ސައޫދީ އަރަބިއްޔާގެ ބޯޑަރ ގާޑުންނާއި އެއްގަމު ޕެޓްރޯލްތައް ގުޅިގެން ހިންގި ހަތަރު އޮޕަރޭޝަނެއްގައި 320ކިލޯގްރާމްގެ ޚަތު ކިޔާވައްތަރުގެ މަސްތުވާތަކެއްޗާއި79،300 ގުޅަ މަނާބޭސް އެތެރެކުރަން މަސައްކަތް ކުރި އިތިއޯޕިޔާގެ 18 މީހުން ހައްޔަރު ކޮށްފިއެވެ.
އެއްއޮޕަރޭޝަންގައި 80 ކިލޯގެ ޚަތު އެތެރެކުރަން އުޅެ، އަދި ބޯޑަރ ސެކިއުރިޓީ ގާނޫނާއި ޚިލާފް ވެފައިވާތީ 4 މީހުން ހައްޔަރު ކޮށްފައިވާއިރު،އެހެން ތިން އޮޕަރޭޝަނެއްގައި 240 ކިލޯގްރާމް ޚަތު އެރެކޮށްފައިވާތީ 12 މީހުން ހައްޔަރު ކޮށްފައި ވެއެވެ.ހަމަ އެސަރަހައްދުގެ އެހެން ބޯޑަރ ކްރޮސިންގ އަކުން ވަނީ ހުއްދަ ލިބިގެންނޫނީ ބޭނުން ނުކުރެވޭ ބޭހުގެ 20،800 ގުޅަ އެތެރެ ކުރަން އުޅެފައިވާތީ ދެމީހުން ހައްޔަރު ކޮށްފައެވެ.މީގެ އިތުރުން އަލްދަޔާރު ކިޔާ ސަރަހައްދުން ހަމަ އެފަދަ ބޭހުގެ 58،500ގުޅަ އެތެރެކުރަން އުޅެނިކޮށް ދެމީހުން ހައްޔަރު ކޮށްފައި ވެއެވެ.
އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި ހައްޔަރު ކުރެވުނު މީހުންނާ ދެކޮޅަށް އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ.އަދި އެމީހުންނަށް ހައްގުވާ އަދަބު ދެވޭނެ ކަމަށް ބުނެފައި ވެއެވެ.
![]()
