ބޮޑު ޙިޔާނާތާއި ގުޅިގެން ނިހާންގެ މައްޗަށް ދަޢުވާ ތަކެއް އުފުލައިފި

އެމްއެމްޕީއާރްސީގެ ބޮޑު ޙިޔާނާތާއި ގުޅޭ މައްސަލާގައި ތުހުމަތު ކުރެވޭ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ހަ ދައުވާއެއް އުފުލައި ކްރިމިނަލް ކޯޓަށް އެ މައްސަލަ ފޮނުވައިފި އެވެ. އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ޙިޔާނާތާއި، ކޮރަޕްޝަނާއި، މަނީ ލޯންޑްރިންގގެ ކުށްތަކާ ގުޅިފައިވާ ފައިސާ ކުރީގެ އެމްޕީ ނިހާނަށް ލިބުނު ކަމަށް ބުނާ މައްސަލަ ތަހުގީގުކުރުމަށްފަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅީ މި މަހުގެ މެދު ތެރޭގައެވެ. މި މައްސަލައިގައި […]

ރޭޑިއޯއަކީ ނެތިގެންދާނެ މީޑިއަމްއެއްކަމަށް ޤަބޫލުނުކުރައްވާކަމުގައި ރައީސް އިބްރާހީމް ވިދާޅުވެއްޖެ

ރޭޑިއޯއަކީ ނެތިގެންދާނެ މީޑިއަމްއެއްކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމުގައި ރައީސް އިބްރާހީމް މުޙަައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގެ އަޑުން މިއަދު ހެނދުނު ގެނެސްދިން ”ބާއްޖަވެރި ހެނދުނެއް“ ޕްރޮގްރާމުގައި ވާހަކަފުޅުުދައްކަވަމުން އެންމެ ފުރިހަމަ ގޮތުގައި ޚަބަރާއި ޕްރޮގްރާމުތަކުގެ ފެންވަރު މިހާރަށްވުރެ ވެސް ރަނގަޅުކުރުމަށް މަސައްކަތް ކުރުމަށް ވެސް ރައީސް އެދިވަޑައިގަތެވެ. ”ބާއްޖަވެރި ހެނދުނެއް“ މި ޕްރޮގްރާމުގައި ރައީސް އިބްރާހީމް މިއަދު ހެނދުނު ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ވެސް ބައްލަވާލެއްވިއެވެ. ޤާނޫނު އަސާސީ އިސްލާހުކޮށް، މަރުކަޒީ އުސޫލުން ހިންގަމުންދިޔަ […]

މަލިކަށް ޖެއްސި ފުރަތަމަ ސީޕްލޭނަކަށް މޯލްޑިއަން ސީޕްލޭން  

އަވަށްޓެރި މަލިކަށްޖެއްސި ފުރަތަމަ ސީޕްލޭނެއްގެ ގޮތުގައި ދިވެހި ގައުމީ އެއަރލައިން މޯލްޑިވިއަން ސީ ޕްލޭން އިއްޔެ މަލިކަށް ޖައްސައިފިއެވެ. މޯލްޑިވިއަނުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އިންޑިޔާގެ މަލިކަށް ދިވެހި ފަޅުވެރިންނާއެކު ގައުމީ އެއާލައިން ކުރި މި ދަތުރަކީ ތާރީޚީ ދަތުރެއްކަމަށެވެ. މޯލްޑިވިއަނުން ބުނީ މަލިކުގައި ސީޕްލޭން މަޑުކޮށްލީ އިންޑީއާގެ ސްޕައިސް ޖެޓްގެ ޗާޓާ  ދަތުރެއްގައި އިންޑިއާގެ އަހްމަދު އާބާދަށް ދިއުމުގެ މަގުމަތީގައެވެ. މީގެ ކުރިން މަލިކަށް އެއްވެސް އެއަރލައިނެއްގެ ބޯޓެއް ޖެއްސި ކަމަށް ތާރީޚުން ނުދައްކާކަމަށް ވެސް […]

އާފިޔާ 20 އަހަރަށް ޖަލަށް

އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލް ވ. ރަކީދޫ، މަރާލުމުގެ ކުށް ސާބިތުވެ އެ ކުއްޖާގެ މަންމަ އާފިޔާ މުޙައްމަދު މަނިކު ޖަލަށްލުމަށް ހުކުމް ކޮށްފިއެވެ. ޙުކުމަކީ 20 އަހަރުދުވަހުގެ ޖަލުޙުކުމެކެވެ. އިބްތިހާލް މަރާލާފައި ވަނީ 2015 ވަނަ އަހަރުގެ ކުރީކޮޅު ނޭވާ ހާސްކޮށްލައިގެންނެވެ. ތަކުރާރުކޮށް އިބްތިހާލަށް އަނިޔާ ކޮށްފައިވާނެ ކަމަށްވެސް އާފިޔާވަނީ ތަޙުގީގުތަކުގައި އެއްބަސްވެފައެވެ. ދައުލަތުން އޭނާގެ މައްޗަށް އުފުލި ގަސްތުގައި ކުއްޖަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުވެ 20 އަހަރަށް ޖަލަށްލުމަށް ޙުކުމް ކޮށްފައިވާއިރު، […]

ކޯވިޑް19: އިއްޔެ ފެނުނީ އިތުރު 16 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 16 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 01 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 11 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި ރިސޯޓް ތަކުން 4 ކޭސް ފެނިފައި ވެ އެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 13,660 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 523 އެކްޓިވް ކޭސް ހިމެނޭއިރު، 35 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ. […]

ފިއްތުންތަކާ ގުޅިގެން އެހީގެ ބިލު ރައީސް ޓްރަމްޕް ތަސްދީގު ކުރައްވައިފި

ކޮވިޑް-19ގެ ސަބަބުން ގެއްލުން ލިބުނު އެމެރިކާގެ ރައްޔިތުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ކޮންގްރެސްއިން ފާސްކުރި ބިލް ތަސްދީގު ކުރެއްވުމަށް ދެކޮޅުހައްދަވައި އެތައް ބަހަނާތަކެއް ދެއްކެވުމަށް ފަހު އެންމެ ފަހުން އާދީއްތަ ދުވަހުގެރޭ އެބިލް ރައީސް ޑޮނަލްޑް ޓްރަމްޕް ތަސްދީގު ކުރައްވައިފިއެވެ. އެހީގެ ބިލް ކޮންގްރެސްއިން ފާސްކުރުމުން ރައީސް ޓްރަމްޕް ވިދާޅުވީ ބިލުގައި މައްސަލަތަކެއް އެބަހުރިކަމަށާއި ބިލް ތަސްދީގުކުރައްވަން ސޮއިނުކުރައްވާނެ ކަމަށެވެ. އެހީގެ ޕެކެޖްގެ ބިލުގައި ސޮއި ނުކުރައްވާނެކަމަށް ވިދާޅުވެ ގޮތްދެއްކެވިކަމަށް ވިޔަސް ރައްޔިތުންގެ ފިއްތުންތައް ބޮޑުވެގެންގޮސް އެންމެ […]

ސައޫދީގެ ކޯޓަކުން އަންހެން އެކްޓިވިސްޓެއް 6 އަހަރާ ގާތްކުރާ މުއްދަތަކަށް ޖަލަށްލައިފި

އިދިކޮޅު ގްރޫޕަކުން ހާމަކުރިގޮތުގައި, ހޯމަދުވަހު ސައޫދީގެ ކޯޓަކުން އަންހެން އެކްޓިވިސްޓެއް ކަމަށްވާ ލުޖައިން އަލްހަތުލޫލް 5 އަހަރާއި 8 މަހުގެ މުއްދަތަކަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.  2018 ވަނަ އަހަރު މޭމަހު އަލް ހަތުލޫލްއާއި އިތުރު އަންހެން އެކްޓިވިސްޓުންތަކެއް ހައްޔަރުކުރީ, ރަސްކަމުގެ ކަންކަމަށް ގެއްލުންދޭން މަސައްކަތްކުރި ކަމުގެ ތުހުމަތުގައެވެ.  ސައޫދީ މީޑިއާއިން ހާމަކުރިގޮތުގައި އަންހެން އެކްޓިވިސްޓުންނަށް ދައުވާކުރީ ސަޢޫދީގެ ސިޔާސީ ނިޒާމް ބަދަލުކުރަން އުޅުމުގެ ކުށަށާއި ގައުމީ ސަލާމަތަށް ނުރައްކާކުރި ކުށަށެވެ.  ސައުދީ ސަރުކާރުން, ގައުމު ތަރައްގީކޮށް, ހުޅަގުގެ […]

އެމެރިކާގެ ޑިމޮކްރަޓުން އެދެނީ އަޅުގަނޑުމެން މިތަނުން ދާން، އެކަމަކު އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން: އެމެރިކާގެ ސަރުކާރުގެ ޚަބަރު ފަތުރާ މީޑިއާތައް.

