ރާއްޖެއިން ކޯވިޑް19 އަށް އިތުރު 34 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 19 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 15 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.
އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 13,308 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 633 އެކްޓިވް ކޭސް ހިމެނޭއިރު، 66 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ.
މިބަލީގައި ރާއްޖެ އިން މިހާތަނަށް 47 މީހަކު ނިޔާވެފައި ވާއިރު 12,621 މީހަކުވަނީ ބަލިން ފަސޭހަވެފައެވެ.