގެ ޝަކުވާ ގެ ސިޓީގައި މިސްކިތްތަކާއި ކައިރީގައި […]

ދިވެހި ޕްރިމިއާ ލީގު މާދަމާ ފަށަނީ!

ދިރާގު ދިވެހި ޕްރިމިއާ ލީގު މާދަމާ ފަށަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުއްދަދީފިއެވެ. ލީގު މެދުކަނޑާލީ ​ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމުގެ މަތިން މިދިޔަ މަހުގެ ތިންވަނަ ދުވަހެވެ. ލީގުގެ ދެވަނަ ބުރުގެ ދެވަނަ މެޗު ވީކުގެ ކުޅުން ކުރިއަށް ދަނިކޮށް ލީގު މެދުކަނޑާލުމާ ގުޅިގެން ފުޓުބޯޅަ އާއިލާގެ ގިނަ ކަންބޮޑުވުންތަކެއް ވަނީ ސަރުކާރަށާއި، އެޗްޕީއޭއަށް ހުށައަޅައިފަ އެވެ. އެޗްޕީއޭ އިން ލީގު ފެށުމަށް ހުއްދަ ދިންކަން ހާމަކުރައްވައި ފުޓްބޯލް އެސޯސިއޭޝަން އޮފް […]