ދިވެހި ރަށްވެހިކަން ދޫކޮށްލުން: ގެއްލޭނީ ހަމައެކަނި ދީނެއްނޫން! މިނިވަންކަންވެސް ގެއްލިގެންދާނެ!

Loading

Facebook
Twitter
WhatsApp

ދިވެހި ރައްޔިތުކަން ދޫކޮށްލަން ބޭނުންވާ މީހުންނަށް ސަރުކާރުން ހަދައި އާއްމު ކުރި ގަވާއިދަކީ ވަރަށް ބޮޑު ކަމެއްގެ ފެށުން ކަމަށް ވަރަށް އިތުބާރު ހުރި މަސްދަރުތަކުން ޚަބަރު ލިބިއްޖެއެވެ.

މިކަމަކީ ގިނަ ރައްޔިތުން މާ ބޮޑު ޚަބަރެއް ކަމުގައި ނުދެކުނަސް، ރާއްޖޭގެ ތާރީޚުގައި ވެސް ފާޅު ކަން ބޮޑު ގޮތަކަށް ހެދުނު، ދިވެހި ގައުމިއްޔަތާއި އިސްލާމް ދީނަށް ގޮންޖަހާލެވޭނެ ގަވާއިދެކެވެ. އަދި މިކަމަކީ އެއްވެސް ވަރަކަށް ރައްޔިތުންގެ ފަރާތުން މިފަދަ ގަވާއިދުތައް ހެދުމުގެ އެދުމެއްގެ ޝުޢޫރު ފާޅު ކޮށްފައި ނުވާ އަދި ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއެއްގެ މެނިފެސްޓޯގައި ވެސް ނުވާ ތަފާތު އެޖެންޑާ އެއްގެ މައްޗަށް ބިނާ ވެފައި އޮތް އެއްޗެއް ކަމާ މެދު ޝައްކެތް ވެސް ނެތެވެ.

މި ގަވާއިދު ހެދިފައި ވާ ގޮތުން ރާއްޖޭގެ ރަށްވެހިކަން ދޫކުރަން ބޭނުންވާ މީހަކު އެކަމަށް އެދި ފޮރިން އެފެއާޒް މިނިސްޓަރީއަށް ހުށައެޅުމަށްފަހު ދިވެހި ދައުލަތުން އެމީހަކަށް ދެވިފައިވާ ޕާސްޕޯޓު އައިޑީ ކާޑު ފަދަ ތަކެތި ދިވެހި ދައުލަތާ ހަވާލު ކުރަން ވާނެއެވެ. އެހިސާބުން އެމީހަކާ މެދު ދިވެހި ރާއްޖޭގައި އަމަލު ކުރަން ޖެހޭނީ ބޭރު ގައުމުތަކުގެ މީހުންނާ މެދު އަމަލު ކުރާ ގޮތަށެވެ. ބަނގުރާ ބުއިމާއި ރޯދަ ނުހިފުމާއި މަސްތުވާ ތަކެތި ބޭނުން ކުރުމާއި ޒިނޭ ކުރުމާ މިއިން އެއްވެސް ކަމެއްގެ އަދަބެއް އެމީހަކަށް ނުލިބޭނެއެވެ. އަދި މި ކަމަށް ފަހު 6 މަސް ދުވަހުގެ ތެރޭގައި އެމީހަކަށް ބޭރު އެހެން ގައުމަކުން ރަށްވެހި ކަން ނުލިބޭ ކަމަށް ބުނުމުން އެމީހާ އަކީ އަލުން ދިވެއްސެއް ކަމަށް ބަލަން ދައުލަތަށް ލާޒިމު ވާނެއެވެ. މިގޮތަށް ޑިފޯލްޓުން އެމީހާ ދިވެއްސަކަށް ބަދަލުވާއިރު އެމީހާ މުސްލިމަކަށް ވާކަށް ލާޒިމެއް ނުވާނެއެވެ. އަދި ދުނިޔޭގެ ކަން ކަން ހިނގާ ގޮތުން އެފަދަ ހާލަތެއްގައި އެމީހާ އެކަމަށް އިއުތިރާޒް ކުރާ ހާލު މުސްލިމެއް ކަމުގައި ނުވެސް ބެލެވޭނެއެވެ. މިއީ ދީނީ ނަޒަރަކުން މިކަން ބެލެވޭނެ ގޮތެކެވެ.

ސިޔާސީ ނަޒަރަކުން ބަލާއިރު ރާއްޖޭގައި އިންޑިޔާގެ މިލިޓަރީ ބޭސްއެއް ހަދަން އިންޑިޔާ ކުރާ މަސައްކަތުގައި އިންޑިޔާއަށް ވާގި ވެރިވުމުގެ ގޮތުން މިފަދައިން ދިވެހި ރަށްވެހިކަން ދޫކުރަން ބޭނުންވާ މީހުންނަށް އިންޑިޔާގެ ރަށްވެހިކަން ދީ ބޮޑު މުސާރައާ އިނާޔަތުގެ އެފަދަ މީހުން ރާއްޖޭގައި ބޭނުން ކުރުމަކީ ވަރަށް ބޮޑަށް އިންޑިޔާ ކުރަން ބޭނުން ވާނެކަމެކެވެ. އެއީ އެފަދަ މީހަކީ އަސްލު ދިވެހިންގެ ތެރޭ އުޅެބޮޑުވި ”ދިވެއްސަކަށް“ ވެފައި ރާއްޖޭގައި އެފަދަ މީހުން އިންޑިޔާއަށް ބޭނުން ކުރެވޭނަމަ، އިންޑިޔާގެ އިސްތިއުމާރީ މަސައްކަތް 100 ގުނަ ފަސޭހަ ވެފައި އަވަސް ވާނެއެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި ގައުމުގެ ރަށްވެހިކަމާ ގުޅިފައި ހުންނަ ކަންތަކަކީ އާދައިގެ ކުދި ކުދި ކަންތައްތަކެއް ނޫނެވެ. އަދި ރަށްވެހިކަން ދޫކުރަން އެދެން ޖެހެނީވެސް އެގައުމެއްގެ ޚާރިޖިއްޔާ އަކު ނޫނެވެ. އެއީ ގައުމުގެ އެތެރޭގެ ދާޚިލީ ބޮޑު ކަމަކަށްވާތީ އެފަދަ ކަންތައް އޮންނަނީ ވަރަށް ހަރުކަށި އުސޫލުން ގައުމީ ސަލާމަތާ ވެސް ގުޅުވާފައެވެ. މިގޮތުން އެމެރިކާގައި މިކަމާ ބެހޭ އިދާރާއަކީ އެތަނުގެ ޑިޕާޓްމެންޓް އޮފް ހޯމްލޭންޑް ސިކިއުރިޓީއެވެ. އަރަބި މުސްލިމް ގިނަ ގައުމުތަކުގައި އެގައުމުތަކުގެ މީހުން ރަށްވެހިކަން ދިނުމާ ކައިވެނި ފަދަ ކަންތައް ވެސް ބޭރު މީހުންނަށް އޮންނަނީ މަނާވެސް ކޮށްފައެވެ.

ވީމާ ސުވާލަކީ މިފަދަ ނާޒުކު ނުރައްކާތެރި ގާނޫނީ ބަދަލެއް ސަރުކާރުން ސިއްރިއްޔާތުގައި މިގެނައީ ކީއްވެގެންތޯއެވެ؟ ދިވެހި ރައްޔިތުންގެ ތެރޭގައި އެއްވެސް ވަރަކަށް ނެތް ބަހުސެއް ގާނޫނަކަށް ބަދަލުވީ ކޮންބައެއްގެ މަސްލަހަތު ހިމާޔަތް ކުރަންތޯއެވެ؟ ސިއްރިއްޔާތުގައި މިފަދަ ކަންތައް ނިންމަން ސަރުކާރަށް ލާޒިމު ކުރީ ކޮން ބާރެއް ވަދެގެން ތޯއެވެ؟ ކާބަފައިން ހިމާޔަތް ކުރި ދީނާ ގައުމުގެ މިނިވަންކަމާއި ދީނަށް ގެއްލުންވެދާނެ ފަދަ ގާނޫނީ ބަދަލުތައް ސިއްރިއްޔާތުގައި ދައުލަތުގެ ގެޒެޓާ ހަމައަށް މިގެންދަނީ ކާކުގެ އަމުރަށްތޯއެވެ؟ ހަމަ ޔަގީނުންވެސް މިއީ އެޖެންޑާ 19 އަށް ވެސް އަދި އެނޫން ބަދަލަކަށް ވެސް ވޯޓު ދިން ދިވެހި ރައްޔިތުންގެ އަޣުލަބިއްޔަތު ބޭނުންވާ ގޮތެއް ނޫނެވެ.

ދިވެހި ރާއްޖޭގައި އިސްލާމް ދީނުގެ އަގީދާ ގަބޫލު ނުކުރާ މީހުން އަބަދުވެސް އުޅެއެވެ. އެކަމަކު އެފަދަ މީހުންނަށް ފާޅުގައި ދީން ދޫކޮށް ބޭނުން ގޮތަކަށް އުޅެން ދިވެހިން ގެ އަޣުލަބިއްޔަތެއް އެއްވެސް ދުވަހަކު ނޭދެއެވެ. އެހެން ވީމަ އެފަދަ މީހުން އަބަދުވެސް އުޅެންޖެހެނީ ގާނޫނީ މުސްލިމުންގެ ގޮތުގައެވެ. އެއީ ދިވެހިން ބޭނުންވާގޮތެވެ. ދިވެހި ރާއްޖޭގައި އުޅެން ޖެހޭނީ ގިނަ ދިވެހިން ގަބޫލު ކުރާ ގޮތަށެވެ. ގިނަ ރައްޔިތުންނަށް މިކަން އިހުސާސް ނުކުރެވުނަސް މިއަދު މިއޮތީ ހަގީގަތުގައިވެސް ގައުމުގެ މުގޫ ދީން ގަބޫލު ނުކުރާ ބަޔެއްގެ އަތްދަށަށް ގޮސްފައެވެ. މިއީ މުޅި ސަރުކާރުގެ ވިސްނުމަށް ނުވެދާނެއެވެ. އެކަމަކު ސަރުކާރުގެ ތެރެއިން އިސްލާމްދީނާ ގައުމިއްޔަތާ އިދިކޮޅު މީހުން އުޅޭ ކަމީ އަބަދުވެސް އެނގޭ ކަމެކެވެ. މިއަދު މިއޮތީ އެފަދަ ބަޔަކަށް ގައުމުގެ މުގޫ ދެވުނު ކަމުގެ އިހުސާސް ރައްޔިތުންނަށް ކުރަން ޖެހިފައެވެ. މިއީ އަދި އަލަކަށް ވާކަމެއް ވެސް ނޫނެވެ. މިކަމުގެ މިސާލު ވަރަށް ރަނގަޅަށް އެމެރިކާއިން ފެނިވަޑައިގަންނަވާނެއެވެ. އެމެރިކާގެ ދައުލަތުގެ ބާރުހުރި ހުރި ހުރިހާ ގުނަވަނެއްގައި ކޮންމެތާކުވެސް އިސް ވެރިޔަކަށް ހުންނާނީ ޔަހޫދީންގެ މީހެކެވެ. އެއީ އެމެރިކާގައި ޔަހޫދީން ގިނަވެގެން ވާގޮތެއް ނޫނެވެ. އެއީ އެކަމަށް ފާރަވެރިވާ ބަޔެއްގެ މިންނެތް މަސައްކަތެވެ. އެމެރިކާގެ މީޑިޔާ، ވިޔަފާރި އަދި ސިޔާސީ ދާއިރާތަކުގެ ފުރިހަމަ ބާރު އިޒްރޭލަށް މިހާރު އޮވެއެވެ.

ރާއްޖެއަށްވެސް މިއަދު މިއޮތީ އެމެރިކާ އަށް ދިމާވިފަދަ ހާލަތެއް ދިމާވެފައެވެ. މިގައުމު ދެކެ ލޯބިނުވާ އަހަރެމެންގެ ދީން ގަބޫލު ނުކުރާ މަދު ބަޔެއް ދައުލަތުގެ ކޮންޓްރޯލް ނަގައިފިއެވެ. މިކަމާ މިހާރު ރައްޔިތުން ފިޔަވަޅު ނާޅައިފިނަމަ ރާއްޖޭގެ ގެއްލޭނީ 100% އިސްލާމް ކަމުގެ ލޭބަލް އެކަންޏެއް ނޫނެވެ. ގެއްލޭ އެއެއްޗެއް ގެއްލޭނީ އެތައް ހާސް އަހަރެއްވަން ދެން ކާބަފައިން އަހަރެމެންނާ ހަވާލު ކުރި މިނިވަންކަމާއެކުވެސް މެއެވެ.

 

Loading

4 Responses

  1. ތިކަމުގެޒިއްމާނަގަންޖެހޭނީކޯލިޝަނަށް ވޯޓުދިންމީހުން އިރާދަކުރެެއް ވިއްޔާ މިވެރިކަންނިމޭނެ

  2. ސޯލިޙު ރައިސް ބިޒީކަމުން އެމަނިކުފަނަށް ގައުމުގައި ވާނުވާ އެނގިވަޑައި ނުގަންނަކަމަށް އެމްޑީޕީގެ ރައިސް ނަޝީދުވެސް އެދަނީ އޯޕަންކޮށް ވިދާޅުވަމުންނެވެ. ދެން ހާދަ ދެރައެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް