ކޯވިޑް19: ކޭސްތައް ބޮޑު ތަނުން މައްޗަށް!
ރާއްޖެއިން ކޯވިޑް19 އަށް އިތުރު 241 މީހަކު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 74 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 15 މީހަކާއި ސިނާޢީ މަސައްކަތް ކުރަމުން އަންނަ ރަށަކުން 79 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 73 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ24,079 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 2,849 އެކްޓިވް ކޭސް ހިމެނޭއިރު 99 ފަރާތަކަށް ދަނީ އެޑްމިޓް […]
ވެންޓިލޭޓަރުތަކުގެ ވައްކަން: ޕީޖީ ނިންމެވީ ދައުވާ ނުކުރަން، އޭޖީ ލަފާދެއްވީ އިންޓަނޭޝަނަލް އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅަން
ކޮރޯނާ ވައިރަހާ ގުޅިގެން ރާއްޖެއަށް ކޮންމެހެން ވެސް ބޭނުންވި، ވެންޓިލޭޓަރުތައް ގަންނަން ކުރި މަސައްކަތުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި މައްސަލައިގައި ކަމާ ގުޅޭ މީހުންގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ޙުސެއިން ޝަމީމު ނިންމަވާފައިވަނިކޮށް، އިންޓަނޭޝަނަލް އާބިޓްރޭޝަނަށް އެ މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދަން، އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހީމް ރިފްޢަތު ލަފާދެއްވާފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒު މިއަދު ވިދާޅުވެއްޖެ އެވެ. ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުނިން 75 ވެންޓިލޭޓަރ […]
ދެވަނަ ޑޯޒް ޖެހުމަށްފަހު އެތެރޭގެ ދަތުރުތައް ކުރެވޭނެ: މަބްރޫކް
ކޮވިޑް-19 އަށް ދެމުން އަންނަ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކުރުމަށްފަހު ރާއްޖެތެރޭގައި ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސިގެންދާނެ ކަމަށް ސަރުކާރުގެ ސްޕޯކްސްޕާސަން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުން ވާޗުއަލްކޮށް ބޭއްވި މީޑިއާ ބްރީފިންއެއްގައި އޭނާ ވިދާޅުވީ، ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ފަހު، ރާއްޖޭގެ އެތެރޭގައި ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ. ނަމަވެސް ވެކްސިން ޖެހުމަށް ފަހު ދަތުރު ކުރެވެނީ ސީދާ ކިތައް ދުވަސް ފަހުން ކަން އަދި ނިންމާފައި ނުވާ ކަމަށް […]
ބްރޯޑްކޮމް އަށް ކުރިމަތިލި ތިން ބޭފުޅުންގެ ނަން ކޮމިޓީ އަށް
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލި ތިން ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީ އަށް ފޮނުވައިފިއެވެ. ބްރޯޑްކޮމް އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ އެ ކޮމިޝަންގެހުންނެވި އައިމިނަތު ސަހާރަތު އިއްޒަތުގެ މެމްބަރު ކަމުގެ މުއްދަތު ހަމަވާތީއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލިހަށް ފޮނުއްވި ސިޓީފުޅުގައި ވަނީ ޝިފްލާ ހިމެނޭ ހެން ތިން ބޭފުޅެއްގެ ނަން މަޖިލިހަށް ހުށަހަޅުއްވައިފައެވެ. އެކަމަކު، ޝިފްލާގެ ނަން އޮތީ ރައީސް ސޯލިހް ފޮނުއްވި ލިސްޓްގެ ދެ ވަނައިގައެވެ. […]
މިއުޅެނީ ކޮންބައެއްގެ ސަރުކާރެއް ކޮންބަޔަކަށް ނުހިންގެން؟
މަސް މާރުކޭޓައި ސައި ހޮޓަލުތަކުގައި އެންމެގިނައިން މިހާރު އިވޭ އަޑަކީ މިއުޅެނީ ކޮން ބެއްގެ ސަރުކާރެއް ކޮންބަޔަކަށް ނުހިންގިގެންހެއްޔެވެ. އަބަދު އެބައިމީހުން ތިމާމެންގެ ބޮލުގައި ޒިންމާތައް އަޅުވައި ވާހަކަދައްކަނީއެވެ. ޒިންމާނަގާނެ ތިމާމެންގެ ވެރިއެއްނެތެވެ. ހަމަ ބަރާބަރު ސުވާލެކެވެ. އެހެނީ މީޑިއާ ބަލާ އަޑުއަހާއިރު އިވެނީ ވެންޓީލޭޓަރު ތަކުގެ ބޮޑު ވައްކަމުގެ ވާހަކައެވެ. އެވާހަކަ ދައްކަނީ އެމްޑީޕީގެ ރައީސް އެވެ. ވައްކަން ނުބެލި ނުވަތަ ނުބަލަން ގަދަފައިވިއްދައިގެން އުޅެނީ ކާކުހެއްޔެވެ. ގައުމުގެ ރައިސް އަކީ އެމްޑީޕީގެ ކެންޑިޑޭޓް ސޯލިޙު […]
ގެއްލިގެން ހޯދަމުންދިޔަ ސިފައިންގެ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ!
ލ.އަތޮޅު ކައްދޫ ކައިރިން މޫދަށް ފޭބި ސިފައިންގެ 4 މީހެއްގެތެރެއިން ގެއްލިގެން ހޯދަމުންދިޔަ ލާންސްކޯޕްރަލް ޙުސައިން ފާރިޝް ކަނޑުއަޑީގައި މަރުވެފައި އޮއްވައި ފެނިއްޖެއެވެ. ފާރިޝް ގެއްލިގެން ރިޕޯޓު ކޮށްފައިވަނީ 17:40 ގައެވެ. އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ، ސިފައިންގެ މީހާގެ ހަށިގަނޑު ފެނުނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ކޯސްޓުގާޑުގެ ޑައިވަރުންނަށް ކަމަށެވެ. މޫދަށް ފޭބި 4 ސިފައިންގެ މީހުންގެ ތެރެއިން އިތުރު މީހަކު ގެނބިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށާ، އޭނާ ގެނބުނީ […]
ލޯފަންކުދިންނަށް ހާއްސަކޮށްގެން ގުރުއާން ހިތުދަސްކޮށްދޭ ކްލާހެއް ތައާރަފްކޮށްފި
ލޯފަންކުދިންނަށް ހާއްސަކޮށްގެން ގުރުއާން ހިތުދަސްކޮށްދޭ ކްލާހެއް އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން ތައާރަފްކޮށްފިއެވެ. އިސްލާމިކް ޔުނިވާސިޓީގެ ރަޖިސްޓްރާ އަހުމަދު ރައުފް އަބްދުﷲ ވިދާޅުވީ ލޯފަންކުދިންނަކީ މުޖުތަމައުން ބާކީ ކޮށްފައިވާ ބަޔަކަށް ނުހަދައި އެ ފަރާތްތަކުން އަމިއްލައަށް އާމްދަނީ ހޯދުމުގެ ފެންވަރު މި ކްލާހުން ހޯދައި ދޭނެކަމަށެވެ. “ މި ކްލާސްތައް ނިންމާ ދަރިވަރުން ހާފިޒުން ނުވަތަ އިމާމުން ނުވަތަ ކިޔަވައިދޭ މުދައްރިސުން ކަމުގައި ހެދުން އަޅުގަނޑުމެންގެ މަގުސަދަކީ“ ރައުފް ވިދާޅުވިއެވެ. ރައުފް ވިދާޅުވީ މި ކްލާސް […]
ބަނގްލާދޭޝްއަށް އިންޑިޔާގެ ބޮޑުވަޒީރު ކުރެއްވި ދަތުރުފުޅާ ގުޅިގެން އެ ގައުމުގެ މީހުން މުޒާހަރާ ކުރަނީ
ހިންދޫ ނޭޝަނަލިސްޓް ލީޑަރެއް ކަމުގައިވާ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ބަނގްލާދޭޝްއަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ވަރަށް ގިނަ ބަޔަކު ނުރުހުން ފާޅުކޮށް މުޒާހަރާ ކޮށްފިއެވެ. ބަނގްލާދޭޝްގެ ނޫސްތަކުން މައުލޫމާތުދިންގޮތުގައި އެ މުޒާހަރާތަކުގައި ފާއިތުވީ ދުވަސްތަކުގެ ތެރޭގައި 12 އަށްވުރެ ގިނަ މީހުންނަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ ފާއިތުވި އާދިއްތަދުވަހު އީސްޓަން ބަންގްލަދޭޝްގެ ހިންދީ ފައްޅިތަކަށާއި ދަތުރުފަތުރުކުރާ އުޅަނދުތަކަށް ހަމަލާދީފައެވެ. ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި މިދިޔަ ހުކުރު […]
އިންތިޚާބުގެ ދުވަސްވަރު ވޯޓުލާ މީހުންނަށް ފެނާއި ކެއުން ދިނުން އެމެރިކާގެ ސްޓޭޓަކުން މަނާކޮށްފި
އެމެރިކާގެ ސްޓޭޓްއެއް ކަމުގައިވާ ޖޯޖިޔާގައި އަލަށް ތަންފީޒުކޮށފައިވާ އިލެކްޝަންސްއާ ބެހޭ ގާނޫނާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަންފަށައިފިއެވެ. ރިޕަބްލިކަން ޕާރޓީގެ ގަވަނަރ ބްރިއަން ކިމްޕް ހުށަހަޅާފައިވާ ބިލެއް ތަންފީޒުކޮށް އެ ގައުމުގައި މިހާރު ވަނީ ވޯޓުލާން ސަފުގައި ތިބޭ ވަގުތު މީހުންނަށް ފެނާއި ކާއެއްޗެހި ބެހުން މަނާކޮށްފައެވެ. މި ގަވައިދު ތަންފީޒުކޮށްފައިވަނީ އިންތިޚާބު ކުރުމަށް ކަނޑައަޅާފައި އޮންނަ ވަގުތު ނިމުމަށްފަހު އެއްވެސް މީހަކަށް ވޯޓުގެ ނަތީޖާއަށް ބަދަލެއް ގެނުވަފާނެ ފަދަ ކަމެއް ކުރުމުގެ ފުރުސަތު ނުދިނުމުގެ […]
އީރާނާއި ޗައިނާ: އެއްބާރުލުން ދޭނެކަމަށް ބުނެ 25 އަހަރުދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
އިރާނާއި ޗައިނާއަކީ އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ދެ ގައުމުކަމަށްވުމުން، އެ ދެގައުމު، އެއްގައުމުން އަނެއް ގައުމަށް އެއްބާރުލުން ދޭނެކަމަށް ބުނެ 25 އަހަރުދުވަހަށް ދިގުދެމިގެންދާ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ތެހެރާންގައި ބޭއްވި ބައްދަލުވުމެއްގައެވެ. އިރާނުގެ ފަރާތުން އެގްރިމެންޓުގައި ސޮއިކޮށްފައިވަނީ އެގައުމުގެ ފޮރިން މިނިސްޓަރ، މުޙަންމަދު ޖަވާދް ޡަރީފްއެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކޮށްފައިވަނީ ޗައިނާގެ ފޮރިން މިނިސްޓަރ ވޭންގް ޔީއެވެ. ޚަބަރު ލިބިފައިވާ ގޮތުގައި ޗައިނާގެ ރައީސް ޒީ […]