އަރަބި ކަނޑުގެ ސަރަހައްދުން ދަތުރުކޮށްފައި ދިޔަ އިޒްރޭލުގެ އާގު ބޯޓަކަށް އީރާނުން މިސައިލު ހަމަލާއެއް ދީފިއެވެ. މި ޚަބަރު ރިޕޯޓުކުރި ޓެލް އަވީވްގެ ނޫސް ޗެނެލުން ބުނި ގޮތުގައި މިސައިލު ހަމަލާ ދީފައިވަނީ އެ ބޯޓު ޓެންޒޭނިޔާއިން އިންޑިޔާއަށް ދަތުރުކުރަމުންދިޔަ މަގު މަތީގައެވެ.
ޚަބަރުލިބިފައިވާ ގޮތުގައި އެއްވެސް މީހެއްގެ ފުރާނައަށް މި ހަމަލާގައި ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އާގު ބޯޓަށް ވަނީ ބޮޑެތިގެއްލުން ތަކެއް ލިބިފައެވެ. ލިބުނު ގެއްލުމުގެ ތަފުސީލު އެނގޭވަރު ވާނީ އެ ބޯޓު އިންޑިޔާއަށް ދިޔުމުން ކަމުގައި ނޫސް ޗެނަލުން މައުލޫމާތު ދީފައިވެއެވެ.
މި ހަމަލާ ދީފައިވަނީ ކޮން ތާރީޚެއްގައި ކަމާއި ކޮން ވަގުތެއްގައިކަން އަދި ކަމާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައެއްނުވެއެވެ.
ބޯޓަށް ދިން ހަމަލާއާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި މިހާތަނަށް އިޒްރޭލުގެ ސިފައިންވެސް ހާމަކޮށްފައެއްނުވެއެވެ.