ޑޮނަލްޑު ޓްރަމްޕުގެ ސަރުކާރު ޖަވާބުދާރީކޮށް ދެފުށް ފެންނަ ގޮތަށް ކަންތައްތައް ކުރުވުމަށް ވޭތުވެދިޔަ އަހަރު ތަކުގައި ހުއްޓާނުލައި ކުރަމުންދިޔަ މަސައްކަތްތައް ހަމަ އެގޮތަށްކުރަން، ޑިމޮކްރަޓިކް ޕާޓީން އުފައްދާ ސަރުކާރެއްގެ ކޮރަޕްޝަން ހުއްޓުވަންވެސް ތިބީ ތައްޔާރަށްކަން އިންޓަރސެޕްޓު ނޫހުން، އެ ނޫހުގެ ކިޔުންތެރިންނަށް ޔަގީންކޮށްދީފިއެވެ. ”އަޅުގަނޑުމެންފަދަ ޚަބަރުފަތުރާ ތަނަކަށް, ޑިމޮކްރަޓިކް ޕާޓީގެ ރައީސްގެ ފަރާތުން ފެނިދާނެ މައްސަލައަކީ މިއީ,.. އޮބާމާގެ ސަރުކާރުން, ސަރުކާރުގެ ފައިލުތައް ސެންސަރުކުރި, ސަރުކާރުގެ މުހިއްމު ގިނަ ރިކޯޑުތަކެއް ބެލުނަނުދީ ނޫސްވެރިންނަށް ހުރަސްއެޅި, އަދި ކަންކަން […]

ސިވިލް ސާރވިސް މުއައްޒަފުންގެ ކެޓަގަރީން ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓް އާންމުކޮށްފި

ހިޔާ މަޝްރޫއުގެ ދަށުން ސިވިލް ސާރވިސް މުއައްޒަފުންނަށް ޚާއްސަކޮށްފައިވާ ކެޓަގަރީން ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓް ރައީސުލް ޖުމުހޫރިއްޔާގެ އޮފީހުން މިއަދު އާންމުކޮށްފި އެވެ. ފްލެޓްތަކުގެ މައްސަލަ ބަލާކޮމިޓީން ބުނީ ސިވިލް ސަރވިސްކެޓަގަރީއަށް ޕޮއިންޓް ދީފައިވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީ 15ގެ ނިޔަލަށް ޚިދުމަތްކޮށްފައިވާ މުއްދަތާއި ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކަށް ބަލާފައިއެވެ. ފްއިންޓް ދީފައިވާ މިންގަންޑު ވެސް ވަނީ ވަގުތީލިސްޓާއެކު އާންމުކޮށްފައެވެ. މި ކެޓަގަރީއަށް ފޯމު ހުށައެޅި ފަރާތެއް ފްލެޓް ތަޅުދަނޑި ލިބުމުގެ ކުރިން […]

ބޭރު ގައުމުތަކުގެ ދަތުރުވެރިން ޖަޕާނަށް އެރުން މަނާ ކުރަނީ

  ބޭރު ގައުމުތަކުގެ ދަތުރުވެރިން ޖަޕާނަށް އެރުން މަނާ ކުރަން ނިންމައިފިއެވެ. މިގޮތަށް ޖަޕާނުން ނިންމައިފައި މިވަނީ ޖަޕާނުން ކޮރޯނާވައިރަހުގެ އާ ބާވަތް ފެނުމާ ގުޅިގެންނެވެ. އެކަމާއި ގުޅިގެން މިއަދުން ފެށިގެން އެގައުމަށް ބޭރު ގައުމުތަކުގެ ރައްޔިތުން ދިޔުން މަނާ ވާނެ ކަމަށް އެގައުމުގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. ޖަޕާނުގެ ޕަބްލިކް ބްރޯޑްކާސްޓަރު އެންއެޗްކޭއިން ބުނެފައިވަނީ މިފެށޭ ޖެނުއަރީ މަސް ނިމެންދެން ބޭރު ގައުމުތަކުގެ މީހުންނަށް އެގައުމަށް ނުދެވުނު ނަމަވެސް ޖަޕާނުގެ ރައްޔިތުންނާއި އެގައުމުގައި ދިރިއުޅޭ […]