އީރާނާއި ޗައިނާ: އެއްބާރުލުން ދޭނެކަމަށް ބުނެ 25 އަހަރުދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

Loading

Facebook
Twitter
WhatsApp

އިރާނާއި ޗައިނާއަކީ އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ދެ ގައުމުކަމަށްވުމުން، އެ ދެގައުމު، އެއްގައުމުން އަނެއް ގައުމަށް އެއްބާރުލުން ދޭނެކަމަށް ބުނެ 25 އަހަރުދުވަހަށް ދިގުދެމިގެންދާ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ތެހެރާންގައި ބޭއްވި ބައްދަލުވުމެއްގައެވެ. އިރާނުގެ ފަރާތުން އެގްރިމެންޓުގައި ސޮއިކޮށްފައިވަނީ އެގައުމުގެ ފޮރިން މިނިސްޓަރ، މުޙަންމަދު ޖަވާދް ޡަރީފްއެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކޮށްފައިވަނީ ޗައިނާގެ ފޮރިން މިނިސްޓަރ ވޭންގް ޔީއެވެ.

ޚަބަރު ލިބިފައިވާ ގޮތުގައި ޗައިނާގެ ރައީސް ޒީ ޖިންގްޕިން 2016 ވަނަ އަހަރު އީރާނަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުން ވަނީ މި އެއްބަސްވުމުގައި ސޮއިކުރުމާބެހޭ މަޝްވަރާތައް ފަށާފައެވެ. އަދި ދެ ގައުމުގެ ދެމެދު ކުރެވޭ ވިޔަފާރީގެ ނިސްބަތް 10 އިންސައްތަ އިތުރުކުރުމަށްވެސް ދެ ގައުމުންވަނީ އެއްބަސްވެފައެވެ. އެއީ 600 ބިލިޔަން ޑޮލަރުގެ އިތުރުވުމެއް ކަމުގައި ލަފާކުރެވެއެވެ.

ދެގައުމުގެ ސަރުކާރުންވެސް އަދި މި އެއްބަސްވުމާ ގުޅޭ ރަސްމީ މައުލޫމާތުތައް ހިއްސާކޮށްފައެއް ނުވެއެވެ. އެހެނަސް އިންފްރާސްޓްޗާރ އާއި ހަކަތަ އުފެއްދުމާއި މިލިޓަރީ ކަންކަމުގައި ދެ ގައުމަށްވެސް މި އެގްރީމެންޓުގެ ސަބަބުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ދާނެކަމަށް، ކަމުގެ މާހިރުން ލަފާކުރެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް