މީރީ ޕްރޮޖެކްޓްގެ އެންޓްރެޕްރުނުއަރސް ލައިވް ވެބިނަރ ސީރީޒް މިއަދު ފަށައިފި

Loading

Facebook
Twitter
WhatsApp

މީރީ ޕްރޮޖެކްޓުގެ ފަރާތުން ބާއްވާ ”އެންޓްރެޕްނުއަރސް ލައިވް ވެބިނަރ ސީރީޒް“ މިއަދު ފަށައިފިއެވެ. މި ވެބިނަރ އިފްތިތާޙު ކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަންއެވެ.

މިނިސްޓަރީ އޮފް ހަޔަރ އެޑިއުކޭޝަނުން ވިދާޅުވި ގޮތުގައި މި ވެބިނަރގެ މައިގަނޑު މަޤްސަދަކީ ޒުވާނުންގެ މެދުގައި އަމިއްލަ ވިޔަފާރި ކުރުމުގެ ހުނަރާއި ތަޖުރިބާ ހިއްސާކުރާނެ ޕްލެޓްފޯމެއް ޤާއިމު ކޮށްދިނުމެވެ.

”އަޅުގަނޑުމެން އުއްމީދުކުރަނީ މި ސިލްސިލާ ވެބިނާ މެދުވެރިކޮށް ޒުވާނުންނަށް ގިނަގުނަ އައު މައުލޫމާތު ލިބި، ނެޓްވަރކް ކުރަން އާ ފުރުސަތުތައް ފަހިވެ، މި ޕްލެޓްފޯމް މެދުވެރިވެ ތަޖުރިބާ ހިއްސާކޮށް، އެކަކު އަނެކެއްގެ ކިބައިން މަޢުލޫމާތު ލިބި، ބަދަލުކުރެވުން“

މި ވެބިނަރ ތަޢާރަފްކުރަން ބޭއްވި ޙަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ޑރ. އިބްރާހީމް ޙަސަން ވިދާޅުވިއެވެ.

މިވެބިނާއަކީ 4 ސެޝަނަކަށް ބަހާލެވިގެން ކުރިޔަށް ގެންދާ ވެބިނަރއެކެވެ. އެގޮތުން ވެބިނަރގެ ފުރަތަމަ ސެޝަން މިއަދު މެންދުރުފަހު ފެށިފައި ވާއިރު، މިއަދުގެ ސެޝަންގައި މީރީ ޕްރޮޖެކްޓްގެ ފަރާތުން ރާވާ އިންތިޒާމުކުރާ ”ޕިޗް-އަޕް: ޔޫތު އެންޓްރޮޕްރިނުއަރޝިޕް

ޗެލެންޖް“ ތަޢާރަފުކުރެވުނެވެ. 2021 ވަނަ އަހަރުގެ އެޕްރީލް 5 ވަނަ ދުވަހު ދުވަހު ފެށޭ މިމުބާރާތުގައި އައު ވިޔަފާރީގެ އުފެއްދުންތެރި ޚިޔާލާއި، ވިސްނުންތައް ހުށަހަޅާ، އެ ކަންކަން ފަށައިގަތުމަށް ޒުވާނުންނަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރީ އިން މައުލޫމާތު ދެއެވެ.

މީރީ ޕްރޮޖެކްޓަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގުޅިގެން ވޯރލްޑް ބޭންކުގެ އެހީތެރިކަމާއިއެކު 05 އަހަރު ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ 20 މިލިއަން ޑޮލަރުގެ ބިޔަ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ މައިގަނޑު މަޤްސަދަކީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމާއި، ޓެކްނިކަލް ވޮކޭޝަނަލް ދާއިރާ އާއި ވިޔަފާރީގެ ހުނަރުތައް ތަރައްގީކުރުމެވެ. މިޕްރޮޖެކްޓުގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާއާއި، ފަތުވެރިކަމާއި ގުޅޭ އުމްރާނީ މަސައްކަތްތަކާއި ދަނޑުވެރިކަމުގެ ދާއިރާއަށް އިސްކަން ދެވޭނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް