’ދީނީ ހަރުކަށި‘ ފިކުރަކީ ކޮބައިކަމާއި އެކަމުގެ ސަބަބާއި އަދި އެކަމުގެ ހައްލުގެ މައްޗަށް ބަލައިލުން – 2

news maldives

http://sandhaanu.today/1132/ އައި ގުޅޭ…. މި ލިޔުމުގެ ފުރަތަމަ ބައިގައި، އިސްލާމް ދީނުގައި، ދީނުގެ މަފްހޫމަކީ ކޮބައިކަމާއި އެ މަފްހޫމުގެ މާނަ ފަހުމުކުރުމުގެ ގޮތުން ދެނެގަންނަން ޖެހޭނޭ ހަތަރު ލަފްޒެއްގެ މާނަ ބަޔާންކުރެވުނެވެ. ދީނާއި އިސްލާމާއި ޝަރީއަތާއި ފިގުހާއި މި ހަތަރު ލަފްޒުގެ މާނައެވެ. މީގެ ތެރެއިން ދީނާއި އިސްލާމުގެ މާނަ ގުޅެނީ، މާތްކަލާނގެއަށް އީމާންވެ، ހެޔޮ ކަންތައްތައް ކޮށް، އަދި، ނުބައިކަންތައް ކުރުމުން ދުރުވެ، އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރުމާކަން އެބައިގައި ބަޔާންކުރެވުނެވެ. ޝަރީއަތާއި ފިގުހުގެ މާނަ ގުޅެނީ […]

ބޮޑުފިނޮޅުން ބިދޭސީން ބާލުވަން އުޅޭ ކަމަށް ޕީއައިއެލްސީ އިން ބުނެފި

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބ. ބޮޑުފިނޮޅުގައި ތިބި ބިދޭސީން ރަށުން ބާލުވަން، އެ ރަށުގެ ޑިވެލޮޕަރު ސީލް މޯލްޑިވްސްއިން ނިންމި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ، ބިދޭސީންނަށް ގާނޫނީ އެހީތެރިކަން ދެމުން އަންނަ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ޕީއައިއެލްސީ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބޮޑުފިނޮޅުގެ ކޮންޓްރެކްޓަރު، ރިޒް ކުންފުންޏާއި އެ ކުންފުނީގެ ދެ ޑިރެކްޓަރުންނާ ގުޅޭ މައްސަލައެއް މިދިޔަ ހަފުތާގައި ވަޒީފާއާ […]

ސަންދާނު ދަ ބްލެކް ޑޭ! 3- (ތިންވަނަބައި)

ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ގެނެވުނު ބަދަލަކީ ޚުތުބާގެތެރެއަށް ދެގަނޑު ލައިގެން ގެނެވުނު ބަދަލެއްނޫން! http://sandhaanu.today/1075 http://sandhaanu.today/1102 ސިޓީގެ 2 ވަނަ ބަޔާސި ގުޅޭ.. ކޮންމެއަކަސް حكم އިއްވި ދުވަހުގެރޭ ކ. މާފުށީ ޖަލުގައި 100 މީހުން ތިބި ބިޔަ ގޮޅިއަކަށް ލައިފިއެވެ. އެއީ ކުރީގެ އެސް.ޓީ.އޯ. އިން ހިކިމަސް ރައްކާކުރަން ބޭނުންކުރި ބޯނުގެއެވެ. ވަށައިގެން ހުރީ ޓިނު ޖަހާފައެވެ. މަތީގައި ހުރީ ޓިނެވެ. އެއްވެސް ވެންޓިލޭޝަނެއްް ނެތެވެ. ފަންކާއެއް ނެތެވެ.ކުރިމަތީގައި ހުރީ ގޮޅި ކަނޑާފައިވާ ފެންސަކަށް ވިޔަސް […]

ޗައިނާގެ 11 ކުންފުންޏަކަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފި

ޗައިނާގެ 11 ކުންފުންޏަކާ ދެކޮޅަށް އެމެރިކާއިން އިޤްތިޞާދީގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފިއެވެ. އެމެރިކާއިން ޗައިނާގެ 11 ކުންފުންޏަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނީ، ޗައިނާގެ ޒިއާންޖިންގައި އުޅޭ މުސްލިމުންނާ ދެކޮޅަށް ހިންގާ އިންސާނިއްޔަތާ ޚިލާފު އަމަލުތަކުގައި އެކުންފުނިތަކުގެ ބައިވެރިވުން އޮތްކަމަށް ބުނެއެވެ. އެމެރިކާއިން ދަތި ކުރުމުގެ ފިޔަވަޅު އެޅި ކުންފުނިތަކުގެ ތެރޭގައި އެކި ބާވަތުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ކުންފުނިތައް ހިމެނެއެވެ. އޭގެތެރޭގައި ބަޔޯޓެކް ކުންފުނިތަކުން ފެށިގެން ގޭގައި ގެންގުޅޭ ސާމާނު އުފައްދާ ކުންފުނިތައްވެސް ހިމެނެއެވެ. އެމެރިކާގެ ކަމާބެހޭ […]

31 އަހަރުގެ ހިދުމަތަށް ފަހު އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު ރިޓަޔާ ކުރައްވައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް 31 އަހަރު ހިދުމަތް ކޮށްދެއްވުމަށް ފަހު ޑެޕިއުޓީ ގަވަރުނަރުގެ މަގާމުގައި ހުންނެވި، އައިޝަތު ޒާހިރާ މަގާމުން ރިޓަޔާ ކުރައްވައިފި އެވެ. މަގާމުން ރިޓަޔާ ކުރެއްވިއިރު ޒާހިރާ ވަނީ ޑެޕިއުޓީ ގަވަރުނަރުގެ މަގާމު ދެ ދައުރު ފުރިހަމަ ކުރައްވާފަ އެވެ. އެ މަގާމުގެ ދައުރެއްގެ މުއްދަތަކީ ހަ އަހަރެވެ. ޒާހިރާ މަގާމުން ރިޓަޔާ ކުރެއްވުމުން އެމްއެމްއޭއިން ވަނީ އޭނާ ކޮށްދެއްވި ހިދުމަތުގެ އަގުވަޒަންކޮށް، ޝުކުރު އަދާކޮށްފަ އެވެ. ޑެޕިއުޓީ ގަވަރުނަރުގެ މަގާމަކީ ރައީސުލްޖުމްހޫރިއްޔާ ނަން […]

އެގްރިމެންޓާ ހިލާފަށް ދީބާޖާއަށް ފަޅުރަށް ދިން މައްސަލަ ތަހުގީގު ކުރުމަށް އެދެފި

އުތުރު ޕްރޮވިންސްގެ ފެރީގެ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ ކުންފުނީގެ އެއްބަސްވުމާ ހިލާފަށް ފަޅުރަށް ދިން މައްސަލަ ތަހުގީގު ކުރުމަށް އޮޑީޓާ ޖެނެރަލް ހަސަން ޒިޔަތު އަންގަވައިފިއެވެ. ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފެބްރުއަރީ 1، 2010ގައި ދަތުރުފަތުރު ހިދުމަތް ގާއިމުކުރުމަށް ދީބާޖާއާ ހަވާލު ކުރީ، ރ. ކުޑަކުރަތު ދޫކުރުމަށްފަހު އެވެ. އެއްބަސްވުމާ އެއްގޮތަށް ހިދުމަތް ނުދޭތީވެ، ރައީސް ޔާމީންގެ ސަރުކާރުގައި މެއި 30، 2013ގައި ވަނީ އެއްބަސްވުން ބާތިލުކޮށްފައެވެ. އަދި މައްސަލަ ބާތިލު ކުރި މައްސަލައިގައި […]

ރާއްޖޭގެ ފަސް މީހަކަށް ހައްޖުވުމުގެ ފުރުސަތު މުޅިން ހިލޭ ލިބިއްޖެ

ސައުދި އަރަބިޔާގައި ދިރިއުޅޭ ރާއްޖޭގެ ފަސް މީހަކަށް މިއަހަރުގެ ހައްޖުގެ މާތް އަޅުކަން ކުރުމުގެ ފުރުސަތު މުޅިން ހިލޭ އެގައުމުގެ  ސަރުކާރުން ދީފި އެވެ. ސައޫދީ ސަރުކާރުގެ އެހީގެ ދަށުން ހައްޖުވުމުގެ ފުރުސަތު ލިބުނީ އެގައުމުގައި ވަޒީފާ އަދާކުރާ ރާއްޖޭގެ މުއައްޒަފެއްގެ އިތުރުން ހަތަރު ދަރިވަރަކަށެވެ. ހައްޖުވުމުގެ ފުރުސަތުލިބުނު މުއައްޒަފަކީ ހާއިލް ޕްރޮވިންސްގައި އެއަރކްރާފްޓް އޮފީހެއްގައި މަސައްކަތްކުރާ އިންޖިނިއަރެކެވެ. މީގެ އިތުރުން ހިމެނެނީ މަދީނާގެ އިސްލާމިކް ޔުނިވާރސިޓީގައި ކިޔަވަމުންއަންނަ ދެ ދަރިވަރަކާއި އެގަމުގެ ވެރިރަށް ރިޔާދުގައި މެޑިސިން […]

ޑރ.ނިޔާފްގެ ވާހަކަފުޅަށް ތާއީދު ކުރެއްވުމުން އެމްޑީޕީގެ ނުރުހުން ރޮޒައިނާއަށް

ސިއްޚީ ނުރައްކަލުގެ ހާލަތުގައި، ގާނޫނޫން ސިއްޚީ މާހިރުންނަށް ލިބިދޭ ބާރު ހަނިކުރަން އުޅޭތީ، އެކަމާ ދެކޮޅަށް ޚިޔާލު ފާޅުކުރެވި ޑރ. އަލީ ނިޔާފުގެ ޚިޔާލުފުޅަށް މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ތާއީދު ކުރެއްވުމުން އެކަމާ ނުރުހުންވެ، އެމްޑީޕީ ބައެއް މެންބަރުންގެ ފާޑުކިޔުން ރޮޒައިނާ އަށް އަމާޒުކޮށްފިއެވެ. އާންމު ސިއްޚަތު ރައްކާތެރިކުރުމުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް މަޖިލީހުން ބޭއްވި ފޯރަމުގައި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން ތަމްސީލް ކުރައްވައި ޚިޔާލުފާޅުކުރައްވަމުން ޑރ. ނިޔާފް ވިދާޅުވީ ސިއްޚީ […]

ފުރަބަންދާ ހިލާފުވި އެއްވެސް މީހަކަށް ދަައުވާ ނުކުރަން ނިންމައިފި

ކޮވިޑް-19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ނެރުނު ފުރަބަންދުގެ އަމުރާ ހިލާފުވެގެން ކޮށްފައިވާ ދައުވާތައް އަނބުރާ ގެންގޮސް، ދައުވާ ކުރުމަށް ފުލުހުންގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލްގް އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ދައުވާ ނުކުރުމަށް ޕީޖީ ހުސައިން ޝަމީމް ނިންމަވައިފި އެވެ. ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިގޮތަށް ނިންމީ ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ހ)، (ށ) އަދި (އ) އިން ބާރު ލިބިގެން ކަމަށެވެ. އެގޮތުން، ލޮކްޑައުން އާ […]

އިއްޔެ ބަންދުކުރި ތިން މިސްކިތެއް ޑިސްއިންފެކްޓްކޮށް ހުޅުވައިފި

މާލޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު ގޮސްފައިވާ ތިން މިސްކިތެއް ޑިސްއިންފެކްޓް ކުރުމަށްފަހު އަލުން ހުޅުވައިފި އެވެ. ޕޮޒިޓިވްވި މީހަކު ގޮސްފައިވާ ތިން މިސްކިތެއް ވަނީ ރޭގައި ބަންދުކޮށްފައެވެ. އެއީ މަސްޖިދުލް ސުލްތާން މުހައްމަދު އިމާދުއްދީން އާއި މަސްޖިދުލް ސުލްތާން ހަސަން އިއްޒުއްދީން އަދި މަސްޖިދުލް އަފީފުއްދީން އެވެ. އެއާއެކު އިސްލާމިކް މިނިސްޓްރީއިން ބުނެފައިވަނީ ރޭގައި އެ މިސްކިތްތައް ޑިސްއިންފެކްޓްކުރަން ފެށި ކަމަށެވެ. އަދި ޑިސްއިންފެކްޓްކުރުމަށްފަހު މިސްކިތްތަކުގައި ނަމާދުކުރަން ފަށާފައިވާ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ. އެގޮތުން […]