އުތުރުގެ ރޭޕްކޭސް: ލަސްކުރުމެއްނެތި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި

Loading

Facebook
Twitter
WhatsApp

 

 

އުތުރު ރަށެއްގެ 14 އަހަރުގެ އަންހެންކުއްޖަކަށް ގްރޫޕަކުން ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައިގައި ތަހުގީގު ކުރުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް ލަސްކުރުމެއްނެތި އަޅަމުން ދާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ މި މަހު ތިންވަނަ ދުވަހު އުތުރުގެ ރަށަކަށް ނިސްބަތްވާ އުމުރުން 14 އަހަރުގެ އަންހެންކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މި މަހު 11 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

“ މި މައްސަލައާ ގުޅިގެން ތަހުގީގުގައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކޮށް، އަޅަން ޖެހޭ ފިޔަވަޅުތައް ލަސްކުރުމެއްނެތި އަޅަމުންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެންމެހާ ރައްޔިތުންނަށް އަރުވަމެވެ.“ ފުލުހުންގެ ބަޔާނުގައި ވެއެވެ.

މި މައްސަލައިގައި އަޅަން ޖެހޭ ފިޔަވަޅުތައް ލަސްކުރުމެއްނެތި އަޅަމުންދާނެކަމަށް ފުލުހުން ބުނި ނަމަވެސް މިހާތަނަށް މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވެއެވެ.

މި މައްސަލަ ފުލުހަށް ހުށަހަޅާފައިވާތާ ދެ ހަފްތާ ވީއިރުވެސް މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާތީ އާއި މައްސަލައިގެ ތަހުގީގު އެކަށީގެންވާ ގޮތަކަށް ކުރިއަށް ގެންގޮސްފައިވާ ނުވާކަމަށް ކަމަށްބުނެ އެކުއްޖާ ނިސްބަތްވާ ރަށުގެ ގިނަ އަދަދެއްގެ ބަޔަކު މީގެ ދެ ދުވަހެއް ކުރިން ވަނީ ނުރުހުންފާޅުކޮށް އެ ރަށުގައި ހުންނަ ފުލުހުންގެ އިދާރާ ކުރިމަތީގައި އިހުތިޖާޖު ކޮށްފައެވެ.

މި އިހުތިޖާޖު ހޫނުވެ ފުލުހުންނާއި ރަށު ރައްޔިތުންނާއި ދެމެދު ހިނގި ހަމަނުޖެހުމާއި ގުޅިގެން 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. ފުލުހުން ބުނީ އެމީހުން ހައްޔަރުކުރީ އެ ރަށުގައި ހިނގި ހަމަނުޖެހުމުގައި ދައުލަތުގެ މުދަލަށް ގެއްލުންދީ ފުލުހުންނަށް ހަމަލާދީފައިވާ މައްސަލައެއްގައި ކޯޓް އަމުރެއްގެ ދަށުންކަމަށެވެ.

އެރޭގެ މުޒާހަރާއާއި ގުޅިގެން ނޫސްވެރިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފުލުހުން އޭރު ބުނީ ޖިންސީ ގޯނާގެ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވީ ނަމަވެސް މި މައްސަލާގައި ވަކި މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭ ހެކި މިހާތަނަށް ތަހުގީގަށް ލިބިފައި ނުވާ ކަމަށެވެ.

އަންހެންކުއްޖާ އަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރު ކޮށްފައި ނުވުމުގެ އިތުރުން އެކަމަށް އިންސާފު ހޯދުމަށް އަޑު އުފުލި މީހުން ހައްޔަރުކޮށްފައި ވާކަމަށް ބުނެ އިއްޔެގެ ވަގުތެއްގައި ވެސް އެ ރަށުގައިވަނީ ނުރުހުން ފާޅުކޮށްފައެވެ.

މައްސަލަ އިތުރަށް ހޫނުވެ ގިނައަދަދެއްގެ ބަޔަކު ދަނީ ފުލުހުންނާ ދެކޮޅަށް ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.

ފުލުހުން ރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ މި މައްސަލައާ ގުޅޭގޮތުން އެކިއެކި ފަރާތްތަކުން ފުލުހުންނާ ހިއްސާކުރަމުންދާ މައުލޫމާތުތަކާއި މީސްމީޑިއާގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި މައުލޫމާތު ސައްހަކަން ކަށަވަރުކުރުމާއި މައްސަލައާ ގުޅިގެން ހޯދަންޖެހޭ ހެއްކާއި ގަރީނާ ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މައްސަލަ ފުލުހުންނަށް ހުށަހެޅުމާއެކު އެ ކުއްޖާއަށް އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ކުއްޖާ އެ ރަށު ސިއްޚީ މަރުކަށުގެ އިތުރުން އަތޮޅު ރީޖަނަލް ހޮސްޕިޓަލަށް ދައްކާފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ތަހުގީގަށް ބޭނުންވާ އިތުރު އެސެސްމަންޓްތައް ހެދުމަށް ކުއްޖާ މާލެ ގެނެސް ނަފްސާނީ އަނިޔާ ލިބިފައިވޭތޯ ބެލުމުގެ މަސައްކަތް ކުރިއަށް ދާކަމަށް ވެސް ފުލުހުންގެބަޔާނުގައިވެއެވެ.

މީގެ އިތުރުން ދައުލަތުގެ ފަރާތުން ކުއްޖާއަށް ލިބެންޖެހޭ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްކުރަމުނމްދާ ކަމަށް ވެސް ފުލުހުންގެ ނޫސްބަޔާނުގައި ވެއެވެ.

ޖިންސީ އަނިޔާގެ ޝިކާރައަކަށްވި ކުއްޖާ އާއި ހަވާލާދީ އެކުއްޖާގެ އާއިލާއިން ކިޔައިދިން ގޮތުގައި އެކުއްޖާ ސުކޫލަށް ގޮސް ހުއްޓާ ޓީޗަރަކު އޭނާ ގެސްޓް ހައުއަކަށް ގެންގޮސް އިތުރު ބަޔަކާއެކު އޭނާ އަށް ވަނީ ޖިންސީ ގޯނާ ކޮށްފައެވެ. އަދި ޖިންސީ ގޯނާ ކުރިކަން ސިއްރުކުރުމަށް އެކުއްޖާއަށް ވަނީ މަރުގެ އިންޒާރު ދީފައެވެ.

 

 

 

Loading

One Response

  1. ކޮބާހެ ހޯރައިއްބެ / ކޮބާހޭ ބޫންބޫން / ކޮބާހޭ މޮހޯމެން / ކޮބާހޭ ބޮދުވގ އަދީބު / ކޮބާހޭ ކޮބާހޭ ކޮބާހޭ؟؟
    ކޮން ގޭމެއްޖައްސާކަށް. މަޖިލީހުން ސަރުކާރު ހިންގަން ޖެހުނީމާ ރައީސުލް ޖުމްހޫރިއްޔާ ފޭލްވީ. ދެން މޮޑެލް ހެއްދެވިފައި ހުންނެވީމާ ގައުމަށް ހަލާކު ބޮޑީ. ވެންޓިލޭޓަރަކަށް އެރުން ނޫންގޮތެއް ދެން ނެތް. އެނޫނީ ގައުމު ވެންޓިލޭޓަރަކަށް ލާންޖެހޭނީ. އެވެސް ވެންޓިލޭޓަރުތައް ގެނެވުނުނަމަތާދޯ؟ އެވެސް ނައި. ފައިސާތަށްވެސް ބޯބޯވީ. ހާދަ ދެރައޭ. މިއީ އެޖެންޑާ19 އެބުނި ޖަޒީރާ ރާއްޖޭގެ ޙާލުތޯއެވެ. ދެން އެހެންބުރޭންޑެއް މިފަހަރު. ވަހުތާނެކޭ މިވެރިންގެ ބްރޭންޑިންވެސް އެއްގޮތް. އެއްވެސް ބުރޭންޑެއްގެ ކާމިޔާބީއެއް ނުފެނޭ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް