ސިވިލް ސާރވިސް މުއައްޒަފުންގެ ކެޓަގަރީން ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓް އާންމުކޮށްފި

Loading

Facebook
Twitter
WhatsApp

ހިޔާ މަޝްރޫއުގެ ދަށުން ސިވިލް ސާރވިސް މުއައްޒަފުންނަށް ޚާއްސަކޮށްފައިވާ ކެޓަގަރީން ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓް ރައީސުލް ޖުމުހޫރިއްޔާގެ އޮފީހުން މިއަދު އާންމުކޮށްފި އެވެ.

ފްލެޓްތަކުގެ މައްސަލަ ބަލާކޮމިޓީން ބުނީ ސިވިލް ސަރވިސްކެޓަގަރީއަށް ޕޮއިންޓް ދީފައިވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީ 15ގެ ނިޔަލަށް ޚިދުމަތްކޮށްފައިވާ މުއްދަތާއި ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކަށް ބަލާފައިއެވެ. ފްއިންޓް ދީފައިވާ މިންގަންޑު ވެސް ވަނީ ވަގުތީލިސްޓާއެކު އާންމުކޮށްފައެވެ.

މި ކެޓަގަރީއަށް ފޯމު ހުށައެޅި ފަރާތެއް ފްލެޓް ތަޅުދަނޑި ލިބުމުގެ ކުރިން ވަޒީފާއިން ވަކިވެފައިވާނަމަ އެ ފަރާތެއްގެ ފޯމު ބާތިލް ވާނެކަމަށް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ބުނެއެވެ.

އަދި ފްލެޓް ލިބުމަށް ދެމަފިރިން ހޮވިއްޖެނަމަ ފްލެޓް ހަވާލުކުރާނީ ކުރިންވެސް ހައުސިން މިނިސްޓްރީން ކަނޑައަޅާފައިވާގޮތަށް އެއް ފްލެޓް ކަމުގައި ވެސް ފްލެޓްތަކުގެ މައްސަލަ ބަލާކޮމިޓީން ބުނެއެވެ.

މި ލިސްޓް އިއުލާންކޮށްފައިވަނީ މި ކެޓަގަރީންއަށް ފޯމު ހުށަހެޅިއިރު ހުރި މިނިސްޓްރީތަކަށް ކިޔާނަންތަކާއެކު މިނިސްޓްރީތައް ވަކިވަކިން އެނގޭގޮތަށެވެ.

ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން އެކި އިދާރާތަކަށް ބަދަލުވީނަމަ ވެސް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން އެކުލަވާލައިފައިވާ ލިސްޓްގައި ކޮންމެ ފަރާތެއްވެސް ހިމެނިފައިވަނީ އެ ފަރާތެއް ފޯމު ހުށަހެޅި މިނިސްޓްރީއެއްގެ ދަށުންކަމަށް ވެސް ރައީސް އޮފީހުން މިއަދު ގެޒެޓްކުރި އިއުލާނުގައި ބުނެފައިވެއެވެ.

ސިވިލް ސާރވިސް ކޮމިިޝަންގެ މުއައްޒަފުންނަށް ޚާއްސަކޮށްފައިވާ މި ކެޓަގަރީން ފްލެޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ތިނެއް ޖެނުއަރީ އާާހަމައަށް ވަނީ ހުޅުވާލާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް