ލައިސަންސް ނެތިގެން ޖޫރިމަނާ ކޮށްފައިވާ ފަރާތްތަކަށް ލުއި ދިނުމަށް އެދި މަޖިލީހަށް

Loading

Facebook
Twitter
WhatsApp

 

ލައިސަންސް ނުނަގައި އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ސަބަބުން ޖޫރިމަނާކޮށްފައިވާ ފަރާތްތަކުގެ ޖޫރިމަނާއަށް ލުޔެއް ހޯދައިދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިއަދު ހުށަހެޅި މައްސަލައިގައި ލައިސަންސް ނެތިގެން ޖޫރިމަނާ ކޮށްފައިވާ ފަރާތްތަކަށް ލުއި ހޯދައި ދިނުމުގެ އިތުރުން އުމުރުން 18 އަހަރު ފުރުމުގެ ކުރިން އެއްގަމު ދަތުރުކުރުމުގެ ގާނޫނާ ހިލާފު ވެފައިވާ ފަރާތްތަކަށް ލުއިދިނުމަށް ވެސް ހުށަހަޅާފައި ވެއެވެ.

އެ މައްސަލާގައި ބުނެފައި ވަނީ އުމުރުން 18 އަހަރު ވުމުގެ ކުރިން ސައިކަލް ދުއްވުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ ނުދެއްކިގެން ލައިސަންސް ނުނެގިފައި ގިނަ އަދަދެއްގެ ޒުވާނުން ތިބި ކަމަށެވެ. އަދި ލައިސަންސް ލިބުނު ކަމުގައިވިޔަސް ޓްރެފިކް ގަވާއިދުތަކާއި ހިލާފުވެގެން ކުރެވޭ ޖޫރިމަނާ ނުދެއްކިގެން ލައިސަންސް ފުލުހުންގެ ބެލުމުގެ ދަށުގައި އޮވެ ޖޫރިމަނާ އިތުރުވުމުގެ ސަބަބުން ލައިސަންސް ނުނެގިފައިވާ ގިނަ އަދަދެއްގެ ބަޔަކު ވާކަމަށެވެ.

އެފަރާތްތަކަށް ހައްލެއް ހޯދައިނުދެވި ގިނަ ދުވަސް ފާއިތުވަމުންދާ ދިޔުމަކީ އޭގެ ސަބަބުން އެފަރާތްތަކަށް ގިނަގުނަ މާލީ ގެއްލުންތަކެއް ކުރިމަތިވަމުންދާ ކަމެއްކަމަށް މިމައްސަލާގައި ބުނެފައިވެއެވެ.

ހަސަން  ހުށަހެޅުއްވި މައްސަލައިގައި ޖޫރިމަނާގެ އަދަދު ދިހަ ހާސް ރުފިޔާއަށްވުރެ އިތުރުވެފައިވާ ފަރާތްތަކުގެ ޖޫރިމަނާގެ ބަދަލުގައި، އެ މީހަކު މުޖުތަމައަށް ފައިދާ ކުރަނިވި ކަމެއް ނުވަތަ މަސައްކަތެއް ނުވަތަ ހިދުމަތެއް ކުރުމަށް ނެރުމުގެ އަމުރަކަށް އެދި ޝަރީއަތަށް ހުށަހެޅުމުގެ ބާރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިގެންވުމަށް ހުށަހަޅާފައި ވެއެވެ.

ކޯޓުން ނެރޭ އަމުރައި ގުޅިގެން ހެދޭ ގަވާއިދުގައި ހަ ކަމެއް ހިމެނުމަށް ވެސް ހަސަން ވަނީ ހުށަހަޅުއްވާފައެވެ. އެއީ :
1- ކޮމިއުނިޓީ ސަރވިސްގައި ބައިވެރިވެވޭނެ ހާލަތްތަކާއި އެކަމުގައި ޢަމަލުކުރާނެ އުސޫލުތައް
2- ކޮމިއުނިޓީ ސަރވިސްގެ ގޮތުގައި ކުރެވިދާނެ މަސައްކަތްތަކާއި، އެމަސައްކަތް ކުރެވިދާނެ ތަންތަން ކަނޑައެޅުން
3- އެމަސައްކަތުން ލިބޭ އުޖޫރައިން ޖޫރިމަނާ އަދާކުރުމުގެ ގޮތުން ފައިސާ އުނިކުރެވޭނޭ އުސޫލު ބަޔާންކުރުން
4- ކޮމިއުނިޓީ ސަރވިސްގެ މަސައްކަތަށް ނުކުތުން ޝަރުތުކުރެވުމާއެކު އެ ފަރާތްތަކަށް ލައިސަންސް ނެގުމަށް ހުރަހެއް ނޯންނާނެކަން ބަޔާންކުރުން
5- ދައްކަންޖެހި ނުދައްކާވާ ޖޫރިމަނާ ބަހާލައިގެން ދެއްކޭނެ އުސޫލު ބަޔާން ކުރުން
6- ޖޫރިމަނާ އެކުގައި މައާފްކުރެވޭނޭ ހާލަތްތައް ބަޔާން ކުރުން

މިމައްސަލަ ހުށަހެޅުއްވުމަށްފަހު ވަހަކަ ދައްކަވަމުން ހަސަން ވިދާޅުވީ މުޅި ހަޔާތް މި ޖޫރިމާނާތަކުގެ ދަށުގައި ތާށިވެފައި ބޭތިއްބުމުގެ ބަދަލުގައި މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ގާނޫނުގެ ދަށުން ކުރަންޖެހޭ މަސައްކަތް އަވަސް ކުރަންޖެހޭކަމަށް ހަސަން ވިދާޅުވިއެވެ.

ތަފާތު ހިނާތައް ދައްކާގޮތުން 2019 އާއި 2020 ވަނަ އަހަރުގައި ލައިސަންސް ނެތިގެން  2365 މީހުން ޖޫރިމަނާ ކޮށްފައިވާ އިރު މިދިޔަ އަހަރު 2658 ފަރާތެއް ވަނީ ޖޫރިމަނާ ކޮށްފައެވެ. މީގެ ތެރޭގައި އުމުރުން 18 އަހަރު ނުފުރޭ 330 ކުދިން ހިމެނެއެވެ.

 

Loading

One Response

  1. ފުލެޓު ތަކުގެ ކުލި މާފު ކޮއްދީ ބަލަ އަހަރަމެން މިއުޅެނީ އަގަޔާ އަތާ ދިމާ ނުވެގެން

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް