އައްޑޫ ސިޓީއިން 79 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި މީހުންނަށް ދައުވާކޮށްފި!

Loading

Facebook
Twitter
WhatsApp

އޮކްޓޫބަރ މަހުގެ 3 ވަނަ ދުވަހު އައްޑޫ ސިޓީ ކަނޑުމަތީގައި ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަންގައި ހައްޔަރު ކުރި 7 މީހެއްގެ މައްޗަށް 10 ދަޢުވާއެއް އުފުލައިފިއެވެ.

މި މީހުންގެ މައްޗަށް އުފުލޭ 10 ދައުވާއެއް އުފުލުމަށް ޕްރޮސެލިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވަނީ އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފައެވެ.

އަތުލައިގަތް މަސްތުވާ ތަކެއްޗަކީ ޕާކިސްތާނު ޑްރަގު ނެޓްވޯކަކާ ގުޅިގެން އަބުޗާ އިސްވެ ހުރެ ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ.އަދި އޭގެތެރޭގައި އެމް.ޑީ.އެމް.އޭ އާއި، އެމްފިޓަމިން އާއި ހެރޮއިންވެސް ހިމެނެ އެވެ.

​ޕީޖީ ވިދާޅުވީ މައްސަލަ ތަހުގީގުކުރި ފުލުހުންގެ އިންވެސްޓިގޭޓަރުން ހިންގީ ރަނގަޅު ތަހުގީގެއް ކަމަށެވެ. މި މައްސަލާގައި ހެކިންގެ ގޮތުގައި ތިބީ ފުލުހުން ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ. އޭގެ އިތުރުން ޝަމީމް ވިދާޅުވީ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ޑްރަގް ޔުނިޓުގެ ބޭފުޅުން، އެބޭފުޅުންގެ މަސައްކަތް ފުރިހަމަކޮށްފި ކަމަށެވެ.

ހެކިވެރިނަށް ތިބީ ފުލުހުން ކަމަށާއި ކޯޓުން އަވަސް ޝަރީޢަތެއް ހިންގަވާނެކަމަށް އުއްމީދުކުރައްވާ ކަމަށް ޝަމީމް ގެ ޓުވީޓުގައިވަނީ ވިދާޅުވެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް