އިންތިޚާބުގެ ދުވަސްވަރު ވޯޓުލާ މީހުންނަށް ފެނާއި ކެއުން ދިނުން އެމެރިކާގެ ސްޓޭޓަކުން މަނާކޮށްފި

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ސްޓޭޓްއެއް ކަމުގައިވާ ޖޯޖިޔާގައި އަލަށް ތަންފީޒުކޮށފައިވާ އިލެކްޝަންސްއާ ބެހޭ ގާނޫނާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަންފަށައިފިއެވެ. ރިޕަބްލިކަން ޕާރޓީގެ ގަވަނަރ ބްރިއަން ކިމްޕް ހުށަހަޅާފައިވާ ބިލެއް ތަންފީޒުކޮށް އެ ގައުމުގައި މިހާރު ވަނީ ވޯޓުލާން ސަފުގައި ތިބޭ ވަގުތު މީހުންނަށް ފެނާއި ކާއެއްޗެހި ބެހުން މަނާކޮށްފައެވެ.

މި ގަވައިދު ތަންފީޒުކޮށްފައިވަނީ އިންތިޚާބު ކުރުމަށް ކަނޑައަޅާފައި އޮންނަ ވަގުތު ނިމުމަށްފަހު އެއްވެސް މީހަކަށް ވޯޓުގެ ނަތީޖާއަށް ބަދަލެއް ގެނުވަފާނެ ފަދަ ކަމެއް ކުރުމުގެ ފުރުސަތު ނުދިނުމުގެ ގޮތުންނެވެ. އަދި އިންތިޚާބާ ގުޅިގެން ރިޝްވަތު ދިނުމާއި ކޮރަޕްޝަންގެ އަމަލުތައް ހިންގުން މަދުކުރުމަކީވެސް މި ގަވައިދުގެ އަމާޒެކެވެ.

ހިއުމަން ރައިޓްސް އެން.ޖީ.އޯ ތަކުން ދަނީ ވޯޓުލުމަށް ދާ މީހުންނަށް އެމީހުންގެ ވޯޓާމެދު ސަމާލުވެ ރަނގަޅަށް ވިސްނުމަށްފަހު ނޫނީ ނިންމުމެއް ނުނިންމަން ބާރުއަޅަމުންނެވެ.

ޑިމޮކްރަސީގެ ދަށުން ވޯޓުލުމަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ހައްގެކެވެ. އަދި ކުރިމަތިލާ ކެންޑިޑޭޓުންނާއި ސުވާލުކޮށް ވޯޓުލުމުގެ ކުރިން އެންމެ ރަނގަޅު ކެންޑިޑޭޓަކީ ކޮބައިތޯ ބެލުމަކީ ވޯޓުލާ މީހުންގެ ޒިންމާއެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް