ރާއްޖެއިން ކޯވިޑް19 އަށް އިތުރު 241 މީހަކު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 74 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 15 މީހަކާއި ސިނާޢީ މަސައްކަތް ކުރަމުން އަންނަ ރަށަކުން 79 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 73 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.
މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ24,079 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 2,849 އެކްޓިވް ކޭސް ހިމެނޭއިރު 99 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ .
މިހާތަނަށް ރާއްޖެ އިން 67 މީހަކުވަނީ މި ބަލީގައި މަރުވެފައެވެ. އަދި 21,155މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.