ޔޫކޭގެ ކޯވިޑް ވެކްސިނަކުން ބަޔަކު އެލަރޖިކް ވެއްޖެ

Loading

Facebook
Twitter
WhatsApp

ޔޫކޭގައި ކޯވިޑް19 އާއި ދެކޮޅަށް އުފެއްދި ވެކްސިނެއް ޓެސްޓް ކުރުމަށް އެ ބޭނުންކުރި ބަޔަކު ގައިން އެލަރޖިކްގެ އަސަރުތައްފެނި، އެކަމަށް ސަމާލުވުމަށް އެޤައުމުގެ އިދާރާތަކުން އިންޒާރު ދީފިއެވެ.

އެޤައުމުގެ ސިއްޙީ މާހިރުން ބުނެފައިވާ ގޮތުގައި އެކި ފަހަރުމަތިން އެކި އެއްޗެއްސަށް އެލާރޖިކް ވާ ފަރާތްތަކުން މިވެކްސިން ބޭނުން ކޮށްގެން ނުވާނެއެވެ. މިގޮތަށް ބުނެފައިވަނީ ވެކްސިން ޓެސްޓްކުރުމަށް ގިނަބަޔަކަށް ވެކްސިން ދިން ދުވަހު ބައެއް މީހުން ގައިން އެލަރޖިކްގެ އަލާމާތްތަކެއް ފެނިގެންނެވެ. އަދި މި ދެމީހުންނަކީވެސް އެލަރޖިކް ހިސްޓްރީއެއް އޮތް ދެމީހުންނެވެ. އެދުވަހު ވަނީ ހާހަކަށް ވުރެން ގިނަ މީހުން މިވެކްސިން ބޭނުންކޮށްފައެވެ.

ކޯވިޑް19 ގެ މިހާލަތާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ވެކްސިން އުފެއްދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ނަމަވެސް އާއްމުކޮށް އެތައް އަހަރަކުން ވެކްސިނެއް އުފައްދާއިރު، މިހާލަތުގައި މިހާ ކުޑަ ދުވަސްކޮޅަކުން ވެކްސިން އުފައްދާ ބޭނުން ކުރުމުގައި ރައްކާތެރިކަން ކަށަވަރުކުރުން ވަރަށް މުހިންމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް