ޔޫ.އެންގެ އިންވެސްޓިގޭޓަރަކަށް މަރުގެ އިންޒާރު ދިންކަމަށް ސައުދީގެ އޮފިޝަލެއްގެ މައްޗަށް ތުހުމަތުކޮށްފި

Loading

Facebook
Twitter
WhatsApp

ޔޫއެންގެ ފަރާތުން ޖަމާލް ޚަޝޯގްޖީގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުންދާ އޮފިޝަލެއް ކަމުގައިވާ އެގްނީސް ގަލަވާރޑްއަށް ސައުދީ ސަރުކާރުގެ ސީނިއަރ އޮފިޝަލަކުމަރުގެ އިންޒާދު ދެއްވިކަމަށް ތުހުމަތުކޮށްފިއެވެ. ޖެނީވާގައި ޔޫ.އެންގެ ފަރާތުން ބޭއްވި ބައްދަލުވުމެއްގައި ސައުދީގެ އޮފިޝަލަކު ދެފަހަރެއްގެ މަތިން މަރުގެ އިންޒާރެއް ކަމުގައި ބެލެވޭ ބަސްތަކެއް އެގްނީސްއަށް އަމާޒުކުރައްވާފައި ވެއެވެ.

މިކަމާ ގުޅިގެން އެގްނީސް ”ދަ ގާރޑިއަން“އަށް ދެއްވި އިންޓަރވިއުގައި ވިދާޅުވެފައިވަނީ އޭނާއަށް މި ޚަބަރު ލިބިވަޑައިގަތީ އެ އިންޒާރުދެއްވި ވަގުތު އެތަނުގައި ތިބި މީހުންގެ ފަރާތުންނެވެ.

އެގްނީސް ވަނީ 2019 ވަނަ އަހަރު ޖަމާލް ޚަޝޯގްޖީގެ މަރުގެ މައްސަލައާއި ގުޅިގެން 100 ސަފުހާގެ ރިޕޯޓެއް ނެރުއްވާފައެވެ. މި ރިޕޯޓުގައި އޭނާ ވަނީ ސައުދީގެ ވަލީޢަހުދު އަމީރު މުޙަންމަދު ބިން ސަލްމާނާއި އޭނާގެ އޮފިޝަލުން ޖަމާލް ޚަޝޯގްޖީގެ މަރުގެ މައްސަލާގައި ބައިވެރިވެފައިވާކަމުގެ ހެކިތައް ބަޔާންކުރައްވާފައެވެ. އެމެރިކާ ސަރުކާރުންވެސް ވަނީ މިކަން ސާބިތުވިކަމަށްބުނެ ބަޔާނެއް ނެރެފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް