ގދ. ނަޑެއްލާއިން ގެއްލިގެން ހޯދަމުންދިޔަމީހާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.
ގެއްލިގެން ހޯދަމުންދިޔައީ ހދ. ނޮޅިވަރަމް ސުހާނީ، އާދަމް އިބްރާހީމް (34އ) އެވެ.
އޭނާ ފެނިފައި ވަނީ މިއަދު ހަވީރު 4.45ހާއިރު، ނަޑެއްލާ ކައިރީގައި އޮންނަ ފަޅު ރަށަކުން ކަމަށާއި، އޭނާގެ ހާލު ރަނގަޅުކަމަށް ފުލުހުން ބުނެފައި ވެއެވެ.
އޭނާ ގެއްލިގެން ހޯދަންފެށީ އިއްޔެ (11 މޭގައި) ނަޑެއްލާއަށް ގާތްކުރި ”އިތުބާރު“ ނަމަކަށްކިޔާ ދޯންޏަކުން އެރަށަށް ފޭބުމަށްފަހު އެނބުރި ދޯންޏަށް އައިސްފައިނުވާތީއެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ 10.25ގައި ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އެއާއެކު ފުލުހުންގެ ޓީމެއް ނަޑެއްލާއަށް ގޮސް، އެ ރަށާއި އެ ރަށުގެ ކައިރީގައިހުރި ފަޅުރަށްތައް ވަނީ ބަލާފައެވެ.