އާފިޔާ 20 އަހަރަށް ޖަލަށް

Loading

Facebook
Twitter
WhatsApp

އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލް ވ. ރަކީދޫ، މަރާލުމުގެ ކުށް ސާބިތުވެ އެ ކުއްޖާގެ މަންމަ އާފިޔާ މުޙައްމަދު މަނިކު ޖަލަށްލުމަށް ހުކުމް ކޮށްފިއެވެ. ޙުކުމަކީ 20 އަހަރުދުވަހުގެ ޖަލުޙުކުމެކެވެ.

އިބްތިހާލް މަރާލާފައި ވަނީ 2015 ވަނަ އަހަރުގެ ކުރީކޮޅު ނޭވާ ހާސްކޮށްލައިގެންނެވެ. ތަކުރާރުކޮށް އިބްތިހާލަށް އަނިޔާ ކޮށްފައިވާނެ ކަމަށްވެސް އާފިޔާވަނީ ތަޙުގީގުތަކުގައި އެއްބަސްވެފައެވެ.

ދައުލަތުން އޭނާގެ މައްޗަށް އުފުލި ގަސްތުގައި ކުއްޖަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުވެ 20 އަހަރަށް ޖަލަށްލުމަށް ޙުކުމް ކޮށްފައިވާއިރު، އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ދައުވާ ސާބިތުވެ 1 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއްވެސް ކުރެވުނެވެ.

އަދި އިބްތިހާލް މަރާލާފައި ވާތީ، އިންސާނަކު މެރިކަމުގެ ކުށުގެ ކައްފާރާއެއްގެ ގޮތުން، ހަނދުމަހުން ވިދިވިދިގެން ދެ މަސް ދުވަހު ރޯދަ ހިފުމަށް ވެސް އާފިޔާގެ ޙުކުމުގައި އަންގައިފަވެއެވެ.

ޝަރީއަތުގެ މަޖިލީހުގައި ދައުވާއަށް އިއުތިރާފުވުމަށްފަހު ފަހުންއާފިޔާ ވަނީ އިއުތިރާފުން ރުޖޫވެސްވެފައެވެ.

ކްރިމިނަލް ކޯޓުން މިއަދުކުރި ޙުކުމްގައި ބުނެފައި ވަނީ 2015 ވަނަ އަހަރުގެ ޖެނުއަރީ 28 ވަނަ ދުވަހު އިބްތިހާލްގެ ނޭވާ ހާސްކުރުމުގެ ގޮތުން، އިބްތިހާލުގެ ކަރަށް ފިތާ ބާރުކޮށް ނޭވާހާސްކޮށް، އިބްތިހާލްގެ މޭ މަތީގައި އާފިޔާގެ ދަށް ފައިން ވަރަށްބާރަށް ތިންފަހަރު ޖަހާފައިވާތީ އާއި އިބްތިހާލަށް ދީފައިވާ އަނިޔާތަކުގެ ސަބަބުން އެ ދުވަހުގެ މެންދުރެހާއިރު އިބްތިހާލް މަރުވެފައިވާކަން ސާބިތުވާ ކަމަށެވެ.

އަދި އެކި މަރުޙަލާތަކުގައި ކުށަށް އިއުތިރާފުވުމަށްފަހު، ފަހުން ޝަރީއަތުގައި އެ އިއުތިރާފު ބަދަލުކުރުމަކީ، އިބްތިޙާލު މެރިކަމުގެ ޒިންމާއިން އާފިޔާއަށް ބަރީއަވެވޭނެ ސަބަބެއް ނޫންކަމަށް އެ ޙުކުމްގައި ބަޔާންކުރެވިފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް