މަލިކަށް ޖެއްސި ފުރަތަމަ ސީޕްލޭނަކަށް މޯލްޑިއަން ސީޕްލޭން  

Loading

Facebook
Twitter
WhatsApp

އަވަށްޓެރި މަލިކަށްޖެއްސި ފުރަތަމަ ސީޕްލޭނެއްގެ ގޮތުގައި ދިވެހި ގައުމީ އެއަރލައިން މޯލްޑިވިއަން ސީ ޕްލޭން އިއްޔެ މަލިކަށް ޖައްސައިފިއެވެ.

މޯލްޑިވިއަނުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އިންޑިޔާގެ މަލިކަށް ދިވެހި ފަޅުވެރިންނާއެކު ގައުމީ އެއާލައިން ކުރި މި ދަތުރަކީ ތާރީޚީ ދަތުރެއްކަމަށެވެ.

މޯލްޑިވިއަނުން ބުނީ މަލިކުގައި ސީޕްލޭން މަޑުކޮށްލީ އިންޑީއާގެ ސްޕައިސް ޖެޓްގެ ޗާޓާ  ދަތުރެއްގައި އިންޑިއާގެ އަހްމަދު އާބާދަށް ދިއުމުގެ މަގުމަތީގައެވެ.

މީގެ ކުރިން މަލިކަށް އެއްވެސް އެއަރލައިނެއްގެ ބޯޓެއް ޖެއްސި ކަމަށް ތާރީޚުން ނުދައްކާކަމަށް ވެސް މޯލްޑިވިއަނުން ބުނެއެވެ.

މަލިކަކީ އެރަށުގައި އެއަރޕޯޓެއް އޮންނަ ރަށެއްނޫނެވެ. ނަމަވެސް ވައިގެ ދަތުރުތައް ކުރުމަށް 1987 އިން ފެށިގެން ހެލިޕެޑެއް ގާއިމްކޮށް އާންމުގޮތެއްގައި ހެލިކޮޕްޓަރ ދަތުރުތައް އެރަށުގައި ކޮށްއުޅެއެވެ. ދިވެހިބަހުގެ އުސްތާޒު އަބްދުﷲ ސާދިގު ވެސް ވަނީ ހެލިކޮޕްޓަރެއްގައި މަލިކަށް ވަޑައިގެންފައެވެ.

އުސްތާޒު އަބްދުﷲ ސާދިގު މަލިކަށް ދަތުރުކުރެއްވި ހެލިކޮޕްޓަރު މަލިކަށް ޖައްސަނީ

ކުރިން ރާއްޖޭގެ ރަށެއްގެ ގޮތުގައި އޮތް މަލިކަކީ ވަރަށް ގިނަގޮތްގޮތުން ދިވެހިންގެ ހިތްތަކާ ގާތް ރަށެކެވެ. ނަސްލީގޮތުންނާއ ސަގާފީގޮތުން ވަރަށް ބޮޑަށް ގުޅިފައިވާ ދިވެހިބަހުން ވާހަކަދައްކާ ބަޔަކު ދިރިއުޅޭ މިރަށު މީހުން މިހާރު އެކި ގޮތްގޮތުން ރާއްޖެއަންނަ މިންވަރުވެސް ވަނީ އިތުރުވެފައެވެ. އަދި މަލިކަށް ދިވެހިން ފޮނުވައިދިނުމުގެ ޚިދުމަތް އަމިއްލަ ކުންފުންޏެއް އުފެދުނުފަހުން ރާއްޖޭމީހުންވެސް މަލިކަށް ދިއުން އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް