ކޯވިޑް19: މިއަދު ފެނުނީ އިތުރު 147 ވޭދަނަ!

Loading

Facebook
Twitter
WhatsApp

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 147 މީހަކު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 69 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 10 މީހެއް، ސިނާޢީ މަސައްކަތް ކުރަމުން އަންނަ ރަށަކުން ދެމީހަކު އަދި ހަދަމުންދާ ރިސޯޓަކުން މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 65 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 23,671 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 2,759 އެކްޓިވް ކޭސް ހިމެނޭއިރު

93 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ .

މިހާތަނަށް ރާއްޖެ އިން 66 މީހަކުވަނީ މި ބަލީގައި މަރުވެފައެވެ. އަދި 20,839 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް