ޝީ ބިލްޑިންގް ޕާޓީ ކްލަސްޓާއިން އިތުރު ބަޔަކު ޕްޒިޓިވް ވެއްޖެ

Loading

Facebook
Twitter
WhatsApp

 

މިމަހުގެ 20 ވަނަ ދުވަހު ޝީ ބިލްޑިންގް ގައި ބޭއްވި ކައިވެނި ޕާޓީ ކްލަސްޓާއިން އިތުރު 13 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

މިއާއެކު އެ ކްލަސްޓާ އިން މިހާތަނަށް 62 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭގެ އޮފިޝަލަކު މީޑިއާ އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވެއެވެ.

މި މަހުގެ 20ވަނަ ދުވަހު ބޭއްވުނު މިކައިވެނި ޕާޓީ ކްލަސްޓާގެ ފުރަތަމަ ކޭސް ދެނެގަނެވިފައި ވަނީ މި މަހުގެ 24 ވަނަ ދުވަހު އެވެ.

މިކްލަސްޓަރ ގެ ތެރެއިން ގުޅިގެން ޕޮޒިޓިވް މީހުންގެ ތެރޭގައި ހައި ރިސްކު މީހުންނާއި ކުޑަކުދިންވެސް ހިމެނެއެވެ.

އެ ޕާޓީއަށް ސަތޭކަވިއްސަކަށް މީހުން ދިޔައިރު، ރޯގާގެ އަލާމާތް ހުރި މީހުން ވެސް ޕާޓީއަށް ދިޔަ ކަމަށް އެޗްއީއޯސީން ވަނީ މީގެކުރިން ވިދާޅުވެފައެވެ.

އެ ހަފްލާގައި ބައިވެރިވި އެންމެން ކަރަންޓީނުކޮށް، ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވަނީ އެޗްއީއޯސީ އިން ވަނީ ވިދާޅުވެފައެވެ.

މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ޕާޓީ އަށް ދިޔަ މީހުންނާއި އެމީހުންގެ އާއިލާގެ މީހުންވެސް ހިމެނެއެވެ.

ޕާޓީއަށް ދިޔަ މީހުންގެ ތެރެއިން އެޗްޕީއޭއިން ނުގުޅާ ފަރާތްތަކުން 1676 އަށް ގުޅާ ވިހާވެސް ގިނަ މައުލޫމާތު ހިއްސާ ކުރުން މުހިންމު ކަމަށް އެޗްޕީއޭ އިން ވަނީ ވިދާޅުވެފައެވެ. އެޗްޕީއޭއިން ނުގުޅިޔަސް އަމިއްލައަށް ގޭގައި އެކަހެރިވެ ތިބުމަށް ވެސް އެޗްޕީއޭއިން އެދިލެއްވިއެވެ.

މިފަދަ ހަފްލާތައް ބާއްވާއިރު އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރައްވައެވެ.

ޢަލާމާތްތައް ހުރި މީހުން މިފަދަ ހަފްލާތަކަށް ނުދިއުމަށް އިލްތިމާސް ކުރަށްވައިފައިވެއެވެ. އަދި ދާ މީހުން މާސްކްއެޅުމަށާއި، ގައިދުރުކަން ކަށަވަރުކުރެވޭނެ މިންވަރަށް ބަހާލައިގެން މީހުންނަށް ދައުވަތު ދިނުމަށްވެސް އިލްތިމާސް ކުރަށްވާފައިވެއެވެ.

ރަނގަޅަށް ވައި ދައުރުވާ ގޮތަށް ހަފްލާ އޮންނަ ތަން ބެހެއްޓުމަށާއި، ކާތަކެތި ސާވް ކުރުމާއި ކެއުމުގައިވެސް ގައިޑްލައިންއާ އެއްގޮތަށް އިންތިޒާމު ހަމަޖެއްސުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް