ދިވެހި ޕްރިމިއާ ލީގު މާދަމާ ފަށަނީ!

Loading

Facebook
Twitter
WhatsApp

ދިރާގު ދިވެހި ޕްރިމިއާ ލީގު މާދަމާ ފަށަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުއްދަދީފިއެވެ.

ލީގު މެދުކަނޑާލީ ​ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމުގެ މަތިން މިދިޔަ މަހުގެ ތިންވަނަ ދުވަހެވެ. ލީގުގެ ދެވަނަ ބުރުގެ ދެވަނަ މެޗު ވީކުގެ ކުޅުން ކުރިއަށް ދަނިކޮށް ލީގު މެދުކަނޑާލުމާ ގުޅިގެން ފުޓުބޯޅަ އާއިލާގެ ގިނަ ކަންބޮޑުވުންތަކެއް ވަނީ ސަރުކާރަށާއި، އެޗްޕީއޭއަށް ހުށައަޅައިފަ އެވެ.

އެޗްޕީއޭ އިން ލީގު ފެށުމަށް ހުއްދަ ދިންކަން ހާމަކުރައްވައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ލީގު ފެށުމުގެ ހުއްދަ ލިބުމާއެކު މާދަމާ ލީގުގެ ކުޅުން ފެށުމަށް ޝެޑިއުލްކޮށްފައިވާ ކަމަށެވެ. އަދި މެދުކެނޑުމަށްފަހު ލީގު އަލުން ފެށުމަށްޓަކައި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފްއާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ކޮށްދެއްވި މަސައްކަތަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް ބައްސާމްގެ ޓުވިޓްގައި ވިދާޅުވެފައިވެއެވެ.

​ލީގު ފެށުމުގެ ހުއްދަ ލިބުމާ އެކު މާދަމާގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ކުލަބު އީގަލްސް އެވެ. އެއަށްފަހު މާދަންރޭ އޮންނާނީ ކުލަބު ގްރީން ސްޓްރީޓްސް އާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބައްދަލުކުރަން އޮތް މެޗުތަކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް