ރައީސް ނަޝީދާއި މިނިސްޓަރ ފައްޔާޒު އަނެއްކާވެސް ޒުވާބަކަށް! 

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް މިރޭ އަނެއްކާވެސް އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ޒުވާބު ކުރައްވާ ”ކޮރަޕްޝަންގެ ބަހުސް“ އަނެއްކާވެސް ތިލަކުރައްވައިފިއެވެ. މިރޭ ރައީސް ނަޝީދު ވިދާޅުވީ ފައްޔާޒު ”ފޮރުވަން“ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ސަބަބުން އެމަނިކުފާނު ”ހަލާކުވާނެ“ ކަމަށެވެ. ދެބޭފުޅުންގެ ޒުވާބު މިރޭ ފެށުނީ ފައްޔާޒް ފޮރުވަން ކުރާ މަސައްކަތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ހަލާކު ވެދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވުމުންނެވެ. އެ […]

އަންނި ގެ ނުފޫޒުން އެމްޑީޕީއާއި ދިވެހި ރާއްޖެ މިނިވަންކޮށްގެން ނޫނީ މާލޭގެ ރައްޔިތަކަށް ވެސް ރާއްޖޭގެ ރައްޔިތަކަށްވެސް ހަމަޖެހިގެން ނޫޅެވޭނެ: ފުރަހަނި ޝުޢައިބު.

އަންނި (ކެނެރީގޭ މުޙައްމަދު ނަޝީދު)ގެ ނުފޫޒުން އެމްޑީޕީއާއި ދިވެހި ރާއްޖެ މިނިވަންކޮށްގެން ނޫނިއްޔާ ދެން މާލޭގެ ރައްޔިތަކަށް ވެސް ރާއްޖޭގެ ރައްޔިތަކަށްވެސް ހަމަޖެހިގެން ނޫޅެވޭނެ ކަމުގައި އެމްޑިޕީ ގައުމީ މަޖިލީހުގެ ކުރީގެ މެންބަރު ފުރަހަނި ޝުޢައިބު ޢަލީ ވިދާޅުވެއްޖެއެވެ. ”ނިކަން ބައްލަވާ. ރާއްޖޭގެ ރައްޔިތުންނަށް މިއަދު ހިތްހަމަޖެހުމެއް އެބައޮތްތޯ؟ އެއްވެސް ހިތްހަމަޖެހުމެއްނެތް. ޚާއްޞަކޮށް މާލޭގެ ރައްޔިތުން ނިކަމެތި ހާލުގައި އުޅުއްވާ މަންޒަރު މުޢިއްޒަށް ފެނިވަޑައިގަންނަވާނެ.“ މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ ޑރ. މުޙައްމަދު މުޢިއްޒަށް ކައުންސިލް އިންތިޚާބުގައި ތާއިދުު […]

ޝިއުނާ ވަކި ކުރަން އެމްޑީޕީ ޕީޖީގެ ތާއީދެއް ނުލިބުނު

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މަރިޔަމް ޝިއުނާ ވަކި ކުރަން ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް މެމްބަރުންގެ މެޖޯރިޓީ ނުލިބުނު ކަމުގެ މައުލޫމާތު ލިބިއްޖެއެވެ. އެމްޑީޕީގެ މެމްބަރަކު ވިދާޅުވީ ޝިއުނާގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް ފެނޭތޯ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި ނެގި ވޯޓުގައި ޝިއުނާ ވަކި ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 13 މެމްބަރުން ކަމަށެވެ. އެ މައްސަލަ ޕީޖީ ގްރޫޕަށް ހުށަހެޅުއްވީ […]

ކައުންސިލް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު 273،000 މީހަކަށް ލިބޭ

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި 273،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ. އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެންމެ ފަހުގެ ވޯޓާސް ލިސްޓުގެ އަދަދަކީ 273،128 މީހުން ކަމަށެވެ.  އޭގެ ތެރެއިން 5،134 މީހުންނަކީ އިންތިހާބު ފަސްކުރުމުން، އެއް އަހަރުގެ ތެރޭގައި 18 އަހަރު ފުރޭ މީހުން […]

އިޒްރޭލުގެ އާގުބޯޓަކަށް އިރާނުން މިސައިލް ހަމަލާއެއް ދީފި

އަރަބި ކަނޑުގެ ސަރަހައްދުން ދަތުރުކޮށްފައި ދިޔަ އިޒްރޭލުގެ އާގު ބޯޓަކަށް އީރާނުން މިސައިލު ހަމަލާއެއް ދީފިއެވެ. މި ޚަބަރު ރިޕޯޓުކުރި ޓެލް އަވީވްގެ ނޫސް ޗެނެލުން ބުނި ގޮތުގައި މިސައިލު ހަމަލާ ދީފައިވަނީ އެ ބޯޓު ޓެންޒޭނިޔާއިން އިންޑިޔާއަށް ދަތުރުކުރަމުންދިޔަ މަގު މަތީގައެވެ. ޚަބަރުލިބިފައިވާ ގޮތުގައި އެއްވެސް މީހެއްގެ ފުރާނައަށް މި ހަމަލާގައި ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އާގު ބޯޓަށް ވަނީ ބޮޑެތިގެއްލުން ތަކެއް ލިބިފައެވެ. ލިބުނު ގެއްލުމުގެ ތަފުސީލު އެނގޭވަރު ވާނީ އެ ބޯޓު […]

މެލޭޝިޔާ ފުލުހުން ސަލަފީ ޖިހާދީ ގުރޫޕާ ގުޅުން ހުރި ބަޔަކު ހައްޔަރުކޮށްފި

ޖެނުއަރީ މަހުގެ ހަވަނަ ދުވަހާއި ހަތްވަނަ ދުވަހު މެލޭޝިޔާގެ ފުލުހުންވަނީ ކުއަލަ ލަމްޕޫރްއާއި ސެލަންގޮރް ޕެރަކް އަދި ޕެނެންގްއިން 6 މީހުން ހައްޔަރުކޮށްފައެވެ. އެމީހުން ހައްޔަރުކޮށްފައި ވަނީ ޓެރަރިސްޓް ޖަމާއަތަކާ ގުޅުން ހުރި ކަމުގެ ތުހުމަތުގައެވެ. މެލޭޝިޔާ ފުލުހުންގެ އިންސްޕެކްޓަރ ޖެނެރަލް، ޓޭން ސްރީ ޢަބްދުލް ޙަމީދް ބަދޯރް މައުލޫމާތު ދެއްވިގޮތުގައި ހައްޔަރު ކުރެވިފައިވަނީ މެލޭޝިޔާގެ ފަސް މީހުންނާއި އިންޑޮނޭސިޔާގެ މީހެކެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ބުކިޓް އަމާން ސްޕެޝަލް ބްރާންޗްއިން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. ހައްޔަރު […]

ވެކްސިން ޕާސްޕޯޓު ހަގީގަތަކަށް ވަނީ

ޔޫރަޕިއަން ޔުނިއަންގެ ގައުމުތަކަށް ދަތުރު ކުރުމުގައި ވެކްސިން ޕާސްޕޯޓު ބޭނުން ކުރުމަށް ކަމާބެހޭފަރާތްތަކުން މަޝްވަރާތައް ކުރަންފަށައިފިއެވެ. ވެކްސިން ޕާސްޕޯޓު ނުވަތަ ވެކްސިން ޖެހި ކަމުގެ ސެޓްފިކެޓަކީ ޑިޖިޓަލް ނުވަތަ ކަރުދާސް ލިޔުމެކެވެ. މިލިޔުމުގައި ހިމެނޭނީ ކޯވިޑް 19ގެ ވެކްސިން ޖެހިކަން ހާމަކޮށްދޭ ފާހަގައެކެވެ. އަދި ޖަހާފައިވަނީ ކޮން ވެކްސިނެއް ކަމާއި ވެކްސިން ޖަހާފައިވާ ތަނާއި ޖަހާފައިވާ ތާރީޚުވެސް މި ލިޔުމުގައި ހިމެނޭނެއެވެ. މީގެ އިތުރުން އެންޓިބޮޑީ ލެވެލްއާއި ޕީ.ސީ.އާރް ޓެސްޓާއި ރެޕިޑް އެންޓިޖެން ޓެސްޓުގެ ނަތީޖާވެސް މި […]

ސުއޭޒް ކެނަލް ބަންދުވުމުން ދުނިޔޭގެ އިގުތިސާދަށް ބޮޑު ގެއްލުމެއް

ސުއޭޒް ކެނަލަކީ ދުނިޔޭގެ ތެލުގެ %9 އަދި މުޅި ދުނިޔޭގެ ވިޔަފާރީގެ %12 ގެ މުދާ އެއްގައުމުން އަނެއްގައުމަށް ގެންދާ މަގެވެ. ދިގުމިނުގައި 400 މީޓަރު ހުރި އާގު ބޯޓެއް ސުއޭޒް ކެނެލް ތެރެއަށް ހުރަސްވެ، ސުއޭޒް ކެނެލް ތެރެއިން ދަތުރު ކުރާނެ މަގުވަނީ ބަންދުވެފައެވެ. ސުއޭޒް ކެނެލްއަކީ އޭޝިޔާ އާއި ޔޫރަޕާ ދެމެދު ވިޔަފާރި ކުރާ ބޯޓުފަހަރު މުދާ އެތެރެކުރާ މައި މަގެވެ. ސުއޭޒް ކެނެލް 1896ގައި ހުޅުވިފަހުން، ސުއެޒް ކެނަލްއަކީ މުޅި ދުނިޔޭގައިވެސް އެންމެ […]

ރާއްޖެ އިން އިތުރު 2,434 މީހަކަށް ވެކްސިން ދީފި!

ކޮވިޑް19 އިން ރައްކާތެރި ވުމަށްޓަކައި ޖަހާ ވެކްސިން މިއަދު 2,434 މީހަކަށް ދީފިއެވެ. ރާއްޖޭގައި މިހާރު ދެމުންދަނީ ޗައިނާގެ ސިނޮފާރމް ވެކްސިނެވެ. މިއަދު ވެކްސިން ދިން މީހުންގެ ތެރެއިން 1,016 މީހުންނަށް ވެކްސިން ދީފައިވަނީ މާލެ ސަރަހައްދުގައި ވެކްސިން ދޭން ހަމަޖެހިފައިވާ ތަންތަނުންނެވެ. އަދި އަނެއް 1,418 މީހުންނަށް ވެކްސިން ދީފައިވަނީ އަތޮޅު ތަކުގައި ގާއިމް ކޮށްފައިވާ ވެކްސިން ދޭ މަރުކަޒު ތަކުންނެވެ. މާލެ ސަރަހަށްދުން މިހާތަނަށް 128,293 މީހަކަށް ވަނީ ވެކްސިން ދީފައެވެ. އަދި އަތޮޅު […]

ކޯވިޑް19: މިއަދު ފެނުނީ އިތުރު 166 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 166 މީހަކު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 52 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 11 މީހަކާއި ސަފާރިތަކުންވެސް 11 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 91 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 23,403 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 2,712 އެކްޓިވް ކޭސް ހިމެނޭއިރު 98 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ […]