ކޯވިޑް19: އިއްޔެ ފެނުނީ އިތުރު 31 ވޭދަނަ!

Loading

Facebook
Twitter
WhatsApp

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 31 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން އެހެން ރަށްތަކުން އިއްޔަ ފައްސިވި 11 މީހުންގެ ތެރެއިން 4 މީހުން ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށްތަކުންނެވެ.ރާއްޖެއިން ބޭރުން ވަނީ އިއްޔަ 2ކޭސް ފެނިފައެވެ. އަދި ތަރައްޤީ ކުރަމުންދާ ރިސޯޓްތަކުން ވަނީ 5 މީހަކު ފައްސިވެފައެވެ. އަނެއް 20 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 13691 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި، 527 އެކްޓިވް ކޭސް ހިމެނޭއިރު، 29 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ .

މިބަލީގައި ރާއްޖެ އިން މިހާތަނަށް 48 މީހަކު ނިޔާވެފައި ވާއިރު، 13109 މީހަކުވަނީ ބަލިން ފަސޭހަވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް