ރާއްޖެ އިން އިތުރު 1,700 މީހަކަށް ވެކްސިން ދީފި!

Loading

Facebook
Twitter
WhatsApp

ކޮވިޑް19 އިން ރައްކާތެރި ވުމަށްޓަކައި ޖަހާ ވެކްސިން މިއަދު 1,700 މީހަކަށް ދީފިއެވެ. ރާއްޖޭގައި މިހާރު ދެމުންދަނީ ޗައިނާގެ ސިނޮފާރމް ވެކްސިނެވެ.

މިއަދު ވެކްސިން ދިން މީހުންގެ ތެރެއިން 651 މީހުންނަށް ވެކްސިން ދީފައިވަނީ މާލެ ސަރަހައްދުގައި ވެކްސިން ދޭން ހަމަޖެހިފައިވާ ތަންތަނުންނެވެ. އަދި އަނެއް 1,049 މީހުންނަށް ވެކްސިން ދީފައިވަނީ އަތޮޅު ތަކުގައި ގާއިމް ކޮށްފައިވާ ވެކްސިން ދޭ މަރުކަޒު ތަކުންނެވެ.

މާލެ ސަރަހަށްދުން މިހާތަނަށް 129,720 މީހަކަށް ވަނީ ވެކްސިން ދީފައެވެ. އަދި އަތޮޅު ތެރެއިން މިހާތަނަށް 104,155 މީހުންނަށް ވަނީ ވެކްސިނަދީފައެވެ. މިއާއެކު، މުޅި ރާއްޖެ އިން ވެކްސިން ދިން މީހުންގެ އަދަދު 233,875 ވަނީ އަރާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް