އިރާނުން ކޮވިޑްއަށް ވެކްސިނެއް އުފައްދައިފި

Loading

Facebook
Twitter
WhatsApp

އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނަށް އެކަށީގެންވާ މިންވަރަށް ކޮރޯނާވައިރަހުގެ ވެކްސިން އެތެރެކުރެވެން ނެތުމުން އެ ގައުމުން އަމިއްލަ އަށް ވެކްސިނެއް އުފައްދާ ޓެސްޓް ކުރަން ފަށައިފި އެވެ.

އީރާނުން އުފެއްދި ވެކްސިން ޖަނަވާރުން ބޭނުންކޮށްގެން މިހާރުވަނީ ޓެސްޓުކޮށްފައެވެ. އަދި ޓެސްޓް ކުރުމަށް ފަހު މިހާރު ވަނީ އިންސާނުންނަށް ދޭން ފަށައިފަ އެވެ. ކޯވް-އީރާންބްލެސިންގެ ނަންދީފައިވާ ވެކްސިންގެ ފުރަތަމަ ޑޯޒް މިއަދު ދީފައި ވަނީ އީރާނުގެ ސީނިއާ އޮފިޝަލެއް ކަމަށްވާ މުހައްމަދު މަޚްބަރުގެ ދަރިކަނބަލުން ތައްޔިބާ މަޚްބަރަށެވެ.

”އީރާނުގެ ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖަކީ އީރާނުން އެ ގައުމުގެ ރައްޔިތުންނަށް ވެކްސިން ދޭނެކަން،“ ހެލްތު މިނިސްޓަރު ސައީދު ނަމާކީ ވިދާޅުވި އެވެ.

ސީނިއާ އޮފިޝަލް މަޚްބަތު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އީރާނުން މަހަކު 1.5 މިލިއަން ޑޯޒުގެ ވެކްސިން އުފައްދާނެ ކަމަށެވެ.

އީރާނުގެ އޮފިޝަލުން ވިދާޅުވަމުން ގެންދަވަނީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ގައުމަށް ވެކްސިން ހޯދުމަށް ދަތިވެފައިވާ ކަމަށެވެ. ނަމަވެސް ދަތިކުރުމުގެ ފިޔަވަޅު އެޅި ނަމަވެސް ބޭހާއި އިންސާނީ އެހީ އީރާނަށް ފޯރުކޮށްދިނުން މަނާކޮށްވައެއް ނިވެއެވެ.

އީރާނުން ވަނީ، ހުރިހާ ގައުމަކަށް ވެސް ވެކްސިން ފޯރުކޮށްދޭ ޑަބްލިއުއެޗްއޯގެ ކޮވެކްސް ސްކީމްގައި ސޮއިކޮށްފަ އެވެ.

Loading

One Response

  1. މަރުޙަބާ އީރާން! ޔޫކޭ ކޮވިޑްވެކްސިން ހެން ނުވެ ތި ވެކްސިން ކާމިޔާބުވުމަށް ވަރަށް އެދެމެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް