ޝިއުނާ ވަކި ކުރަން އެމްޑީޕީ ޕީޖީގެ ތާއީދެއް ނުލިބުނު

Loading

Facebook
Twitter
WhatsApp

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މަރިޔަމް ޝިއުނާ ވަކި ކުރަން ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް މެމްބަރުންގެ މެޖޯރިޓީ ނުލިބުނު ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

އެމްޑީޕީގެ މެމްބަރަކު ވިދާޅުވީ ޝިއުނާގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް ފެނޭތޯ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި ނެގި ވޯޓުގައި ޝިއުނާ ވަކި ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 13 މެމްބަރުން ކަމަށެވެ. އެ މައްސަލަ ޕީޖީ ގްރޫޕަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅެއް ކަމަށްވާ ހަސަން އަހުމަދު (ހަސަންޓޭ)އެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ތެރޭގައި މި ވޯޓު މި ނެގީ ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަން ހިންގި ކަމަށް ބުނާ މައްސަލައިގައި ތަހުގީގު ކުރިއަށް ގެންދިއުމުގައި އިހުމާލުވެފައިވާ ކަމަށް ވިދާޅުވެ ޝިއުނާގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ނަޝީދު ގޮވާލައްވާފައި ވަނިކޮށެވެ. ނަޝީދު ވަނީ ޝިއުނާގެ އިތުރުން ޕްރޮސެކިއުޓަ ޖެނެރަލް ހުސެއިން ޝަމީމްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ވެސް ގޮވާލައްވައިފައެވެ.

އެކަމަކު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި ޝަމީމް ވަކި ކުރަން ފެނޭތޯ ވޯޓަށް އަހާފައެއް ނުވެއެވެ.

އެ ބައްދަލުވުމުގައި އޭސީސީގެ އެއްވެސް މައްސަލައެއް އުޅޭތޯ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް މައްސަލައެއް ވެއްދުމަށް އަލިފުށި ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވަނީ ހުށަހަޅުއްވައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް