​މިއަހަރުގެ މިސްޓަރ މޯލްޑިވްސް އަކަށް ޔާމްބެ!

Loading

Facebook
Twitter
WhatsApp

ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހޮވާ މި އަހަރުގެ މިސްޓަރ މޯލްޑިވްސްގެ މަޤާމު މުޙައްމަދު ޔާމީން (ޔާމްބެ) އަށް ލިބިއްޖެއެވެ.

އޮލިމްޕަސް ސިނަމާގައި ރޭ ބޭއްވި 19 ވަނަ ޤައުމީ ބޮޑީބިލްޑިން އެންޑް ފިޒީކްސް ސްޕޯޓްސް ޗެމްޕިއަންޝިޕު ​ޝަރަފުވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ.

މި އަހަރުގެ މިސްޓަރ މޯލްޑިވްސްގެ މަޤާމު ހޯދި ޔާމްބެ ވަނީ 2017 ވަނަ އަހަރުވެސް މި މަޤާމު ހޯދާފައެވެ. މި އަހަރުގެ މިސްޓަރ މޯލްޑިވްސްއަކަށް ޔާމްބެ ހޮވުނުއިރު، އޭނާ ވަނީ މި ފަހަރުގެ މުބާރާތުގެ ބޮޑީބިލްޑިންގެ 90 ކިލޯ ކެޓެގަރީން އެއްވަނަވެސް ހޯދާފައެވެ.އަދި މި މުބާރާތުގެ ދެވަނަ ލިބިފައިވަނީ މުހައްމަދު ރަޝީދަށެވެ.

މީގެ އިތުރުން މި އަހަރުގެ މުބާރާތުގެ އެތުލެޓިކް ފިޒީކުގެ ބައިންނާއި ސްޕޯޓްސް ފިޒީކުގެ ބައިންވެސް ވަނީ ވަނަ ވަނަ ހޮވާފައެވެ. ކާމިޔާބުކަމާއެކު މި އަހަރުގެ މިސްޓަރ މޯލްޑިވްސް ބޭއްވިއިރު، މި މުބާރާތުގައި 30 ށްވުރެ ގިނަ ބޮޑީބިލްޑަރުން ވަނީ ވާދަކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް