ރާއްޖެ އިން އިތުރު 2,045 މީހަކަށް ވެކްސިން ދީފި!

Loading

Facebook
Twitter
WhatsApp

ކޮވިޑް19 އިން ރައްކާތެރި ވުމަށްޓަކައި ޖަހާ ވެކްސިން އިއްޔެ 2,045 މީހަކަށް ދީފިއެވެ. ރާއްޖޭގައި މިހާރު ދެމުންދަނީ ޗައިނާގެ ސިނޮފާރމް ވެކްސިނެވެ.

އިއްޔެ ވެކްސިން ދިން މީހުންގެ ތެރެއިން 776 މީހުންނަށް ވެކްސިން ދީފައިވަނީ މާލެ ސަރަހައްދުގައި ވެކްސިން ދޭން ހަމަޖެހިފައިވާ ތަންތަނުންނެވެ. އަދި އަނެއް 1,269 މީހުންނަށް ވެކްސިން ދީފައިވަނީ އަތޮޅު ތަކުގައި ގާއިމް ކޮށްފައިވާ ވެކްސިން ދޭ މަރުކަޒު ތަކުންނެވެ.

މާލެ ސަރަހަށްދުން މިހާތަނަށް 129,069 މީހަކަށް ވަނީ ވެކްސިން ދީފައެވެ. އަދި އަތޮޅު ތެރެއިން މިހާތަނަށް 103,106 މީހުންނަށް ވަނީ ވެކްސިނަދީފައެވެ. މިއާއެކު، މުޅި ރާއްޖެ އިން ވެކްސިން ދިން މީހުންގެ އަދަދު 232,175 ވަނީ އަރާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް