މެލޭޝިޔާ ފުލުހުން ސަލަފީ ޖިހާދީ ގުރޫޕާ ގުޅުން ހުރި ބަޔަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

ޖެނުއަރީ މަހުގެ ހަވަނަ ދުވަހާއި ހަތްވަނަ ދުވަހު މެލޭޝިޔާގެ ފުލުހުންވަނީ ކުއަލަ ލަމްޕޫރްއާއި ސެލަންގޮރް ޕެރަކް އަދި ޕެނެންގްއިން 6 މީހުން ހައްޔަރުކޮށްފައެވެ. އެމީހުން ހައްޔަރުކޮށްފައި ވަނީ ޓެރަރިސްޓް ޖަމާއަތަކާ ގުޅުން ހުރި ކަމުގެ ތުހުމަތުގައެވެ.

މެލޭޝިޔާ ފުލުހުންގެ އިންސްޕެކްޓަރ ޖެނެރަލް، ޓޭން ސްރީ ޢަބްދުލް ޙަމީދް ބަދޯރް މައުލޫމާތު ދެއްވިގޮތުގައި ހައްޔަރު ކުރެވިފައިވަނީ މެލޭޝިޔާގެ ފަސް މީހުންނާއި އިންޑޮނޭސިޔާގެ މީހެކެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ބުކިޓް އަމާން ސްޕެޝަލް ބްރާންޗްއިން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ.

ހައްޔަރު ކުރެވިފައިވާ މީހުންނަކީ ދައެޝް އަށް ނިސްބަތްވާ އަންޝޫރުއްﷲ އައްތައުހީދު ނަމަކަށް ކިޔާ ޖަމާއަތެއްގެ ބަޔެކެވެ. އެއީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި އުފެއްދި ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ އަމާޒަކީ ސަލަފީ ޖިހާދީ ގްރޫޕްގެ ފިކުރުތައް މެލޭޝިޔާގައި ފެތުރުމެވެ.

އެމީހުން ހައްޔަރުކޮށް ކުރިއަށްގެންދިޔަ ތަހުގީގުތަކުން އެނގުނު ގޮތުގައި އެތަނުން ތިން މީހުން ވަނީ ކުރީގެ ޕްރައިމް މިނިސްޓަރ، ޑޮކްޓަރ މަހާތީރު މުޙަންމަދަށާއި އޭނާގެ ކެބިނެޓުގެ ބައެއް މިނިސްޓަރުންނަށް މަރުގެ އިންޒާރުވެސް ދީފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް