ބޯޑަރު ހުޅުވާލުމާއެކު ފަތުރުވެރިން ރާއްޖެ އަންނަ ވަރު ދަނީ އިތުރުވަމުން!

Loading

Facebook
Twitter
WhatsApp

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރުމަށްފަހު، އަލުން ހުޅުވާލިފަހުން މިހާރު ގާތްގަނޑަކަށް އެއްލައްކަ އެއްހާ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ

ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ހުޅުވާލާފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުގައެވެ.އެދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހާއި ހަމައަށް 94،543 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވައިލުމާއި އެކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަހުން މަހަށް ވަނީ އިތުރުވެފައެވެ. އެގޮތުން މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އިއްޔެއާއި ހަމައަށް 18،402 ފަތުރުވެރިން އައިސްފައިވާއިރު އެއީ މިދިޔަ މަހު ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ އަދަދުގެ ދެބައިކުޅަ އެއްބައެވެ.

މީގެއިތުރުން ދުވާލެއްގެ މައްޗަށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އެވަރެޖް އަދަދު އިތުރުވެފައިވާ ކަމަށާއި​ބޯޑަރު ހުޅުވާލި ފަހުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ ރަޝިޔާއިންނާއި އިންޑިއާއިންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް