އިންޑިއާގައި ނުރައްކާތެރި ބައްޔެއް ފެތުރި އެތައްހާސް އަސްދޫނި މަރުވެއްޖެ

އިންޑިއާގައި ނުރައްކާތެރި ބައްޔެއް ފެތުރި އެތައްހާސް އަސްދޫނި މަރުވެއްޖެއެވެ. އެކަމާގުޅިގެން އެ ސަރަހައްދުގެ ދަނޑުވެރިންނާއި ރައްޔިތުންގެ މެދުގައި ވަނީ ބޮޑު ބިރުވެރިކަމެއް ފެތުރިފައެވެ. ކެރެލާ ސްޓޭޓުގެ ކުއްޓަނާޑު އަވަށުގައި ގޮތް ނޭނގޭ ބައްޔެއްގައި އަސްދޫނިތައް މަރުވާންފެށީ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. މައިކްރޯ ވައިރޮލޮޖީ ޑިޕާޓްމަންޓުން ކުރި ޓެސްޓުތަކަށްފަހު އެތަނުން ހާމަކުރިގޮތުގައި އަސްދޫނިތަކަށް ޖެހިފައިވަނީ ދޫނި ރޯގާގެ ބާވަތެއްކަން ތަހުގީގަށް އަދި އެނގޭކަށްނެތެވެ. ”އަޅުގަނޑުމެން މިދަނީ އަސްދޫނިތައް މަރުވި ސަބަބުތައް ހޯދުމުގެ މަސައްކަތް ކުރަމުން.“ އެތަނުގެ އިސްވެރިއަކު ވިދާޅުވިއެވެ. […]

އިރާނުން ކޮވިޑްއަށް ވެކްސިނެއް އުފައްދައިފި

އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނަށް އެކަށީގެންވާ މިންވަރަށް ކޮރޯނާވައިރަހުގެ ވެކްސިން އެތެރެކުރެވެން ނެތުމުން އެ ގައުމުން އަމިއްލަ އަށް ވެކްސިނެއް އުފައްދާ ޓެސްޓް ކުރަން ފަށައިފި އެވެ. އީރާނުން އުފެއްދި ވެކްސިން ޖަނަވާރުން ބޭނުންކޮށްގެން މިހާރުވަނީ ޓެސްޓުކޮށްފައެވެ. އަދި ޓެސްޓް ކުރުމަށް ފަހު މިހާރު ވަނީ އިންސާނުންނަށް ދޭން ފަށައިފަ އެވެ. ކޯވް-އީރާންބްލެސިންގެ ނަންދީފައިވާ ވެކްސިންގެ ފުރަތަމަ ޑޯޒް މިއަދު ދީފައި ވަނީ އީރާނުގެ ސީނިއާ އޮފިޝަލެއް ކަމަށްވާ މުހައްމަދު މަޚްބަރުގެ ދަރިކަނބަލުން […]

ނިރުބަވެރިން ހޯދުމުގެ އޮޕްރޭޝަންތަކުގެ ސަބަބުން ގެއްލުން ލިބުނު މީހުންނަށް ކުރިމަތިވާ މައްސަލަތައް: އޮސްޓްރިއާ

ނިރުބަވެރިން ހޯދުމުގެނަމުގައި ހިންގި އޮޕަރޭޝަނެއްގައި ފުލުހުން ގެއެއް ބަލައި ފާސްކުރުމުގެ ތެރޭގައި ފުލުހުންގެ ފަރާތުން އަނިޔާ ލިބުނު 12 އަހަރުގެ މުސްތަފާއަށް ނިދުމަށް އުދަގޫވާތީ  މިހާރުދަނީ ފަރުވާކުރަމުންނެވެ.  ނޮވެންބަރު 9ވަނަ ދުވަހު ވިއެނާ ފުލުހުން ހިންގި ”އޮޕަރޭޝަން ލަކްސް“ ކިޔާ ހަރަކާތެއްގައި 60 ގެއެއް ބަލައި ފާސްކޮށް 30 އަށްވުރެ ގިނަ މުސްލިމު އެކްޓިވިސްޓުންނާއި އިލްމުވެރިން ހައްޔަރު ކުރިއެވެ. އެމީހުންނަށް ތުހުމަތު ކުރަނީ ނިރުބަވެރި ޖަމާއަތްތައް ހިންގުމާއި, ނިރުބަވެރިންނަށް މާލީ އެހީ ދިނުމާއި, ރާވައިގެން ޖަރީމާ ހިންގުމާއި, […]

ކޮވިޑްގެ އައު ވައްތަރު އިންޑިއާއިން ފެނިއްޖެ

އިނގިރޭސިވިލާތުގައި ފެތުރެމުންދާ ކޮވިޑް-19 އާ ސްޓެއިންގެ ހަކޭސް އިންޑިއާ އިން އިއްޔެއާއި ހަމައަށް ފެނިފައިވާ ކަމަށް އެގައުމުން އިއްޔެ ބުނެފިއެވެ. އިންޑިއާގެ ހެލްތް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެގައުމުން އާވައްތަރުގެ ވައިރަސް އަށް ފައްސިވެފައި ވަނީ އިނގިރޭސިވިލާތުން އިންޑިއާއަށް އައި ހަމީހުން ކަމަށެވެ. އަދި ހަމީހުން ވެސް ވަނީ އެކަހެރި ކުރެވިފައި ކަމަށާއި، އަދި އެމީހުންނާއި އެންމެ ގާތުން ބައްދަލުވި މީހުން ވެސް މިހާރު ވަނީ އެކަހެރި ކުރެވިފައިކަމަށް އިންޑިއާގެ ހެލްތު މިނިސްޓްރީން […]

2021 ވަނަ އަހަރުގެ ފުރަތަމަ ދުވަހު ދުއްވާއެއްޗެހި ނުދުއްވޭނެ

މިފެށޭ 2021ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ހަވީރު، މާލެ އާއި ވިލިމާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާ ވާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.   އެ ކައުންސިލުން އިއްޔެގެ ވަގުތެއްގައި ކުރެއްވި އިއުލާނެއްގައި ވިދާޅުވެފައިވަނީ އަންނަ ޖެނުއަރީ މަހުގެ ފެށޭ ދުވަހަށްވާ ހުކުރު ދުވަހު، ހަވީރު ހަތަރަކުން ރޭގަނޑު އަށަކަށް، މާލެ އާއި ވިލިމާލޭގެ މަގުތަކުގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާވާނެ ކަމަށެވެ. އެގޮތަށް ހަމަޖެއްސީ، އާއްމު ރައްޔިތުންނަށް ހިތްހަމަޖެހުމެއް ގެނެސްދިނުމަށްޓަކައި […]

ޝީ ބިލްޑިންގް ޕާޓީ ކްލަސްޓާއިން އިތުރު ބަޔަކު ޕްޒިޓިވް ވެއްޖެ

  މިމަހުގެ 20 ވަނަ ދުވަހު ޝީ ބިލްޑިންގް ގައި ބޭއްވި ކައިވެނި ޕާޓީ ކްލަސްޓާއިން އިތުރު 13 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. މިއާއެކު އެ ކްލަސްޓާ އިން މިހާތަނަށް 62 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭގެ އޮފިޝަލަކު މީޑިއާ އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވެއެވެ. މި މަހުގެ 20ވަނަ ދުވަހު ބޭއްވުނު މިކައިވެނި ޕާޓީ ކްލަސްޓާގެ ފުރަތަމަ ކޭސް ދެނެގަނެވިފައި ވަނީ މި މަހުގެ 24 ވަނަ ދުވަހު އެވެ. މިކްލަސްޓަރ […]

ކޯވިޑް19: އިއްޔެ ފެނުނީ އިތުރު 31 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 31 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން އެހެން ރަށްތަކުން އިއްޔަ ފައްސިވި 11 މީހުންގެ ތެރެއިން 4 މީހުން ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށްތަކުންނެވެ.ރާއްޖެއިން ބޭރުން ވަނީ އިއްޔަ 2ކޭސް ފެނިފައެވެ. އަދި ތަރައްޤީ ކުރަމުންދާ ރިސޯޓްތަކުން ވަނީ 5 މީހަކު ފައްސިވެފައެވެ. އަނެއް 20 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 13691 އަށް ވަނީ […]

ޙައްޖުވެރިންނަށް ޙާއްސަ ސްމާޓް ކާޑަކާއި ޕޯޓަލްއެއް ސަޢުދީއިން ތަޢާރަފްކޮށްފި

ޙައްޖުވެރިންނަށް ޙާއްސަ ސްމާޓް ކާޑަކާއި ޕޯޓަލްއެއް ސަޢުދީޢަރަބިއްޔާއިން ތަޢާރަފްކޮށްފިއެވެ. މި ސްމާޓް ކާޑާއި ޕޯޓަލްއަކީ ޙައްޖުވެރިންގެ މައުލޫމާތު ބެލެހެއްޓުމަށާއި އިންތިޒާމްތައް ހަމަޖައްސަން ފަސޭހައަކަށް ސަޢުދީޢަރަބިއްޔާ ސަރުކާރުން ތަޢާރަފްކުރި ކާޑަކާއި ޕޯޓަލްއެކެވެ.   ސަޢުދީ މީޑިއާތަކުން ބުނީ އެ ގައުމުގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާ އިން ތަޢާރަފްކުރި ޕޯޓަލް އާއި ސްމާޓްކާޑުގެ ބޭނުމަކީ ހައްޖާޖީންގެ ކަންތައްތައް ހަމަޖެއްސުމަށް އެ ގައުމުގެ އެކި އިދާރާތަކުން ކުރާ މަސައްކަތްތައް އެއް ޕްލެޓްފޯމަކަށް ގެނައުން ކަމަށެވެ. އެގޮތުން ކޮންމެ ހައްޖުވެރިއަކަށް […]

އަސާސީ ބޭސްތައް ނެތް ބޭސްފިހާރަ ތަކަށް ފިޔަވަޅު އަޅަނީ

އަސާސީ ބޭހުގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވާފައިވާ ބޭސްފިހާރަތަކުން ލިބެން ނެތް ނަމަ ފިޔަވަޅު އަޅަން ހެލްތު މިނިސްޓްރީން އިއްޔެ ނިންމަވައިފި އެވެ. ”ބޭހާއި ބެހޭ ގަވާއިދު“ގައި ބަޔާންކޮށްފައި ވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކަނޑައަޅާފައިވާ އަސާސީ ބޭސްތައް ހުރިހާ ފާމަސީއަކުން ލިބެން ހުންނަން ޖެހޭނެ ކަމަށެވެ. ހެލްތު މިނިސްޓްރީން ނެރުނު އިއުލާނުގައި ވިދާޅުވެފައި ވަނީ އެމްއެފްޑީއޭގައި ރަޖިސްޓްރީކޮށްފައިވާ ފާމަސީއެއްގައި އެއްވެސް އަސާސީ ބޭހެއް ނެތް ނަމަ މީގެ ފަހުން ފިޔަވަޅު އަޅުއްވާނެ […]

ލައިސަންސްގެ ބަދަލުގައި ދެން ޕާސްޕޯޓު ކާޑު ގަބޫލުނުކުރާ ގޮތަށް ހަމަޖައްސައިފި

ޑްރައިވިން ލައިސަންސްގެ ބަދަލުގައި ޕާސްޕޯޓް ކާޑު ބޭނުން ނުކުރެވޭ ގޮތަށް ދިވެހި ޕާސްޕޯޓު ކާޑާބެހޭ ގަވާއިދަށް އިސްލާހު ގެނެސްފި އެވެ. ދިވެހި ޕާސްޕޯޓު ކާޑަކީ، ދަތުރުފަތުރުކުރުމަށާއި އެހެނިހެން ބޭނުންތަކަށް ދިވެހީންނަށް ދޫކުރާ މަލްޓިޕާޕަސް ލިޔުމެކެވެ. ޕާސްޕޯޓު ކާޑާބެހޭ ގަވާއިދުގައި ޕާސްޕޯޓު ކާޑު ބޭނުންކޮށްގެން ހޯދޭނެ ހިދުމަތްތައް ވަނީ ބަޔާންކޮށްފަ އެވެ. މިގޮތުން ރާއްޖޭގައި ބައިނަލްއަގުވާމީ ވައިގެބަނދަރުތަކުންނާއި ކަނޑުގެ ބަނދަރުތަކުން ފުރުމަށާއި، ރާއްޖެއަށް އެތެރެވުމަށާއި، ބޭންކް އޮފް މޯލްޑިވްސްގެ މާސްޓާ ކާޑުތަކުން ލިބޭ ހިދުމަތްތައް ހޯދުމަށާއި އެލައިޑް އިންޝުއަރެންސްގެ […]