ޙައްޖުވެރިންނަށް ޙާއްސަ ސްމާޓް ކާޑަކާއި ޕޯޓަލްއެއް ސަޢުދީއިން ތަޢާރަފްކޮށްފި

Loading

Facebook
Twitter
WhatsApp

ޙައްޖުވެރިންނަށް ޙާއްސަ ސްމާޓް ކާޑަކާއި ޕޯޓަލްއެއް ސަޢުދީޢަރަބިއްޔާއިން ތަޢާރަފްކޮށްފިއެވެ.

މި ސްމާޓް ކާޑާއި ޕޯޓަލްއަކީ ޙައްޖުވެރިންގެ މައުލޫމާތު ބެލެހެއްޓުމަށާއި އިންތިޒާމްތައް ހަމަޖައްސަން ފަސޭހައަކަށް ސަޢުދީޢަރަބިއްޔާ ސަރުކާރުން ތަޢާރަފްކުރި ކާޑަކާއި ޕޯޓަލްއެކެވެ.

 

ސަޢުދީ މީޑިއާތަކުން ބުނީ އެ ގައުމުގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާ އިން ތަޢާރަފްކުރި ޕޯޓަލް އާއި ސްމާޓްކާޑުގެ ބޭނުމަކީ ހައްޖާޖީންގެ ކަންތައްތައް ހަމަޖެއްސުމަށް އެ ގައުމުގެ އެކި އިދާރާތަކުން ކުރާ މަސައްކަތްތައް އެއް ޕްލެޓްފޯމަކަށް ގެނައުން ކަމަށެވެ. އެގޮތުން ކޮންމެ ހައްޖުވެރިއަކަށް ދޫކުރާ އެ ކާޑުގައި އެ މީހުންގެ ހުރިހާ މަޢުލޫމާތެއް ރައްކާކޮށްފައި ހުންނާނެ އެވެ. އޭގެ ތެރޭގައި ސިއްހީ މައުލޫމާތުތަކާއި ތިބޭ ތަންތަނުގެ މައުލޫމަތު ހުންނާނެ އެވެ.

މިދިޔަ އަހަރު 50،000 ކާޑު ދޫކޮށްގެން އަޖުމަ ބަލާފައިވާ ޕޯޓަލާއި ސްމާޓް ކާޑު ރަސްމީކޮށް ބޭނުންކުރަން ފަށާނީ އަންނަ އަހަރުގެ ހައްޖު މޫސުމުގަ އެވެ.

ޙައްޖުވެރިންނަށް ދޫކުރާ ކާޑުން ކުރާނެ ބޭނުންތަކުގެ ތެރޭގައި ހަރަމްފުޅާއި އެހެނިހެން ބައެއް މުހިއްމު ތަންތަނަށް ވަދެނުކުމެ އުޅުމުގައި ހުއްދައެއްގެ ގޮތުގައި ބޭނުންކުރުން ހިމެނެ އެވެ. ހުއްދަ ނުހޯދައި ހައްޖަށްދާ މީހުން ދެނެގަތުން، އެ ކާޑުގެ ސަބަބުން ފަސޭހަވެގެންދާނެ އެވެ. ނިއާ ފީލްޑް ކޮމިއުނިކޭޝަން (އެންއެފްސީ) ޓެކްނޮލޮޖީ އާ އެކު ތަޢާރަފްކުރި އެ ކާޑު ކިއޯސްކްތަކުގައި ވެސް ބޭނުންކުރެވޭނެ އެވެ.

ސަޢުދީ ނޫސްތަކުން ބުނިގޮތުގައި ޙައްޖުވެރިންނަށް ޕޯޓަލަކާއި ސްމާޓްކާޑެއް ތަޢާރަފްކުރުމުގެ ވިސްނުމަކީ، މިއަހަރުގެ ކުރީކޮޅު މައްކާގައި ބޭއްވި ކަލްޗަރަލް ފޯރަމްގެ ތެރެއިން އައި ވިސްނުމެކެވެ. ސަޢުދީގައި ފުޅާ ދާއިރާއެއްގައި ޓެކްނޮލޮޖީ ބޭނުންކުރުމަކީ އެ ގައުމުގެ ވަލީއަހުދު އަމީރު މުހައްމަދު ބިން ސަލްމާންގެ ތަރައްގީގެ ތަސައްވުރު ކަމުގައިވާ ”ވިޝަން 2030“ ގައި ހިމެނޭ ކަމެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް