ލައިސަންސް ނެތިގެން ޖޫރިމަނާ ކޮށްފައިވާ ފަރާތްތަކަށް ލުއި ދިނުމަށް އެދި މަޖިލީހަށް

  ލައިސަންސް ނުނަގައި އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ސަބަބުން ޖޫރިމަނާކޮށްފައިވާ ފަރާތްތަކުގެ ޖޫރިމަނާއަށް ލުޔެއް ހޯދައިދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިއަދު ހުށަހެޅި މައްސަލައިގައި ލައިސަންސް ނެތިގެން ޖޫރިމަނާ ކޮށްފައިވާ ފަރާތްތަކަށް ލުއި ހޯދައި ދިނުމުގެ އިތުރުން އުމުރުން 18 އަހަރު ފުރުމުގެ ކުރިން އެއްގަމު ދަތުރުކުރުމުގެ ގާނޫނާ ހިލާފު ވެފައިވާ ފަރާތްތަކަށް ލުއިދިނުމަށް ވެސް ހުށަހަޅާފައި ވެއެވެ. އެ މައްސަލާގައި ބުނެފައި […]

ޕާކިސްތާނުގެ ރައީސާއި ބޮޑުވަޒީރާއި ދިފާއީ ވަޒީރު ކޮވިޑަށް ފައްސިވެ ކަރަންޓީނުގައި

ޕާކިސްތާނުގެ ރައީސް ޑރ. ޢާރިފް ޢުލަވީއާއި ބޮޑު ވަޒީރު ޢިމްރާން ޚާނާއި ދިފާއީ ވަޒީރު ޕަރްވޭޒު ޚަޓަކު ވެސް ކޮވިޑް-19 އަށް ފައްސިވެ މިވަގުތު ތިއްބެވީ ކަރަންޓީނުގައެވެ. ރައީސް ޑރ. ޢާރިފް ކޮވިޑް-19 އަށް ފައްސިވީކަން ހާމަވެގެންދިޔައީ ކުރެއްވި ޓްވީޓަކުންނެވެ. އެ ޓްވީޓުގައި އެމަނިކުފާނު ކޮރޯނާ ވެކްސިންގެ ފުރަތަމަ ޑޯޒު ޖައްސަވަފައިވާކަމަށާއި އަދި ދެވަނަ ޑޯޒު ހަފުތާއެއް ފަހުން ޖައްސަވަން ރާއްވަވާފައިވާކަމަށް ވިދާޅުވެފައިވެއެވެ. އަދި ކޮވިޑް-19ގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް ހެއު ދުއާ ކުރެއްވުމުގެ އިތުރަށް ބަލިން […]

ދިވެހި ފުލުހުންނަށް އުންމީދެއް ލިބޭފަދަ ދެ ވާހަކައެއް ރައީސް ހާމަކުރައްވައިފި

ފުލުހުންގެ 88 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހޯމަ ދުވަހު ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ފުލުހުންނަށް އުންމީދެއް ލިބޭފަދަ ދެ ވާހަކައެއް ހާމަކުރައްވައިފިއެވެ. ފުލުހުންނަށް އުންމީދެއް ލިބޭ ފަދަ ގޮތަކަށް ރައީސް ވިދާޅުވި އެއް ވާހަކައަކީ ”ދިވެހި ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކުގެ ވެލްފެއަރގެ ކަންތައްވެސް، މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި، އަދި މިހާރަށްވުރެ އިތުބާރު ހުރި ގޮތެއްގައި ލިބެމުންދާނެ މަގު ސަރުކާރުން ފަހިކޮށްދޭނެ“ ކަމަށް ވިދާޅުވުމެވެ. ރައީސްގެ ޚިޠާބުގައި ފުލުހުންނަށް އުންމީދެއް ލިބޭފަދަ […]

ރާއްޖެ އިން އިތުރު 1,700 މީހަކަށް ވެކްސިން ދީފި!

ކޮވިޑް19 އިން ރައްކާތެރި ވުމަށްޓަކައި ޖަހާ ވެކްސިން މިއަދު 1,700 މީހަކަށް ދީފިއެވެ. ރާއްޖޭގައި މިހާރު ދެމުންދަނީ ޗައިނާގެ ސިނޮފާރމް ވެކްސިނެވެ. މިއަދު ވެކްސިން ދިން މީހުންގެ ތެރެއިން 651 މީހުންނަށް ވެކްސިން ދީފައިވަނީ މާލެ ސަރަހައްދުގައި ވެކްސިން ދޭން ހަމަޖެހިފައިވާ ތަންތަނުންނެވެ. އަދި އަނެއް 1,049 މީހުންނަށް ވެކްސިން ދީފައިވަނީ އަތޮޅު ތަކުގައި ގާއިމް ކޮށްފައިވާ ވެކްސިން ދޭ މަރުކަޒު ތަކުންނެވެ. މާލެ ސަރަހަށްދުން މިހާތަނަށް 129,720 މީހަކަށް ވަނީ ވެކްސިން ދީފައެވެ. އަދި އަތޮޅު […]

ކޯވިޑް19: މިއަދު ފެނުނީ އިތުރު 147 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 147 މީހަކު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 69 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 10 މީހެއް، ސިނާޢީ މަސައްކަތް ކުރަމުން އަންނަ ރަށަކުން ދެމީހަކު އަދި ހަދަމުންދާ ރިސޯޓަކުން މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 65 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 23,671 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 2,759 އެކްޓިވް ކޭސް ހިމެނޭއިރު […]

މީރީ ޕްރޮޖެކްޓްގެ އެންޓްރެޕްރުނުއަރސް ލައިވް ވެބިނަރ ސީރީޒް މިއަދު ފަށައިފި

މީރީ ޕްރޮޖެކްޓުގެ ފަރާތުން ބާއްވާ ”އެންޓްރެޕްނުއަރސް ލައިވް ވެބިނަރ ސީރީޒް“ މިއަދު ފަށައިފިއެވެ. މި ވެބިނަރ އިފްތިތާޙު ކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަންއެވެ. މިނިސްޓަރީ އޮފް ހަޔަރ އެޑިއުކޭޝަނުން ވިދާޅުވި ގޮތުގައި މި ވެބިނަރގެ މައިގަނޑު މަޤްސަދަކީ ޒުވާނުންގެ މެދުގައި އަމިއްލަ ވިޔަފާރި ކުރުމުގެ ހުނަރާއި ތަޖުރިބާ ހިއްސާކުރާނެ ޕްލެޓްފޯމެއް ޤާއިމު ކޮށްދިނުމެވެ. ”އަޅުގަނޑުމެން އުއްމީދުކުރަނީ މި ސިލްސިލާ ވެބިނާ މެދުވެރިކޮށް ޒުވާނުންނަށް ގިނަގުނަ އައު މައުލޫމާތު ލިބި، ނެޓްވަރކް ކުރަން […]

ސުއޭޒް ކެނަލްގައި ހުރަސްވެ ބީހިފައި އޮތް ބޯޓު ފުންކޮށްފި

ސްއޭޒް ކެނެލްގައި ދަތުރުކޮށްފައި ދަނިކޮށް މޫސުންގޯސްވެ ޠޫފާނަކާ ކުރިމަތިވުމުގެ ސަބަބުން ސުއޭޒް ކެނެލްތެރެއަށް ހުރަސްވެ ބީހުނު ކޮންޓޭނާ އުފުލާ އާގު ބޯޓު ފުންކޮށްފިއެވެ. ސުއޭޒް ކެނަލް ބަންދުވެ ދަތުރުނުކުރެވުމުގެ ސަބަބުން އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުމާ ވަނީ ކުރިމަތިވެފައެވެ. ބައެއް ފަރާތްތަކުން ލަފާކުރާ ގޮތުގައި ސުއޭޒް ކެނަލް ބަންދުކޮށްފައި އޮންނަ ކޮންމެ ގަޑިއެއްގައި 400 މިލިއަން ޑޮލަރުގެ ގެއްލުމާ ކުރިމަތިލާންޖެހެއެވެ. ޔޫޕާއި އޭޝިއާއާ ދެމެދު ކަނޑު ދަތުރުކުރަން އޮންނަ ދިގު މަގު އެންމެ ބޮޑަށް ކުރުކުރެވެނީ ސުއޭޒް […]

މޫސުން ގޯސްވެ، ކަނޑުގަދަވެއްޖެ

މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ދުވަސް ވަރެއްކަމަށް ލަފާކޮށް އަދި ރީނދޫ ސަމާލު ނެރެފައިވާތިވެ، ޚާއްޞަކޮށް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި ކަނޑުތައްގަދަވެ، ބާރަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވިލާގަނޑުގައި 55 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރާތީވެ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފިއެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާތީ ކަނޑުދަތުރުކުރައްވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދެވުމަށްފަހު […]

ކޯވިޑް19: އިއްޔެ ފެނުނީ އިތުރު 121 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 121 މީހަކު ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 46 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 12 މީހެއް، ސަފާރިއަކުން އެކަކާއި ސިނާޢީ މަސައްކަތް ކުރަމުން އަންނަ ރަށްތަކަކުން 13 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 49 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 23,524 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 2,728 އެކްޓިވް ކޭސް ހިމެނޭއިރު 93 […]

ރާއްޖެ އިން އިތުރު 2,045 މީހަކަށް ވެކްސިން ދީފި!

ކޮވިޑް19 އިން ރައްކާތެރި ވުމަށްޓަކައި ޖަހާ ވެކްސިން އިއްޔެ 2,045 މީހަކަށް ދީފިއެވެ. ރާއްޖޭގައި މިހާރު ދެމުންދަނީ ޗައިނާގެ ސިނޮފާރމް ވެކްސިނެވެ. އިއްޔެ ވެކްސިން ދިން މީހުންގެ ތެރެއިން 776 މީހުންނަށް ވެކްސިން ދީފައިވަނީ މާލެ ސަރަހައްދުގައި ވެކްސިން ދޭން ހަމަޖެހިފައިވާ ތަންތަނުންނެވެ. އަދި އަނެއް 1,269 މީހުންނަށް ވެކްސިން ދީފައިވަނީ އަތޮޅު ތަކުގައި ގާއިމް ކޮށްފައިވާ ވެކްސިން ދޭ މަރުކަޒު ތަކުންނެވެ. މާލެ ސަރަހަށްދުން މިހާތަނަށް 129,069 މީހަކަށް ވަނީ ވެކްސިން ދީފައެވެ. އަދި އަތޮޅު […]