އަންނި ގެ ނުފޫޒުން އެމްޑީޕީއާއި ދިވެހި ރާއްޖެ މިނިވަންކޮށްގެން ނޫނީ މާލޭގެ ރައްޔިތަކަށް ވެސް ރާއްޖޭގެ ރައްޔިތަކަށްވެސް ހަމަޖެހިގެން ނޫޅެވޭނެ: ފުރަހަނި ޝުޢައިބު.

Loading

Facebook
Twitter
WhatsApp

އަންނި (ކެނެރީގޭ މުޙައްމަދު ނަޝީދު)ގެ ނުފޫޒުން އެމްޑީޕީއާއި ދިވެހި ރާއްޖެ މިނިވަންކޮށްގެން ނޫނިއްޔާ ދެން މާލޭގެ ރައްޔިތަކަށް ވެސް ރާއްޖޭގެ ރައްޔިތަކަށްވެސް ހަމަޖެހިގެން ނޫޅެވޭނެ ކަމުގައި އެމްޑިޕީ ގައުމީ މަޖިލީހުގެ ކުރީގެ މެންބަރު ފުރަހަނި ޝުޢައިބު ޢަލީ ވިދާޅުވެއްޖެއެވެ.

”ނިކަން ބައްލަވާ. ރާއްޖޭގެ ރައްޔިތުންނަށް މިއަދު ހިތްހަމަޖެހުމެއް އެބައޮތްތޯ؟ އެއްވެސް ހިތްހަމަޖެހުމެއްނެތް. ޚާއްޞަކޮށް މާލޭގެ ރައްޔިތުން ނިކަމެތި ހާލުގައި އުޅުއްވާ މަންޒަރު މުޢިއްޒަށް ފެނިވަޑައިގަންނަވާނެ.“ މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ ޑރ. މުޙައްމަދު މުޢިއްޒަށް ކައުންސިލް އިންތިޚާބުގައި ތާއިދުު ކުރައްވާކަން ހާމަކުރައްވައި ޓީވީ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން ޝުޢައިބު ވިދާޅުވިއެވެ. ”އަންނި އަޑަށް ބާރުލައްވާފައި އެވިދާޅުވަނީ ތިމަންނައޭ މާލޭ މީހަކަށް ކަމެއް ކޮށްދޭނީ.

މާލޭގެ ރައްޔިތުންނަށް ނިކަމެތިކަން ލިބި އަނިޔާ ލިބެމުންދާތާ އެތައް އަހަރުތަކެއް ވެގެން އެދިޔައީ. ކަމެއް ކޮށްދެވެންޏާ މިއަދު ކަމެއްކޮށްދެވިފައެއްނޫންތޯ އޮންނާނީ.“

ޝުޢައިބު ވިދާޅުވި ގޮތުގައި ކަޅު މުޙައްމަދު ރަސްގެފަނުގެ ޒަމާނުގައި ރާއްޖޭގެ ހާލަތު އޮތް ނިކަމެތި ދަރަޖައަށް ރާއްޖޭގެ ހާލަތު މިއޮތީ ވެއްޓިފައެވެ.

”އެހާލަތަށް މިގައުމު ވެއްޓިފައި މިއޮތީ އަންނިގެ ސަބަބުންނޭ އަޅުގަނޑު ދަންނަވާނީ. އަޅުގަނޑަށް އެނގޭތީ މިދަންނަވަނީ.“ ޝުޢައިބު ވިދާޅުވިއެވެ. ”ބައްލަވާ ގުޅީފަޅު ވިއްކާލެއްވީ. މާލެސަރަހައްދުގައި ގޯތިދެވޭނެ ހުރިހާތަނެއް ވިއްކަވާލެއްވީމާ، މާލޭގެ ރައްޔިތުންނަށް އޭގެ ނިކަމެތިކަން އެލިބެނީ.“

ޝުޢައިބު ވިދާޅުވިގޮތުގައި އަންނި ބުނާގޮތްނޫން ގޮތެއް ހެދޭނެ ހަމަ އެއްވެސް ބޭފުޅަކު ނެތް ކަން އޭނާއަށް މިހާރު ވަނީ ޔަގީންކުރެއްވިފައެވެ.

”ރައީސުލްޖުމްހޫރިއްޔާއަށްވެސް އެކަން ނުކުރެއްވޭނެ. ރައީސުލްޖުމްހޫރިއްޔާއަށް ކުރެއްވޭނަމަ މިއަދު މާލޭގެ ރައްޔިތުން މި އާދޭސް ކުރަމުންދާ އާދޭސްކުރުން އަޑުއައްސަވަންވީ ނޫންތޯ؟ އެގާބިލުކަމެއް ރައީސުލްޖުމްހޫރިއްޔާގައި ވެސްނެތީ.“

ރާއްޖޭގެ ކުރީގެ ރައީސް އަދި މިހާރު އެމްޑީގެ ރައީސް ކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ މުޙައްމަދު ނަޝީދުގެ ކުރީގެ ވަރަށް އަރިސް އެކުވެރިއެއްކަމުގައިވާ ފުރަހަނި ޝުޢައިބު ވަނީ ރޭ ނަޝިދަށް ވަރަށް ގިނަ ތުހުމަތު ކުރައްވައި ފާޑު ވިދާޅުވެފައެވެ.

”ރާއްޖޭގެ ރައްޔިތުންނަށް ނުބައި މަންޒަރެއް ދައްކައިގެން އިނގޭތޯ އަޅުގަނޑު ދަންނަވާނީ މަކަރާއި ހީލަތާއި އޮޅުވާލައިގެން މުދަލުގެ ފައިސާގެ ދަހިވެތިކަމުގައި އަންނިއާއި އަންނިގެ އައުވާނުންތަކެއް ރާއްޖެ ވިއްކާލައްވަން ކުރައްވާ މަސައްކަތްތަކެއް އެބަހުއްޓޭ. އަޅުގަނޑު ވަރަށް ކެރިގެން މިވާހަކަ މިދަންނަވަނީ.“ ޝުޢައިބު ވިދާޅުވިއެވެ. ”މި ހަގީގަތް ރައްޔިތުންނާ ހަމައަށް ފާޅުވެ ތިލަވެގެން ގޮސް ހަގީގަތަކަށް ވާއިރު އަޅުގަނޑުމެން ކުރާނެކަމެއް ދެން ނޯންނާނެ.“

އެމްޑީޕީ އުފައްދައި ކުރިއަށް ގެންދިއުމުގައި މުހިންމު ދައުރެއް ކުރީން އަދާކުރެއްވި ޝުޢައިބު އެމްޑީޕީގެ ސިޔާސަތާ ހިތްޕުޅާނުވެގެން ޑރ. މުޢިއްޒުއަށް ތާއިދު ކުރެއްވުމުން ޑރ. މުޢިއްޒު ވަނީ ޝުޢައިބުއަށް މަރުޙަބާއާއި ޝުކުރު ދަންނަވާފައެވެ.

”އަޅުގަނޑު މިއަދުވެސް ޔަގީންކަން މިދެނީ އަޅުގަނޑު މިހިރި މާލޭގެ ރައްޔިތުންނާއެކީގައި ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުން ބޭނުންވެލައްވާގޮތަށް މާލޭގެ ރައްޔިތުންނަށް ދަތިވެފައިވާ ކަންތައްކަށް ހައްލު ގެނެސްދެއްވުމަށްޓަކައި ވަރަށް އިޚުލާޞްތެރި ބުރަމަސައްކަތްތަކެއް ކޮށްދެއްވުމުގެ ނިޔަތުގައޭ.“ ޑރ. މުޢިއްޒު ވިދާޅުވިއެވެ. “ އެމްޑީޕީގެ އެހާ އިސްބޭފުޅަކު އަޅުގަނޑަށް ތާއިދު ކުރެއްވުމަކީ މާލޭގެ ރައްޔިތުން ވަރަށް ބޮޑަށް ވިސްނަވާނެކަމެއްކަމަށް އަޅުގަނޑު ދެކެން. އަދި ޝުޢައިބު އެނިންމެވި ގޮތަށް ނިންމަވާނެ ގިނަ ރައްޔިތުންތަކެއް ތިއްބަވާނެކަމަށް ވެސް އަޅުގަނޑު ގަބޫލުކުރަން.“

އިންތިޚާބު ބޯމަތިވަމުންދާއިރު ޑރ. މުޢިއްޒުއަށް ތާއިދުކުރާ އެމްޑީޕީގެ މެންބަރުންގެ އަދަދު އިތުރުވަމުންދާކަން ވަނީ

ފާހަގަކުރެވިފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް