ދެހަފްތާތެރޭ ރާއްޖެއިން ޗައިނާއަށް 15 މިލިއަން ދައްކަންޖެހޭކަމަށް ރައީސް ނަޝީދު ބުނިބުނުން ޗައިނާ ސަފީރު ދޮގުކޮށްފި

ރާއްޖޭގެ ސަރުކާރުން ޗައިނާއަށް ކުރިޔަށް އޮތް ދެހަފްތާތެރޭ 15މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތައް ޗައިނާ ސަފީރު ދޮގުކޮށްފިއެވެ. ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވާ ގޮތުން ކުރިޔަށް އޮތް ދެހަފްތާ ތެރޭގައި 15 މިލިއަން ޑޮލަރު ޗައިނާގެ ބޭންކްތަކަށް ރާއްޖެއިން ދައްކަން ޖެހެއެވެ. އަދި މިއީ ދެހަފްތާއިން ސަރުކާރަށް ލިބޭ އާމްދަނީގެ 50% ކަމަށް ވެސް […]
ދަތި އުދަނގޫ ހާލަތް ތަކުގައި ވެސް އުފާވެރިކަން ހޯދޭނެ ސިއްރުތަކެއް ކަމުގެ މާހިރުން ހާމަ ކޮށްފި

ބައެއް ފަހަރު ދަތި އުދަނގޫ ހާލަތްތަކުގައި އިހުސާސް ކުރެވޭ ހާސް ކަމާ ނުތަނަވަސް ކަން ކިތަަންމެ ބޮޑުވި ކަމުގައި ވިޔަސް، އެ އިހުސަސްތަކުން އަރައިގަނެ އުފާވެރިކަން ހޯދުމަކީ ނުކުރެވޭނެ ކަމެއް ނޫނެވެ. އަހަރެމެން އުފާވެރިކަމުގެ 3 މާހިރުންނާ ވަހަކަ ދެއްކީމެވެ. އޭގެ ތެރެއިން ކޮންމެ މީހަކުވެސް އެންމެ އުއްމީދު ކުޑަ ވާ ވަގުތު ތަކުގައި ވެސް ހިތްހަމަ ޖެހުން ލިބިގަންނާނެ ގޮތުގެ އިރުޝާދު ދިނެވެ. ”ހެޕިފައި ހެލްތް“ ނަމަކަށް ކިޔާ ކުންފުނިއެއްގެ އިސް ސައިންޓިސްޓު، ޑރ އަކޭޝާ […]
ދިވެހިރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށްޓަކައި ކުރުމަށް ގަސްތުކުރާ ކަންތައްތައް ހިމެނޭ މަގު ޗާޓު ނުވަތަ ނޭޝަނަލީ ޑިޓާމިންޑް ކޮންޓްރިބިއުޝަން (އެން.ޑީ.ސީ) އަޕްޑޭޓްކުރުން

މިހާރު ކުރިއަށްދާ ”ކްލައިމެޓް އެމްބިޝަން ސަމިޓް“ ގައި، މޫސުމަށްއަންނަ ބަދަލުތަކުން ރައްކާތެރިވުމުގެ ގޮތުން ދިވެހިރާއްޖޭގެ ފަރާތުން އަޅާނެ ފިޔަވަޅުތަކާއި ބެހޭގޮތުން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވާހަކަފުޅު ދައްކަވައިފިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ޖައްވަށް ދޫކުރެވޭ ވިހަގޭސް ނުވަތަ ގްރީން ހައުސް ގޭސް ބޭރުކުރުމުގައި، ދުނިޔޭގެ ނިސްބަތުން ދިވެހިރާއްޖެއަކީ އެންމެ ހިއްސާކުޑަ އެއް ޤައުމުކަމުގައި ވިޔަސް، ދިވެހިރާއްޖެއަކީ މޫސުމަށްއަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ނޭދެވޭ އަސަރުކުރާ ޤައުމުކަން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ މި ހިއްސާ […]
ދަންވަރު ކުނި ނެރެން ޖެހޭ ގޮތަށް ބަދަލުކުރަނީ!

މާލެ ސަރަހައްދުގެ ގޭބީސީތަކުން ދަންވަރު ކުނި ނެރެން ޖެހޭގޮތަށް ހަދަން ނިންމައިފިއެވެ. މިކަން މިގޮތަށް ނިންމީ މުޅި ދުވަހު މަގުތަކުގައި ކުނި ކޮތަޅުތައް ހުންނަ މައްސަލައަށް ހައްލު ގެނައުމަށްޓަަކައެވެ. ކޮވިޑް 19 އާ ގުޅިގެން ގޭގެގައި އުކާލާ ކުނި ބަންދުކުރުމަށްފަހު މެންދުރު 12:00 އާއި 2:00 ދެމެދު ގޭގޭގެ ތިރިއަށް ބޭލުމަށް ކުރިން ވަނީ ވެމްކޯއިން އަންގާފައެވެ.ނަމަވެސް ކުނިތައް މަގުތަކުގައި ނުނެގި ގިނަ އިރުތަކެއް ވެގެންދާތީ ގިނަ ބަޔަކު ވަނީ މިކަމާ ނުރުހުން ފާޅުކޮށްފައެވެ. ޢަދި ގިނަ […]
އައްޑޫ ސިޓީއިން 79 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި މީހުންނަށް ދައުވާކޮށްފި!

އޮކްޓޫބަރ މަހުގެ 3 ވަނަ ދުވަހު އައްޑޫ ސިޓީ ކަނޑުމަތީގައި ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަންގައި ހައްޔަރު ކުރި 7 މީހެއްގެ މައްޗަށް 10 ދަޢުވާއެއް އުފުލައިފިއެވެ. މި މީހުންގެ މައްޗަށް އުފުލޭ 10 ދައުވާއެއް އުފުލުމަށް ޕްރޮސެލިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވަނީ އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފައެވެ. އަތުލައިގަތް މަސްތުވާ ތަކެއްޗަކީ ޕާކިސްތާނު ޑްރަގު ނެޓްވޯކަކާ ގުޅިގެން އަބުޗާ އިސްވެ ހުރެ ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަމަށް ފުލުހުން […]
ކޯވިޑް19: އިއްޔެ ފެނުނީ އިތުރު 34 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 34 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 19 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 15 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 13,308 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 633 އެކްޓިވް ކޭސް ހިމެނޭއިރު، 66 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ. މިބަލީގައި ރާއްޖެ އިން މިހާތަނަށް 47 މީހަކު ނިޔާވެފައި ވާއިރު […]
ޔޫކޭގެ ކޯވިޑް ވެކްސިނަކުން ބަޔަކު އެލަރޖިކް ވެއްޖެ

ޔޫކޭގައި ކޯވިޑް19 އާއި ދެކޮޅަށް އުފެއްދި ވެކްސިނެއް ޓެސްޓް ކުރުމަށް އެ ބޭނުންކުރި ބަޔަކު ގައިން އެލަރޖިކްގެ އަސަރުތައްފެނި، އެކަމަށް ސަމާލުވުމަށް އެޤައުމުގެ އިދާރާތަކުން އިންޒާރު ދީފިއެވެ. އެޤައުމުގެ ސިއްޙީ މާހިރުން ބުނެފައިވާ ގޮތުގައި އެކި ފަހަރުމަތިން އެކި އެއްޗެއްސަށް އެލާރޖިކް ވާ ފަރާތްތަކުން މިވެކްސިން ބޭނުން ކޮށްގެން ނުވާނެއެވެ. މިގޮތަށް ބުނެފައިވަނީ ވެކްސިން ޓެސްޓްކުރުމަށް ގިނަބަޔަކަށް ވެކްސިން ދިން ދުވަހު ބައެއް މީހުން ގައިން އެލަރޖިކްގެ އަލާމާތްތަކެއް ފެނިގެންނެވެ. އަދި މި ދެމީހުންނަކީވެސް އެލަރޖިކް ހިސްޓްރީއެއް […]
އެމެރިކާގެ އިންތިޚާބީ ރައީސް ބައިޑެންގެ އަމާޒު: 100 ދުވަހުން 100 މިލިއަން މީހުންނަށް ވެކްސިން ދިނުން

އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑެން ގެ އަމާޒަކީ ވެރިކަމާ ހަވާލުވެވަޑައިގަންނަވާތާ 100 ދުވަހުގެތެރޭގައި އެމެރިކާގެ 100 މިލިއަން މީހުންނަށް ވެކްސިން ލިބޭނޭގޮތް ހައްދަވައިދެއްވުމެވެ. އެމެރިކާގެ ގައުމީ ސަލާމަތާބެހޭ ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި އެމެރިކާއަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު މުސީބާތަކީ ކޮރޯނާ ވައިރަސް ހުއްޓުމެއްނެތި އެމެރިކާއަށް ފެތުރެމުންދިއުމެވެ. ކޮރޯނާ ވައިރަސް ޖެހިގެން އެމެރިކާގައި އެއްދުވަހުގެތެރޭގައި 3000 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. މިއީ ރެކޯޑު އަދަދެކެވެ. އަދި މިދިޔަ ބުދަ ދުވަހު ވަނީ އެއްލައްކައަށްވުރެ ގިނަ […]
ދުނިޔޭގެ އާބާދީގެ ވަރަށް ބޮޑު އިންސައްތައެއް ވަނީ، އިންސާނީ އެތައް ޙައްޤަކުން މަޙްރޫމްވެފައި: ރައީސް އިބްރާހީމް

ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، ދުނިޔޭގެ އާބާދީގެ ވަރަށް ބޮޑު އިންސައްތައެއް އިންސާނީ އެތައް ޙައްޤަކުން މަޙްރޫމްވެފައިވާކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. މިއަހަރުގެ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި، ބުރާސްފަތި ދުވަހު ރައީސް އިބްރާހީމް ދެއްވި ޚިޠާބުގައި ވިދާޅުވީ އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމާއި، ވަޒީފާ އަދާކުރުމާއި، ދަތުރުފަތުރުކުރުންފަދަ އަސާސީ ޙައްޤުތަކުން މަޙްރޫމްވެފައިވާ ނުވަތަ ފުރިހަމައަށް އެ ޙައްޤުތައް ލިބިފައި ނެތް އެތައް ބަޔަކު، މި ރާއްޖޭގައިވެސް އެބަތިބި ކަމަށެވެ. ”ރަނގަޅު ކާނާއާއި ސާފު […]
ބޯޑަރު ހުޅުވާލުމާއެކު ފަތުރުވެރިން ރާއްޖެ އަންނަ ވަރު ދަނީ އިތުރުވަމުން!

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރުމަށްފަހު، އަލުން ހުޅުވާލިފަހުން މިހާރު ގާތްގަނޑަކަށް އެއްލައްކަ އެއްހާ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ހުޅުވާލާފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުގައެވެ.އެދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހާއި ހަމައަށް 94،543 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. ރާއްޖޭގެ ބޯޑަރު ހުޅުވައިލުމާއި އެކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަހުން މަހަށް […]