2021 ވަނަ އަހަރުގެ ފުރަތަމަ ދުވަހު ދުއްވާއެއްޗެހި ނުދުއްވޭނެ

Loading

Facebook
Twitter
WhatsApp

މިފެށޭ 2021ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ހަވީރު، މާލެ އާއި ވިލިމާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާ ވާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

 

އެ ކައުންސިލުން އިއްޔެގެ ވަގުތެއްގައި ކުރެއްވި އިއުލާނެއްގައި ވިދާޅުވެފައިވަނީ އަންނަ ޖެނުއަރީ މަހުގެ ފެށޭ ދުވަހަށްވާ ހުކުރު ދުވަހު، ހަވީރު ހަތަރަކުން ރޭގަނޑު އަށަކަށް، މާލެ އާއި ވިލިމާލޭގެ މަގުތަކުގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާވާނެ ކަމަށެވެ. އެގޮތަށް ހަމަޖެއްސީ، އާއްމު ރައްޔިތުންނަށް ހިތްހަމަޖެހުމެއް ގެނެސްދިނުމަށްޓަކައި ކަމަށް ކައުންސިލުން ވިދާޅުވިއެވެ.

އާ އަހަރުގެ ފުރަތަމަ ދުވަހު އާއްމު އުޅަނދުތަކަށް ދުއްވުން މަނާ ކުރި ނަމަވެސް ބައެއް އުޅަނދުތައް އިސްތިސްނާވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ސަލާމަތީ ބާރުތަކުގެ އުޅަނދުތަކާއި އެމްބިއުލާންސާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ސައިކަލާއި ބަހުގެ ހިދުމަތުގެ އިތުރުން، ހާއްސަ ހުއްދައެއްގެ ދަށުން ދުއްވާ އުޅަނދުތަކެވެ.

ސިޓީ ކައުންސިލްގެ މި އެންގުމާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު ވަނީ ދެއްވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް